16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އަމާނާތަކާފުލް

އަމާނާތަކާފުލް އިން ހިއްސާގެ ފައިދާގެ ގޮތުގައި 10 އިންސައްތަ ބެހުމަށް ނިންމައިފި

  • ރެކޯޑް އަދަދަކަށް އިންޝުއަރަންސްގެ ބަދަލު ނުވަތަ ކްލެއިމް ވަނީ މިދިޔަ އަހަރު ނަގައިދެވިފައި
  • ހިއްސާގެ ދަފްތަރު ނުވަތަ ޝެއަރ ރެޖިސްޓަރ ބަންދުކުރާނެ ތާރީޚަކީ 15 މެއި 2018
ސިމާހާ ނަސީމް | sim_kamana

| 7 މެއި 2018 | ހޯމަ 11:25 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


އަމާނާތަކާފުލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- އަމާނާތަކާފުލް މޯލްޑިވްސް

އަމާނާތަކާފުލް މޯލްޑިވްސް އިން ޙިއްސާގެފައިދާގެގޮތުގައި 10 އިންސައްތަ ބެހުމަށް ނިންމައިފިއެވެ.

އިސްލާމީ ޝަރީޢާގެ އުސޫލުން އިންޝުއަރަންސް ވިޔަފާރި ހިންގާ ހަމައެކަނި ކުންފުނީގެ ގޮތުގައި، ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރެވިފައިވާ ކުންފުނި، އަމާނާ ތަކާފުލް މޯލްޑިވްސް ޕ.ލ.ކ ގެ ހަތްވަނަ އަހަރީ އާންމު ޖަލްސާ މެއި ހަވަނަ ދުވަހު ބާއްވާފައިވާއިރު ރެކޯޑް އަދަދަކަށް އިންޝުއަރަންސްގެ ބަދަލު ނުވަތަ ކްލެއިމް ވަނީ މިދިޔަ އަހަރު ނަގައިދެވިފައެވެ.

2017 ވަނަ އަހަރު ކުންފުނީގެ މާލީ ނަތީޖާއަށް ބަލާއިރު، ފައިދާގެ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން 3.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 87.5 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޖުމްލަ ފައިދާގެ (ކޮންސޮލިޑޭޓަޑް ޕްރޮފިޓް) ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 228 އިންސައްތައިގެ ކުރިއެރުމެކެވެ.

2017 ވަނަ އަހަރު ނެޓް އަރންޑް ކޮންޓްރިބިއުޝަން ވަނީ 29 އިންސައްތައިގެ ކުރިއެރުމެއް ހޯދާ 62.2 މިލިއަން ރުފިޔާ ލިބިފައެވެ. މި ނަތީޖާއަށް ވާސިލްވުމުގައި ގިނަ ކަންތައްތަކެއް ޝާމިލްވާއިރު، ޙާއްސަގޮތެއްގައި ފާހަގަކުރެވެނީ، ޑިސްޓްރިބިއުޝަން ޗެނަލްތައް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. މީގެ އިތުރުން ފަރުވާތެރިކަމާއި އެކު ރޭޓުތައް ކަނޑައެޅުމަށް ގެނެވުނު އިސްލާޙުތަކާއި، ޓެކްނޮލޮޖީއާއި ގުޅުވައިގެން ހޯދުނު ހައްލުތަކާއި، ޗެނަލްތައް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއި، އިންވެސްޓްމަންޓްތަކުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތަށް ހޯދުމަށް ކުރެވުނު މަސައްކަތްތަކާއި، އިންޝުއަރަންސްގެ ބަދަލު ނުވަތަ ކްލެއިމްސް ގެ ކަންކަން ހަރުދަނާ ކުރުމާއި، އަދި ހަރަދުތައް ބެލެހެއްޓުން އެކަށީގެންވާ ގޮތެއްގައި ހިފެހެއްޓި ހިފެހެއްޓުން، ނަތީޖާ ހާސިލްކުރުމަށް މަގުފަހިކޮށްދިނެވެ.  

އަހަރީ އާންމު ޖަލްސާގައި އަމާނާ ތަކާފުލް މޯލްޑިވްސް އިން ވަނީ ޙިއްސާދާރުންނަށް ޙިއްސާގެ ފައިދާ ބަހާނެ މިންވަރު ކަނޑައަޅާފައެވެ. މިއީ ޖެހިޖެހިގެން ޙިއްސާދާރުންނަށް އެ ކުންފުނިން ޙިއްސާ ބަހާ ހަތްވަނަ އަހަރެވެ. 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް ވަނީ ޙިއްސާގެ ފައިދާ ބަހާފައެވެ.

ހިއްސާގެ ފައިދާ ބެހުމުގެ މަޤްސަދަށްޓަކައި، ހިއްސާގެ ދަފްތަރު ނުވަތަ ޝެއަރ ރެޖިސްޓަރ ބަންދުކުރާނެ ތާރީޚަކީ 15 މެއި 2018 ކަމުގައި އަހަރީ އާންމު ޖަލްސާގައި ވަނީ ނިންމާފައެވެ. އެ މުއްދަތުގެ ނިޔަލަށް ހިއްސާގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ހިއްސާދާރުންނަށް ޑިވިޑެންޑް ލިބުމަށް ޝަރުތުހަމަވާނެއެވެ.

"ފާހަގަކޮށްލެވޭ ފަދަ އަހަރެއް އަނެއްކާވެސް އަޅުގަނޑުމެންނަށް މިވަނީ ނިންމާލެވިފައެވެ. އަޅުގަނޑުމެންގެ ކުރިއެރުމުގެ ސިޔާސަތުގެ މައިމޫކަމުގައިވެފައިވަނީ މާކެޓްގެ އެދުންތަކާ އެއްހަމައެއްގައި ނުވަތަ އެއައްވުރެ އިތުރަށް ޙިދުމަތްތައް ފޯރުކޮށްދިނުމެވެ. މިކުރިއެރުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ވަފާތެރި ކަސްޓަމަރުންނާއި، ވިޔަފާރީގެ ބައިވެރިންނާއި، ތަންފީޒީ އިދާރާތަކުން ދެއްވަމުން ގެންދަވާ ހިފެހެއްޓުމެއް ނެތް އެހީތެރިކަމާއި ހިތްވަރަށް އެފަރާތްތަކަށް އިޚްލާސްތެރިކަމާއިއެކު ޝުކުރުވެރިވަމެވެ" އަމާނާ ތަކާފުލް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ހަރީޒް ސުލެއިމާން ވިދާޅުވިއެވެ.

ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ މިނިވަން ޑިރެކްޓަރެއްގެ ގޮތުގައި ޑރ. ޢަބުދުﷲ ޝިހާމް ހަސަން ވަނީ ހޮވާފައެވެ.

އަމާނާ ތަކާފުލް މޯލްޑިވްސް ޕ.ލ.ކ ގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ، ޠައްޔިބް އަކްބަރްއަލީ (ޗެއަރމަން)، އުސްމާން ކާސިމް، ދާތޯ މުޙައްމަދު ފަޒްލީ ޔޫސުފް، އެމް.އެޗް.އެމް ރަފީޤް، ޑރ.އަބްދުﷲ ޝިހާމް، ޢަބުދުﷲ ކާސިމް އަދި ހަރީޒް ސުލައިމާން (މެނޭޖިންގ ޑިރެކްޓަރ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް