19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ވެނީލާގެ އަގު

ވެނީލާ ކިލޯއެއްގެ އަގު ރިހި ކިލޯއަކަށްވުރެ ބޮޑުވެ، ލިބުން ދަތިވެއްޖެ

  • ވެނީލާ ކިލޯއެއްގެ އަގު 600 ޑޮލަރަށް ވަނީ އަރާފައި
މިއުވާން މުހައްމަދު | Miuvaan

| 7 މެއި 2018 | ހޯމަ 08:24 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ވެނީލާ ނަގަނީ ވެނީލާ ގަހުގެ މަލުން -- ޓްވިޓަރ

ދުނިޔޭގެ ބާޒާރުގައި ވެނީލާގެ އަގު ބޮޑު ކިލޯއެއް 600 ޑޮލަރަށް އަރާފައިވާއިރު، ވެނީލާ ލިބުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ވެނީލާ އައިސްކްރީމް އުފެއްދުން ބައެއް ކުންފުނިތަކުން ހުއްޓާލައިފިއެވެ.

ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ޤުދުރަތީ ވެނީލާގެ އަގު 30 ގުނަ މައްޗަށް އަރާފައިވާކަމަށް އައިސްކްރީމް އުފައްދާ ކުންފުނިތަކުން ބުނެއެވެ. 

ވެނީލާގެ އަގު ކުއްލިއަކަށް މާބޮޑުވެގެން ދިޔައީ މިދިޔަ އަހަރުގެ މާޗް މަހު، އެފްރިކާގެ އިރުމަތީ އައްސޭރިފަށާ ދިމާލުން އިންޑިއާ ކަނޑުގައި އޮންނަ މަޑަގަސްކަރައަށް އެރި ތޫފާނެއްގައި ގިނަ އަދަދެއްގެ ވެނީލާ ގަސްތައް ހަލާކުވުމާއި ގުޅިގެންނެވެ. ދުނިޔޭގައި އުފައްދާ ވެނީލާގެ 75 އިންސައްތަ ހައްދަނީ މަޑަގަސްކަރާގައެވެ. އޭގެ ފަހުން އަހަރެއް ވެގެންދިޔައިރު ވެނީލާގެ އަގު ތިރިވެދާނެކަމަށް ބެލެވުނުނަމަވެސް، އަގު ދަށްނުވެގެން އުޅެނީ ވެނީލާއަށް އޮތް ޑިމާންޑް ބޮޑުވުމުންކަމަށް އިޤްތިޞާދީ ފަރާތްތަކުން ބުނެއެވެ.

މަޑަގަސްކަރައިގެ އިތުރުން ދެން ވެނީލާ އުފައްދާ ޤައުމުތަކަކީ ޕަޕުއަ ނިއުގިނީ، އިންޑިއާ އަދި ޔޫގަންޑާއެވެ. 

ވެނީލާއަކީ ވެނީލާ މަލުން ނަގާ އެއްޗަކަށްވާތީ، މިއީ ހޯދަން އުނދަގޫ އެއްޗެކެވެ. ސްޕައިސްތަކުގެ ތެރެއިން ސެފްރޮން ފިޔަވައި ދެން އެންމެ އަގު ބޮޑު އެއްޗަކީ ވެނީލާއެވެ.

އައިސްކްރީމްގެ އިތުރުން ވެނީލާ ފްލޭވަރގެ އެހެން ކާތަކެއްޗާއި، ކޮސްމެޓިކްސް އަދި ސެންޓުގެ ބާވަތްތައް އުފެއްދުމަށް ވެނީލާ ބޭނުންކުރެއެވެ. 

ވެނީލާގެ އަގު ބޮޑުވުމުން، ވެނީލާގެ ރަހަދޭ ސިންތެޓިކް އުފެއްދުމެއްކަމަށްވާ ވެނިލިން ބޭނުންކުރާ މިންވަރު ކުރިއަށް އޮތްތަނުގައި އިތުރުވާނެކަމަށް ބެލެވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް