19 ޖެނުއަރީ 2019 | ހޮނިހިރު | 02 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ސަލްމާން ޚާން

ސަލްމާން ޚާން އަނެއްކާވެސް އިންޑިއާގެ ކޯޓަށް

  • މިއީ މީގެ 20 އަހަރު ކުރީގެ މައްސަލައެއް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 7 މެއި 2018 | ހޯމަ 09:02 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  7. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ސަލްމާން ޚާން -- ގޫގުލް

ބޮލީވުޑްގެ ތަރި ސަލްމާން ޚާން އަނެއްކާ ވެސް އިންޑިއާގެ ޖޯދުޕޫރު ކޯޓަށް ހާޒިރު ކޮށްފިއެވެ.

އޭނާ އެ ކޮޓަށް ހާޒިރު ކުރުމަށް ފަހު މައްސަލައިގެ އަޑުއެހުން ކެންސަލް ކަމަށް ވަނީ އަންގާފައެވެ. އަދި އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހަށް މައްސަލައިގެ އަޑުއެހުން ފަސްކޮށްފައިވާ ކަމަށް އެ ކޯޓުން ސަލްމާނަށް ވަނީ އަންގާފައެވެ. ސަލްމާން އެ ކޯޓަށް ހާޒިރުވީ ބްލެކްބަކް ކިޔާ ޖަނަވާރެއް މަރާލިކަމަށް ބުނެ އެކޯޓުން އޭނާއަށް 5 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވާތީ އެކަމާ ދެކޮޅަށް ސަލްމާން ކޯޓަށް ލާފައިވާ މައްސަލައިގެ  އަޑު އެހުމަކަށެވެ.

މީގެ 20 އަހަރު ކުރިން 1998 ވަނަ އަހަރު ސަލްމާން ޚާން ކުޅެފައިވާ ފިލްމު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުމުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ފުއްލާގެ ވައްތަރެއް ކަމަށްވާ ބްލެކްބަކް ކިޔާ ޖަނަވާރެއް މަރާލުމުގެ ކުށް ސަލްމާން ޚާންގެ މައްޗަށް ސާބިތު ވެފައިވަނީ މިދިޔަ އެޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.

ސަލްމާން ގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އޭނާ ވަނީ އެމައްސަލައިގައި ޖަލަށް ލާފައެވެ. އެހެން ނަމަވެސް އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ފަންސާސްހާސް ރުޕީސް ޖޯދްޕޫރުގެ ކޯޓަށް ދައްކާގޮތަށް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ސަލްމާން ޚާން ވަނީ ދެދުވަސް ޖަލުގައި ހޭދަކޮށްފައެވެ.

ކަފާލާތުގެ ދަށުން މިނިވަން ވިކަމުގައިވިއަސް ޖޯދު ޕޫރުގެ ކޯޓުގެ ޚާއްސަ ހުއްދައެއް ނެތި އޭނާއަށް އިންޑިއާއިން ބޭރަށް ނުދެވޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ސަލްމާން އިންޑިއާއިން ބޭރަށް ދަނީ އެ ކޯޓުން ހުއްދަ ނެގުމަށްފަހުގައެވެ.

ސަލްމާންއާއި އެކު 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުނީ ފިލްމީ ތަރި ސައިފް އަލީ ކާންއާއި، ތާބޫ، ސޮނާލީ ބެންދްރޭ އަދި ނީލަމްއެވެ. އެމީހުން ވަނީ މިދައުވާތަކުން ސަލާމަތްވެފައެވެ.

މީގެ ދެއަހަރު ކުރިން ވެސް ވަނީ ސަލްމާން ހާން ދުއްވި ކާރަކުން ޖެހި، މީހަކު މަރުވި މައްސަލާގައި ފަސް އަހަރަށް ޖަލަށް ލާން އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް ބޮމްބޭ ހައި ކޯޓުން ވަނީ ސަލްމާން ހާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތަކީ ފުރިހަމަ ޝަރީއަތެއް ނޫން ކަމަށް ބުނެ، އެ ހުކުމް ބާތިލް ކޮށްފަ އެވެ.

ބްލެކްބަކްގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވަނީ ސަލްމާން ޚާން ކަމަށް އެ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ސަލްމާން ދުއްވި ވެހިކަލްގެ ޑްރައިވަރު އަދި މި މައްސަލައިގެ އެންމެ މުހިއްމު ހެކިވެރިޔާ ހަރީޝް ދުލާނީ ވަނީ ބުނެފައެވެ.

 

ސަލްމާން އެ ޖަނަވާރުންގެ ގަޔަށް ބަޑިޖެހިތަން ފެނުނު ކަމަށް ބުނެ ބަޔާން ދީފައި ވަނީ ވެސް ހަރީޝްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް