18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

މައުމޫން

ތަޢުލީމު ލިބިގަތުމުގެ ތެރެއިން ތަރުބިއްޔަތުވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފަމާ؟

ޑރ. އާއިޝަތު އަލީ ނާޒު | aishathalinaaz

| 9 ޖެނުއަރީ 2017 | ހޯމަ 23:55 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
  3. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  4. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  7. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  8. ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް މިހާރު ނޫހުން އެހީވެއްޖެ



އެންމެންގެ ދުލުންނާއި ޤަލަމުންވެސް މިދެކެވެނީ އެއް ވާހަކައެކެވެ. ތަޢުލީމީ އާ އަހަރު ފެށުނީއެވެ.

އާ ޔުނީފޯމުގައި، ރީތި ނަންކޮޅުތަކުން ޒީނަތްތެރިކޮށްފައިވާ ފޮތްތައް ރީތި ދަބަހުގައި ހިފައިގެން ގޮސް ތިޔަ ހުޅުވާލީ ސްކޫލްގެ މައި ދޮރޯއްޓެވެ. ދަރިވަރަށް ޚާއްޞަކުރެވިފައިވާ މޭޒުދޮށުގައި ތިޔަ އިށީނީ އަޅުގަނޑުމެން މައިންބަފައިންގެ ހިތުގެ ފިނިކަމެވެ. ތިޔައީ މި ޤައުމުގެ މުސްތަޤުބަލެވެ.  މާދަމާ ތިޔަކުދީންގެ ކާމިޔާބީތައް މައިންބަފައިން އުފާކުރުވާނެއެވެ. ތިޔަ ކުދީންނަކީ ހިތްހެޔޮ، ރަގަޅު، ހެޔޮލަފާ، ޤައުމަށާއި އިންސާނިއްޔަތަށް ފައިދާކޮށްދޭނެ ބަޔަކަށްވުމަށް އެދެވޭ ސަބަބުތަކެއް ވެއެވެ.

ޖަލުތަކުގައި އެތިބަ ގިނަ ކުށްވެރިން މަގުން ކަސިޔާރުވެގެން ގޮސް، އެ ގޮޅިތަކަށް ޙުކުމްކުރަން ޖެހުނީ، މިދުވަހުގެ މުހިންމުކަން އެކުދީންގެ މިދުވަސްވަރުގައި ވިސްނައިނުދެވުނީމަބާވައެވެ؟ 'ރީހެބް' ގައި އެތިބަ ކުދިން މަސްތުވުމުގެ ތެރެޔަށް ވަނީކީ އެއްގޮތަކަށްވެސް މަސްތުވުމުގައި ތިމާ ކަސްތޮޅުއެޅިގެން ހިގައިދާނޭކަމަށް ޤަބޫލުކުރާތީކީ ނޫނެވެ. ގޯޅިގޯޅި ކަންމަތީ ކޯޅިކޯޅިއަށް ތިބެގެން އެކަކު އަނެކަކުގެ މޫނަށް ދުންބުރުއްސަމުން 'ނ، ގ، ބ، ޅ، ތ، ޅ، އ، ޅ' ފަދަ އަކުރުތަކުގައި ގޮތްގޮތަށް އެކިފިލިޖަހައި، ދުނިޔޭގެ މަލާމާތް ހޯދާ އާވާރާ ޒުވާނުން އެހެން އެ އުޅެނީ، އެހެން އުޅުމުން ތިމާމެންނަށް މާކަ ބޮޑު މޮޅުތަކެއް ލިބޭނޭކަމަށް ހީކުރެވޭތީކީ ނޫނެވެ. އެކުދީންނަށް އެހެން ވެގެން ދިޔައީ ތަޢުލީމު ލިބިގަތުމުގެ ތެރެއިން ތަރުބިއްޔަތު ވުމަށް ލިބުނު ފުރުޞަތުތައް ނަގައިލެވުނީމަ އެވެ.

މިއަދު ކޮންމެ ކުއްޖަކުވެސް ކިޔަވާމޭޒުދޮށުގައި އިށީނދެ ތިޔަ ހުޅުވާލަނީ މުޅިން އާ ފޮތެއްގެ އާ ޞަފްޙާ އެކެވެ. ވިސްނާށެވެ. ތިމާގެ ޙަޔާތުގެ މި ޞަފްޙާތައް ފުރާލުމަށް އޮތް ގަލަން އޮތީ ހަމަ ތިޔަ ދަރިވަރުގެ އަތުގައެވެ. ބިސްމި ކިޔާ ނިޔަތްގަންނާށެވެ. މިއީ ތިމާ ލިބިގަންނާނޭ ފުރުޞަތެއް ކަމުގައި ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ. ތިމާއަށް ޓަކައެވެ. ތިމާގެ ދިރިއުޅުން ބިނާކުރުމަށްޓަކައެވެ.

ތިމާގެ ޙަޔާތުގެ އަންނަންއޮތް ޞަފްޙާތައް، ތަޢުލީމީގޮތުން ލިބޭ ރަން ކާމިޔާބީތަކުން ފުރާލުމުގެ އިތުރަށް ތިމާގެ ޚިޔާލާއި ފިކުރުތައް އުންމީދުން ފުރާލައި، އިޙްސާސްތައް އުފާވެރިކަމާއި ގުޅުވާލައި، ތިމާގެ އުޅުމާއި އަޚްލާޤު ބިނާކުރަމާހިނގާށެވެ.

ސްކޫލްދައުރުގައި މިދަސްވާ ދަސްވުންތައް ޢުމުރުގެ އަންނަންއޮތް އަހަރުތަކަށް އެތަކެއް ހުނަރު ހަދިޔާކުރެއެވެ. ސްކޫލްގެ ގަޑިތައް ރާވާލައި، ޓައިމްޓޭބަލް އިން ޢިބްރަތްތަކެއް ޙާޞިލްކުރަމާ ހިނގާށެވެ. އާއަހަރުގެ ފެށުމާއި އެކު މޭޒުދޮށުގައި އިށީނދެ، ކުރިޔަށްއޮތް ދުވަސްތަކުގެ އިރުއެރީއްސުރެ ނިދާވަގުތު ޖެހެންދެން ދުވަސް ގެންދާނެގޮތް ތަރުތީބުކޮށް ރާވާލާށެވެ. ފަތިހު ތެދުވާނެ ގަޑިއެވެ. ނަމާދުގަޑިތަކެވެ. ހޯމްވަރކް ހަދާނެ ގަޑިއެވެ. ޓިއުޝަން ގަޑިއާއި އެކަނިއިނދެ ފިލާވަޅު ދަސްކުރާނެ ގަޑިއެވެ. ކުޅުމާއި ކަސްރަތުކުރާނެ ގަޑިއެވެ. ޢާއިލާއާއި އެކު ހޭދަކުރާނެ ގަޑިތަކާއި، އެވަގުތުތަކުގައި ތިމާގެ މަންމަ، ބައްޕަ، މާމަ، ކާފަ، ކޮއްކޮ، ދައްތަ އަދި ބޭބެމެންނަށް އުފާވެރިކަން ގެނެސްދިނުމަށް ތިމާކުރާނެ ކަންތައްތަކަކީ ކޮބައިތޯ ވިސްނާލާށެވެ. ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތުކޮޅެއް އެކަނި ހޭދަކޮށްލާށެވެ. ނިދުމުގެ ކުރިންވިޔަސް ރަނގަޅުވާނެއެވެ. އެކަނި އިނދެ ވިސްނާލާށެވެ. މިއަދު ސްކޫލްތެރެއިން ތިމާއާއި ދިމާވި ގޮންޖެހުންތަކަކީ ކޮބައިހެއްޔެވެ؟ ތިމާއަށް އެކަންތައްތައް ރަނގަޅަށް ޙައްލުކުރެވުނުހެއްޔެވެ؟ ގޭތެރެއިން ދިމާވި އުނދަގޫތަކަކީ ކޮބައިހެއްޔެވެ؟ އެކަންތައްތައް ޙައްލުކުރެވުނުހެއްޔެވެ؟ ދުވަސް ރާވާލި ގޮތަށް ޢަމަލުކުރެވުނުހެއްޔެވެ؟ ސީދާ ޓައިމްޓެބަލް އަށް ނޫޅެވުނަސް ނަފްސަށް މަޢާފްކުރާށެވެ. އަދަށްވުރެ މާދަމާ އަމިއްލަ ނަފްސަށް އޯގާތެރިވާން ޢަޒުމް ކަނޑައަޅާށެވެ. އެދުވަހަކު ތިމާއަށް ކުރެވުނު ރަނގަޅު ކަންތައްތައް ހިތަށްގެނެސް އުފާކުރާށެވެ. ގޯޅިކަންމަތިންނާއި މޭޒުތަންދޮށުން، ސޯޝަލް މީޑީއާއިންނާއި ނުރަނގަޅު ރައްޓެހިންގެ ނުފޫޒުތަކުން ދިރިއުޅުން ޚަރާބު ނުކުރާށެވެ. ތަޢުލީމީ ޙަޔާތުގެ ތެރެއިން ތިމާއަށް މިލިބެނީ ތިމާގެ މުޅި ދިރިއުޅުން ބިނާކުރުމަށް އެތަކެއް ފުރުޞަތުތަކެކެވެ. ތިމާގެ ދިރިއުޅުން ބިނާކުރާނޭ މޭސްތިރިއަކީ ޚުދު ތިމާއެވެ.

ކެތްތެރިކަމާއިއެކު ތަޢުލީމީ ޙަޔާތުގެ ގޮންޖެހުންތަކާއި ހާސްވުންތަކާއި ކުރިމަތިލާށެވެ. ތިމާގެ ނަފްސު ނިކަމެތިވާފަދަ ޚިޔާލްތަކާއި، ޢަމަލްތަކާއި، އިޙްސާސްތަކާއި އެކަހެރިވެ، ތަޢުލީމު އުނގެނެމުންދާ މޮޅު ތިޔަ

ދަރިވަރަކީ އަޚްލާޤީގޮތުންވެސް ލާމަސީލު މިސާލަކަށް ވުމަށް މަސައްކަތްކުރުމުގައި ދެމިހުންނާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް