20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ރައީސްގެ އަނބިކަނބަލުން

އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

  • ސޯޝަލް މީޑިއާގައި މީހުން ދަނީ ފާޑު ކިއަމުން
  • އެކަމަނާ ވަނީ 10 ގެއަކަށް މިއަދު ވަންނަވާފައި
  • މިއީ "އެންމެ ގާތުން" ހިންގަވާ ކެމްޕެއިންގެ ތެރެއިން ކުރެއްވި ޒިޔާރަތެއް
އަހުމަދު މުހުސިނު | dhonbandaara

| 7 މެއި 2018 | ހޯމަ 19:28 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


މެޑަމް ފާތުން މާލޭގެ ގޭގެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ޓްވިޓަރ

ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އެކަމަނާގެ ފިރިކަލުންގެ ވެރިކަން ދިފާއު ކުރެއްވުމަށްޓަކައި ލައްކަ ކަންކަން ގެންދަވަނީ ކުރައްވަމުންނެވެ. ފިރިކަލުންނަށާއި ފިރިކަލުންގެ ސަރުކާރަށް ތާއީދު ހޯއްދެވުމަށެވެ. ފިރިކަލުންނަށް ކުރައްވަން ކެރިވަޑައި ނުގަންނަވާ ނުވަތަ ފިރިކަލުންނަށްވުރެ ގިނަ ކަންކަން އެކަމަނާ ގެންދަވނީ ކުރައްވަމުންނެވެ. ރަށްރަށަށް ވަޑައިގެން ހާލު ބެއްލެވުމާއި ސިޓީއުރަ ބެއްސެވުމެވެ. މެންބަރުން ލައްވާ ޕެނަޑޯލްއާއި ޗޮކްލެޓް ޕާރުސަލް ކުރެއްވުމެވެ. ފައުންޑޭޝަން ހައްދަވައިގެން ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަމާއެކު ނަންފުޅުގައި އެހީތެރިކަން ފޯރުކޮށްދެއްވުމެވެ. ސައޫދީން ދޭ ކަދުރުކޮޅުގައި ލޭބަލް ތަތްކޮށްގެން ބެއްސެވުމާއި މުލިއާގެއިން ކާޑުގެ ބާވަތްތަކުގެ ހަދިޔާތައް ބެހުންފަދަ ކަންކަމެވެ.

އެކަމަނާގެ މިކަންކަމަށް ބައިމީހުންކޮޅު ތައުރީފްކޮށް ހުޝާމަދުގެ ބަސްތައް އޮއްސަމުންދާއިރު އެތައް ބައެއްގެ ނުރުހުމާއި ފާޑުކިއުންވެސް ވަނީ އަމާޒު ވެފައެވެ. އެފަދަ ބޮޑު ފާޑުކިއުމެއް އަނެއްކާވެސް މިވަނީ އަމާޒުވެފައެވެ.

ފަސްޓް ލޭޑީ ކުރިއަށް ގެންދަވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މާލޭގެ ހުރިހާ ހިސާބަކަށް އެކަމަނާ ވަޑައިގެން މީހުންގެ ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ފެއްޓެވި ހަރަކާތުގެ ތެރެއިންނެވެ. އެގޮތުން އެކަމަނާ ހޯމަދުވަހު  10 ގެއަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ޕީޕީއެމްގެ ސޯޝަލް މީޑިއާ ގުރޫޕުން ހާމަކުރި ފޮޓޯއެއްގެ ސަބަބުންނެވެ.

އެފޮޓޯގައި ފެންނަނީ އުމުރުން ދުވަސްވީ މީހަކު އޭނާ އޮންނަ ބަލި އެނދުގެ ކުރިމަތީގައި މެޑަމް ފާތުން އިށީނދެ އިންނަވާ މަންޒަރެވެ. ފެންނަ ފެނުމަށް އެއީ އެބޭބެ ނިދާ އެނދެވެ. ތަރަފާލު އަޅާފައި އޮންނަ އެކޮޓަރި ގަނޑުގައި ހުންނަ ކުޑަކުޑަ އެއެނދުގައި ބާލީހަކާއި އެއްޗެހި އޮތެވެ. ކޮޓަރި ތެރެއިން އެމީހުން ދިރިއުޅެންޖެހިފައިވާ ހާލަތު އެނގެއެވެ. ގާތުގައި އަންހެނަކު އިނދެއެވެ. ބެލެވޭ ގޮތުގައި އެއީ އެބޭބެގެ އަންހެނުންނެވެ. އަދި ކޮންމެވެސް އަންހެނަކުވެސް އެކޮޓަރި ތެރޭގައި އެވަގުތު ހުރެއެވެ. އެފޮޓޯއަށް ފާޑުކިއުން އަމާޒުވީ މެޑަމް ފާތުން އިންނެވި ގޮތުންނެވެ. ތަރަފާލު އަޅާފައިވާ އެކޮޓަރިއަށް އެކަމަނާ ވެންނެވީ ފައިވާންފުޅާ އެކުގައެވެ. ދެންތިބި އެންމެން ތިބެނީ ހުސްފަޔާއެވެ. އެގޭ މީހުން ހުސްފަޔާ އެކޮޓަރިތެރޭގައި އެވަގުތު ތިބޭނީ  ބެލެވޭ ގޮތުގައި އެމީހުން އެކޮޓަރިއަށް އަބަދުވެސް ހުސްފަޔާ ވަދެއުޅޭތީއެވެ.

މިކަމާހުރެ އެކަމަނާއަށް ވަނީ ބޮޑު ފާޑުކިއުމެއް އަމާޒުވެފައެވެ. ސޯޝަލް މީޑިޔާގައެވެ. އެކިމީހުން އެކި ވާހަކަ ވަނީ އެކަމާ ގުޅޭ ގޮތުން ދައްކާފައެވެ.

އެންމެ ފޮޓޯއަކީވެސް އެއްހާސް ވާހަކައޭ ބުނާ ބީދައިން އެފޮޓޯއިން ލައްކަ ވާހަކަ ބުނެދީފިއެވެ. ހަމައެހެންމެ ފޮޓޯއަކުން އެތައް ފާޑުކިއުމެއްވެސް އަމާޒުވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަޅުދާސްއަށް ބަދަލުވީ

9 މަސް ކުރިން

ތިރީސް އެތަށް އަހަރުގެ ސަނާކިމުގެ ސަޤާފަތް ޙަތިމްވާނެކަމަށް ބެލެވުނު، ނަމަވެސް މިހާރު ސަނާ މުޅިން އަޅުދާސްއަށް ބަދަލުވީ، ދިވެހިންގެ ޑި.އެން.އޭ، ގައިހުރި މުޑުދާރު ލާއިންސާނީ ސިފައެއް

1
0
އާނު

9 މަސް ކުރިން

އެގޭމީހުން ބުނީ ފައިވާނާ އެކު ވަންނަވާށޭ! އެކަމަނާއަށްވެސް ފެނުނޭ އެގޭމީހުން ފައިވާން ބަހައްޓާފައި ވަންނަތަން. އެކަމަނާ ކަމެއް ކުރެއްވުމުން ދެންހަމަ ހަޖޫޖަހާހިތުން ތިބީމަ ފެންނާނީ ތިހެން

2
6
ޑޮކްޓަރ

9 މަސް ކުރިން

ވެދާނެ ދެއްތޯ ފައިވާން ބާލާފަ ވެންނެވީމަ އެެލާޖިކް ވަނީކަމަށް ދެން އަތްޖަހާ ބާރާށް

2
1
އައިމިނާ

9 މަސް ކުރިން

މިއީ އެ ކަމަނާފާނުގެހަގީގީއިޚްލާސްތެރިކަން ހުރިފެންވަރު ރައްޔިތުންނާދޭތެރޭދެކޭގޮތް ވަރަށްސާފު ވަރަށް ބޭފުޅުކަންގަދަ ދެއްތޮ

22
4
ބުކޭ

9 މަސް ކުރިން

ބަލަ އައްނިބެވެސް ހުރިޔޭ ގޭގެއަށް ވަދެ ބޫޓްގަވެސް.. އެކަން ރަގޅު. މެޑަމް ފައިވާނާ ވަދުނީމަ ގޯށް.. ހަހަހަ

Hehe

9 މަސް ކުރިން

ވެދާނެ ދޯ ފައިވާނާ އެކި ވަންނަން ބުނީ ކަމަށް

11
11