24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

މީޑިއާ ގޭޓް

މީޑިއާ ގޭޓާއި ވީއެފްޕީ ގުޅިގެން އޮންލައިން ޝޮޕިން ޕްލެޓްފޯމެއް ތައާރަފުކޮށްފި

  • މި ހިދުމަތަކީ ގޭގައި ތިބެގެން ބޭނުން ފިހާރައަކުން ވިޔަފާރިކޮށްލުމުން ގެއާ ހަމައަށް މުދާ ގެނެސްދޭ ހިދުމަތެއް
  • ގަންނަ މުދާ 45 ވަރަކަށް މިނެޓު ތެރޭގައި ގެއަށް ގެނެސްދޭނެ
ސިމާހާ ނަސީމް | sim_kamana

| 7 މެއި 2018 | ހޯމަ 12:07 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


އޮންލައިން ޝޮޕިން ޕްލެޓްފޯމް ތައާރަފުކުުރުމުގެ ތެރެއިން -- މީޑިއާ ގޭޓް

ވީއެފްޕީ އާއި މީޑިއާ ގޭޓު ގުޅިގެން އޮންލައިން ޝޮޕިން ޕްލެޓުފޯމް "ވީއެފްޕީ ބާޒާރު"  ގެ ނަމުގައި ލޯންޗު ކޮށްފިއެވެ.

މީޑިއާ ގޭޓާއި ވީއެފްޕީން މެއި ހަވަނަ ދުވަހު އުނިމާ ގްރޭންޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯންޗު ކުރި ވީއެފްޕީ ބާޒާރަކީ ގޭގައި ތިބެގެން ބޭނުން ފިހާރައަކުން ވިޔަފާރި ކޮށްލުމުން ގެއާ ހަމައަށް މުދާ ގެނެސްދޭ ހިދުމަތެކެވެ.

ވީއެފްޕީ ބާޒާރު ލޯންޗުކޮށްފައި ވަނީ ރާއްޖޭގެ ނަން މަޝްހޫރު އެތަކެއް ޕާޓްނަރ ބްރޭންޑުތަކަކާއެކު އެވެ. އެގޮތުން ލެކިއުޓުގެ އިލެކްޓްރޯނިކްސް އާއި ފެޝަން އެންޑް މޭކަޕުގެ އިތުރުން ރެޑްވޭވް، ބީއެޗްއެމް، މޯޑާން ލިވިން، އަދި ޕޮއިޒް ފިހާރައިން ވިއްކާ މުދާ ބާޒާރު މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެއެވެ.

ވީއެފްޕީ ބާޒާރުން ގަންނަ މުދާ 45 ވަރަކަށް މިނެޓު ތެރޭގައި ގެއަށް ގެނެސްދިނުމުގެ އަމާޒުގައި ފަށައިގަންނައިރު މީޑިއާ ގޭޓުން ބުނާ ގޮތުގައި އެކުންފުނީގެ އަމާޒަކީ މާގިނަ ދުވަސްތަކެއް ނުވެ މި 30 މިނެޓުގެ ތެރޭގައި މުދާތައް ފޯރު ކޮށްދިނުމެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސައިޓަށް ގެންނަ އަޕްޑޭޓަކާއެކު ޑެލިވެރީ ބޯއި ދަތުރު ކުރަމުންދާ މަގުތަކާ، ހުރި ސަރަހައްދެއް ބަލާލުމުގެ ގާބިލުކަން ވެސް ބާޒާރު ބޭނުން ކުރާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް މީޑިއާ ގޭޓުން ވަނީ ބުނެފައެވެ.

ގޭގައި އަރާމުގައި އިނދެގެން ނުވަތަ ރައްޓެހިންނާއެކު ކޮފީއެއްގައި އިނދެ ގެއަށް ބޭނުންވާ ސާމާނު ގަނެލުމުގެ ފުރުސަތު ހުޅުވާލަމުން މީޑިއާ ގޭޓުން ބުނީ ބާޒާރުން މި ހުޅުވާލި ދޮރާއެކު ވީހާ ވެސް ގިނަ ބަޔަކު އޮންލައިން ޝޮޕިން ހިޔާރުކޮށް، ކޮންމެ މީހަކު ވަކިން ސައިކަލުގައި ނުވަތަ ކާރުގައި ފިހާރަތަކަށް ދިއުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މި ހިދުމަތް ވީއެފްޕީ ސައިޓް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް