18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެލް ކްލެސިކޯ

ރެފްރީއަށް މެސީ ޕްރެޝަރު ކުރިކަމަށް ރާމޯސް ތުހުމަތުކޮށްފި

  • މެޗުގެ ކޮންޓްރޯލް ރެފްރީ އަތުން ގެއްލުނު
  • މެޗުގައި ފެނުނު ނިންމުންތަކާއި މެދު ދެ ޓީމުން ވެސް ވަނީ ސުވާލު އުފައްދާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 މެއި 2018 | ހޯމަ 19:59 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މެސީ އަދި ރާމޯސް -- ގެޓީ އިމޭޖާސް

ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅުނު އެލް ކްލެސިކޯ މެޗުގައި ލިއޮނެލް މެސީ ރެފްރީއަށް ޕްރެޝަރު ކުރިކަމަށް ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ތުހުމަތުކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ޓީމުގެ މެދުގައި ސްޕެނިޝް ލަލީގާގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު މި މެޗުގައި ރެފްރީކަންކުރި އަލެހަންދްރޯ ހޯސޭ ހަނާންޑޭޒް ހަނާންޑޭޒްއަށް ވަނީ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މެޗުގެ ކޮންޓްރޯލް ރެފްރީ އަތުން ގެއްލުނު ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އޭނާގެ ފަރާތުން މެޗުގައި ފެނުނު ނިންމުންތަކާއި މެދު ދެ ޓީމުން ވެސް ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ރެއާލްގެ ގެރެތު ބޭލްއަށް ދައްކަން ޖެހޭ ރަތް ކާޑެއް ނުދެއްކުމާއި ރެއާލްއަށް ލިބެން ޖެހޭ ޕެނަލްޓީއެއް ނުދިނުމުގެ އިތުރަށް ބާސާއިން ދެވަނަ ލަނޑު ޖެހިއިރު އެ ޓީމުން ފައުލް ކުރި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މެޗުގެ ރެފްރީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރާމޯސް ބުނީ ހާފް ޓައިމްގައި ރެފްރީއަށް ޓަނަލް ތެރޭގައި މެސީ ޕްރެޝަރުކުރި ކަމަށާއި އެތަނުގައި ކެމެރާ ހުރި ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި ދެވަނަ ހާފުގައި އެކަމުގެ ސަބަބުން ރެފްރީގެ ބައެއް ނިންމުންތައް ގޯސްކޮށް ދިޔަ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ރެފްރީއަށް މެސީ ޕްރެޝަރު ނުކުރިނަމަ އޭނާ އެ ނިންމުންތައް ނިންމާނީ އެހެން ގޮތަކަށް ކަމަށެވެ. އޭނާ ބުނީ މިއީ ފުޓްބޯޅަ ކަމަށާއި ހުރިހާ ކަމެއް ވެސް ނިންމަންޖެހޭނީ ދަނޑުމަތިން ކަމަށެވެ.

ރެއާލްއަށް ކުޅެމުން އަންނަ ކަސެމީރޯ ވެސް ވަނީ ރެފްރީންގެ ނިންމުންތަކާއިމެދު ސުވާލު އުފައްދާފައެވެ. އޭނާ ބުނީ މާސެލޯއަށް ޕެނަލްޓީއެއް ލިބެންޖެހޭ ކަމަށާއި އެހެން ނަމަވެސް ރެފްރީއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ރެފްރީ މަސައްކަތްކުރީ އެންމެ ރަނގަޅަށް ކަންކަން ނިންމުމަށް ކަމަށާއި މެޗު އެއްވަރުވިނަމަވެސް ދެ ޓީމަށް ވެސް މި މެޗަކީ ވަރަށް ރަނގަޅު މެޗެއް ކަމަށެވެ.

ބާސާގެ ސުއަރޭޒް ވެސް ވަނީ ދެވަނަ ލަނޑަކީ ފައުލްއެއް ކުރުމަށްފަހު އޭނާ ދިން ބޯޅައެއްގައި މެސީ ޖެހި ލަނޑެއްކަމަށް އިއުތިރާފް ވެފައެވެ. އޭނާ ބުނީ ރެއާލްގެ ޑިފެންޑަރު އަތުން ބޯޅަ ހޯދުމަށް އޭނާގެ ފައިގައި ޖެހި ކަމަށާއި އޭނާ ހީކުރީ ރެފްރީއަށް އެ މަންޒަރު ފެނި ރެއާލްއަށް ހިލޭ ޖެހުމެއް ދޭނެ ކަމަށެވެ. ރެފްރީ އެގޮތަށް ކަން ނުކުރުމުން ހައިރާންވި ކަމަށާއި ބައެއް ނިންމުންތައް ރެފްރީގެ އަތްދަށުން ވެސް ދާ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ރޮބާޓޯއަށް ދެއްކި ރަތް ކާޑާއެކު ޓީމަށް ދަތިތަކެއް ދިމާވި ކަމަށާއި އެހެން ނަމަވެސް ނަތީޖާއާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

މި މެޗުގައި ރެފްރީކަންކުރި ހަނާންޑޭޒް ހަނާންޑޭޒްއަކީ މީގެކުރިން ވެސް ބައެއް މެޗުތަކުގައި އޭނާގެ ފަރާތުން ފެނިފައިވާ ނިންމުންތަކާއި ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ރެފްރީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް