
| 7 މެއި 2018 | ހޯމަ 10:37 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ސަލްމާން ޚާން، އޭނާގެ ކޮއްކޮ އެކްޓަރ ސޮހޭލް ޚާނަށް ޓީވީ ޑްރާމާ ސީރީޒްއެއް ޕްރޮޑިއުސް ކޮށްދޭން ނިންމައިފިއެވެ.
މަޝްހޫރު ރެސްލިން ކުޅުންތެރިއެއް ކަމަށްވާ ދަ ގްރޭޓް ގަމާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ޓީވީ ސީރީޒްގައި ގަމާގެ ރޯލުން ފެނިގެންދާނީ ސޮހޭލްއެވެ. ސޮހޭލް މިހާރު އަންނަނީ ސީރީޒް ކުޅުމަށް އޭނާގެ ހަށިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ސީރީޒްގެ ނަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
"މުމްބާއީ މިރާ"ގައި ބުނެފައިވަނީ ގަމާގެ ހަޔާތުގެ މައްޗަށް އުފައްދާ ސީރީޒްގެ ވާހަކަ ލިޔެ އަދި ޑައިރެކްޓް ކުރާނީ ޕުނީތް އިސާރް ކަމަށެވެ. މި ސީރީޒްގެ ޝޫޓިން ފަށާނީ ސީރީޒްއަށް ބޭނުންވާ އިތުރު ކާސްޓުން ނެގުމަށްފަހުގައި ކަމަށާއި ޝޫޓިންތައް ނަގާނީ އިނގިރޭސި ވިލާތުގެ ލަންޑަނުގައާއި އިންޑިއާގެ މުމްބާއީގައި ކަމަށް އެނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. މި ޑްރާމާ ސީރީޒްގެ ނަމެއް އަދި ހާމަ ކޮށްފައި ނުވާއިރު މި ޑްރާމާ ސީރީޒް ދައްކާނެ ޓީވީ ޗެނަލެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.
ސޮހެލް ޚާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސަލްމާން ޚާނާއި އެކު ބޮލީވުޑްގެ ފިލްމު ޓިއުބްލައިޓްއިންނެވެ. އެ ފިލްމަކީ ސަލްމާން ކުޅުނު ފަހުގެ ފިލްމުތަކުގެ ތެރެއިން މަދު ފިލްމުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް