22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެކްސިޑެންޓް

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

  • މަރުވީ 76 އަހަރުގެ މީހެއް
  • އެ މީހާ އަށް އެކަނި ހިނގާބިނގާވެ ނޫޅެވޭ ކަމަށް ކައުންސިލުން ބުނޭ
  • އޭނާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ވެސް ކައުންސިލުން ބުނޭ
އާލާ އިބުރާހިމް | aalu_aala

| 9 ޖެނުއަރީ 2017 | ހޯމަ 19:26 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ހދ. ނޮޅިވަރަންފަރު -- ގޫގުލް

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

 

ޢުމުރުން 76 އަހަރުގެ މި ފިރިހެން މީހާ މަރުވެފައި އޮތްވާ ފެނިފައިވަނީ އެރަށު އެލިއާ ޖެޓީ ކިޔާ ސަރަޙައްދު މޫދުގައި އޮއްވައެވެ. މަރުވީ ކިހިނެތްކަން ބެލުމަށް ފޮރެންސިކް ޓީމުން ތަހުގީގު ކުރަމުންދާއިރު، އެމީހާގެ ޢާއިލާ އިތުރު އެއްވެސް މީހަކު ނެތް ކަމަށް ނޮޅިވަރަމް ޞިއްޚީ މަރުކަޒުން މަޢުލޫމާތުދެއެވެ.

 

ޞިއްޙީ މަރުކަޒުގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި މޫސާ އިބްރާހިމް ނަމަކަށް ކިޔާ މި މީހާއަކީ ނަފްސާނީ މައްސަލަތަކަށް ބޭސް ބޭނުންކުރާ މީހެއް ކަމަށް އޭނާގެ ގޭގައި ހުރި ބައެއް ލިޔެކިޔުންތަކުން އެނގެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި ބޭސް ބޭނުންކުރިކަން ނުވަތަ ނޫންކަން ވެސް އަދި ކަށަވަރެއް ނުކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

މޫސާ އިބްރާހިމްއާއި އެންމެ ފަހުން ބައްދަލުވެފައިވަނީ އޭނާ ބެލުމަށް ދޭތެރެއަކުން އެގެއަށް ދާ ރަޙުމަތްތެރިއަކާ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާއާ ޙަވާލާދީ ޞިއްޙީ މަރުކަޒުން ބުނީ ރޭ ދަންވަރު 01:30 ހާއިރު މޫސާ އިބްރާހިމްގެ ގެއަށް ދިޔައިރު އޭނާ ބޮޑުކަމު ދެވިފައި އޮތުމުން ސާފުޠާހިރު ކުރުމަށް ފަހު އެނބުރި ދިޔައީ ކަމަށެވެ. އޭގެ ފަހުން އިވުނީ މަރުވި ޚަބަރު ކަމަށް އޭނާ ބުނި ކަމަށް ޞިއްޙީ މަރުކަޒުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވިއެވެ.

 

ހދ. ނޮޅިވަރަންފަރު ކައުންސިލް މެމްބަރު މުޙައްމަދު ސަލީމް ވިދާޅުވީ މޫސާ އިބްރާހިމް އަކީ އަމިއްލައަށް ހިނގާބިނގާވެ އުޅެވޭ މީހެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ކޮންމެވެސް ވަރަކަށް ތަންތާ ހިފަހައްޓައިގެން އުޅެވޭ ކަމަށް މުޙައްމަދު ސަލީމް މަޢުލޫމާތު ދެއްވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޫސާ އިބްރާހިމް މަރުވެފައި އޮތްވާ ފެނުނު އެލިއާ ޖެޓީ ސަރަޙައްދާއި އޭނާގެ ގެއާ ދެމެދު ހުންނާނީ 500 ވަރަކަށް މީޓަރެވެ.

 

މޫސާ އިބްރާހިމްގެ މަރާ ގުޅޭ އިތުރު ތަފްޞީލެއް ހޯދުމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ގުޅާލުމުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އަދި އިތުރު މަޢުލޫމާތެއް ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް