17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ކަންފަތައް ކުރެފި ވަނުން

ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއް 9 ދުވަސް ފަހުން ނަގައިފި

  • ޑޮކްޓަރުން ބުނަނީ ކަންފަތު މަޑަށް ކުރަފި ޝައުގުވެރިވާ ކަމަށް ބެލޭ ކަމުގައި
ރާއްޖެ އެމްވީ | raajjemv

| 7 މެއި 2018 | ހޯމަ 13:50 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކެޓީ ހޮލީ އޭނާގެ ކަންފަތުން ނެގި ކުރަފީގެ ބަޔަކާ އެކު -- ކެޓީ ހޮލީ

ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއްގެ އުނދަގުލުން މުޅިން ސަލާމަތްވާން 9 ދުވަސް ހޭދަވެއްޖެއެވެ.

އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅޭ ކެޓީ ހޮލީ ނަމަކަށް ކިޔާ އުމުރުން 29 އަހަރުގެ މި އަންހެން މީހާ ބުނީ ފުރަތަމަ އޭނާ ހީކުރީ ކޮންމެވެސް ގޮތަކުން ގަނޑުފެން ކޮޅެއް ކަހަލަ އެއްޗެއް ވާތު ކަންފަތްތެރެއަށް ވެއްޓުނީ ކަމަށެވެ.

އަވަސް އަވަހަށް ފާޚާނާ އަށް ގޮސް ކަފަބުރަކުން ކަންފަތް ސާފު ކޮށްލުމަށް އުޅުމުގެ ތެރޭގައި ކަންފަތުގެ އެތެރޭގައި އެއްޗެއް ހަރަކާތް ކުރާ ކަމުގެ އިހުސާސު އޭނާ އަށް ކުރެވުނު ކަމަށް ބުންޏެވެ. އަދި އެ އެއްޗެއް ކަންފަތުގެ އެތެރެއަށް ބޮޑަށް ތޮރުފި ގަންނަ ކަމަށްވެސް އިހުސާސް ކުރެވުނު ކަމަށް އޭނާ ބުނެފައިވެއެވެ.

ކަންފަތުގެ ތެރެއިން ކަފަބުރު ނަގާ ބަލާލިއިރު އޭގާ ކުދިކުދި ފައިތަކެއް ކަހަލަ އެއްޗެއް ހުރި ކަމަށް އޭނާ ބުންޏެވެ.

ހާސްވެފައި ހުރި ކެޓީ އަށް އެހީ ވުމަށް އޭނާގެ ފިރިމީހާ ގޮސް ބެލި އިރު ކަންފަތުގެ ތެރޭގައި އެއްޗެއް އޮތް ކަމަށާއި އޭގެ ބައެއް ކަންފަތް ފޭކޮށް ބަލާލުމުން ފެންނަން އޮތް ކަމަށްވެސް މިހާދިސާ ކިޔައި ދެމުން ކެޓީ ބުނެފައިވެއެވެ. އަދި ފިރިމީހާ ޓްވީޒަރަކުން ކަންފަތް ތެރެއިން ކުރަފި ނެގުމަށް މަސައްކަތް ކުރި ނަމަވެސް ޓްވީޒަރުން ނެގޭ ގޮތްވީ ބައެއް ފައިތައް ކަމަށްވެސް ބުނެފައިވެއެވެ.

އެހިސާބުން ދެމަފިރިން ނިންމީ އަވަހަށް ހޮސްޕިޓަލަށް ދިއުމަށެވެ.

ހޮސްޕިޓަލުން ފުރަތަމަ ބެލީ ކެމިކަލެއް ބޭނުން ކޮށްގެން ކަންފަތުގެ ތެރޭގައި އޮތް ކުރެފި މަރާލުމަށެވެ.

އޭގެ ފަހުން އިމަޖެންސީ ރޫމް ގައި ހޮސްޕިޓަލުގެ ޑޮކްޓަރުން މަސައްކަތް ކޮށްގެން ކަންފަތުގެ ތެރޭގައި އޮތް ސޫފީގެ އެތިގަނޑެއް ނެގި އެވެ. އަދި ކަންފަތައް އަޅާ ބޭހަކާއި އެންޓިބަޔޮޓިކް ދިނުމަށްފަހު ކެޓީ ހޮސްޕިޓަލުން ދޫކޮށްލީއެވެ.

ކެޓީ ބުނީ މިކަމުން ސަލާމަތްވީ ކަމުގެ އުފަލުގައި ގެއަށް ދިޔަ މަގުމަތީގައި ދެން މިފަދަ އެހެން ކަމަކާ ކުރިމަތި ނުވާނޭ ގޮތައް ކަންފަތައް ޖަހާ އުނގުރިވެސް ގަތް ކަމަށެވެ.

އޭގެ ހަފްތާ އެއް ވީ އިރުވެސް ކެޓީ ބުނީ އުނދަގޫތައް ފިލައިގެން ނުދާތީ އޭނާ އާއްމު ކޮށް ދައްކާ ޑޮކްޓަރާ އެކު އޮތް އެޕޮއިންޓްމެންޓެއްގައި ކަންފަތައް އުނދަގޫވާ ވާހަކަ ބުނުބުން ޗެކު ކުރި އިރު ކަންފަތުގެ ތެރެއިން ކުރެފީގައި ބައިތައް ފެނިފައިވާ ކަމަށެވެ. އަދި އެއާ އެކު އީއެންޓީ ސްޕެޝަލިސްޓަކަށް އަނެއްކާ ދެއްކީ ކަމަށެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ކެޓީގެ ކަންފަތައް ވަތް ކުރެފީގެ ބައިތައް މުޅިން ނަގާ ސާފު ކުރެވުނީ ކުރެފި ކަންފަތައް ވަތްތާ 9 ދުވަސް ފަހުން ކަމަށް ވެއެވެ.

އިންސާނުންގެ ކަންފަތައް ކުރެފި ވަނުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ.

ޑޮކްޓަރުން ބުނަނީ ކުރަފި އިންސާނުންގެ ކަންފަތައް ވަންނަނީ ކާ އެއްޗެހި ހޯދަން އެ ސޮރުމެން އުޅުމުގެ ތެރޭގައި ކަމަށް ބެލޭ ކަމަށެވެ. ކަންފަތުގެ މަޑު އެއީ ކާނާގެ ގޮތުގައި ކުރަތްޕަށް ޝައުގުވެރިވާ އެއްޗަކަށް ވަނީ ކަމަށްވެސް ތަޖުރިބާކާރުން ލަފާ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް