20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ކަރަން ޖޯހަރު

ކަރަން ޖޯހަރު ބުނީ އޭނާ ކުޅޭ ފިލްމުތައް ވަނީ ފްލޮޕްކަމަށް

  • އޭނާގެ ފިލްމު ކަލަންކް ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 7 މެއި 2018 | ހޯމަ 09:37 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ކަރަން ޖޯހަރު -- ގޫގުލް

ބޮލީވުޑްގައި ކަރަން ޖޯހަރަކީ ކާމިޔާބު މީހެކެވެ. އޭނާގެ ޑައިރެކްޝަނުން ފެށިގެން ގޮސް ހޮސްޓް ކުރުމާއި ހަމައަށް އޭނާ އަކީ ބޮލީވުޑްގެ އެންމެ އުހުގައި ގުނާލެވޭ އެކަކެވެ. އެހެން ނަމަވެސް އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ ގަޔަކު އެކްޓުކުރުމުގެ ހުނަރެއް ނެތެވެ. މިހާތަނަށް އޭނާ ކުޅެފައިވާ ފިލްމުތަކަށް އެދެވޭ ތަރުހީބެއް ނުލިބޭތީއެވެ.

ބަކެޓް ލިސްޓުގެ ޓްރެއިލާ އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކަރަން ބުނީ އޭނާއަކީ ފިލްމުތަކުގައި އެކްޓުކުރަން އޭނާ މިހާރު ބޭނުންނުވާ ކަމަށާއި އޭނާ އެކްޓުކުރާ ފިލްމުތައް ވަނީ ފްލޮޕަކަށް ކަމަށެވެ.

ކަރަން އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް ހިންދީ ފިލްމު ބޮމްބޭ ވެލްވެޓް އިންނެވެ. އެއަށްފަހު ސޮނާކްޝީ ސިންހާ އާއި ދިލްޖިތު ދޯސަންޖް އާއި އެކީގައި ކުޅުނު ވެލްކަމް ޓު ނިއުޔޯކް އިންނެވެ. އޭނާ ބުނީ އެ ދެފިލްމުވެސް ވީ ފްލޮޕްކަމަށާއި އެކްޓް ކުރުން އެއީ އޭނާގެ ކެރިއާ ނޫން ކަމަށާއި އޭނާ އެކްޓްކުރުމަށް ފިލްމަކަށް ނަގައިގެން އެ ފިލްމެއް ކާމިޔާބު ނުވާނެކަމަށެވެ.

އެހެން ނަމަވެސް ޚާއްސަ ފެނިލުމެއް ފިލްމެއްގައި ހިމެނުމަކީ މައްސަލައެއް ނޫން ކަމަށް ކަރަން ބުންޏެވެ.

ކަރަންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އޭނާ އަންނަ އަހަރު ނެރޭނެ ކަމަށް ބުނާ ފިލްމު ކަލަންކްގެ ޝޫޓިން ފެށުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އޭނާ ވަނީ މަރާޓީ ފިލްމު ބަކެޓް ބާސްޓަރ ޑަބް ކޮށްގެން ހިންދީ ބަހުން ގެނެސްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް