17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މަގޭ ރިޕޯޓް

މިފަހަރު ހަވާފަޓާސް ބަރިއެއްހެން ބޮޑު ދެފަނޑިޔާރާއި މައުމޫން

 • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރީއަތް ގާތްގާތުގައި
 • ބަންދު ދުވަސްތަކާއި ބަންދު ގަޑިތަކުގައިވެސް ޝަރީއަތްތައް ދަނީ ބާއްވަމުން
 • ވަކީލުން ވިދާޅުވަނީ ތައްޔާރުވާން ވަގުތުވެސް ނުލިބޭކަމަށް
އަހުމަދު މުހުސިނު | dhonbandaara

| 6 މެއި 2018 | އާދީއްތަ 14:47 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
 7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
 8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއެކު ރައީސް ޔާމީން -- ރައީސް އޮފީސް

މީހުން ފާޑު ކިޔަނީ ކިޔާން ވެގެންނެވެ. ކަންކަން ރޯމާ ދުވާލު ކުރާ ގޮތުންނެވެ. ޤާނޫނެއް ޤަވާއިދެއް އުސޫލެއް ހަމައެއް، އަމުދުން އިންސާނީ ކަރާމާތެއްގެ ކުނޑިފުކެއްވެސް ނޯންނާތީއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޤާސިމް އިބްރާހީމާއި ކާނަލް ނާޒިމާއި އިމްރާންމެންފަދަ ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ދުއްވާލި ގޮތުން އެކަމުގެ ވާހަކަ އަދި ދައްކާ ނުނިމެއެވެ. ޢާއްމު ރައްޔިތުންނަށް އެރި ސިހުން އަދިވެސް ފިލައިގެނެއް ނުދެއެވެ. ރާއްޖެ ބައިވެރިވެ އެމީހުން އަތުން އެހީ ހޯދާ ޤައުމުތަކާއި ޖަމާއަތްތަކުން ފާޅުކުރި ކަންބޮޑުވުންތަކުގެ ބަޔާންތައް އަދިވެސް އެހުރީ ދިމާއަށް ފެންނާށެވެ. ވަކިއުސޫލަކާއި ހަމަތަކެއްގެ މަތިން ޢަމަލު ކުރަން އެއްބަސްވެ ސޮއިކުރި މުއާހަދާތަކުގެ ސަބަބުން އެކަންކުރީ ރަނގަޅަށް ނޫންކަމަށްބުނެ މުޅި ޤައުމު މިއޮތީ ކުށްވެރިވެފައެވެ. ވެރިކަމާހެދި ކުރި ހުކުމްތަކުގެ ސަބަބުން ރައްޔިތުން މިވަނީ ލަދުން ބޯ ނުހިކޭ ވަރުގައެވެ.

އޭރުވެސް ޝަރީޢަތް ހިންގިއިރު ވަކީލުންނާއި ޚަސްމުން ގޮވަމުން ދިޔައީ ތިޔަހެން ތިޔަކަން ނުކުރުމަށެވެ. އެހެން އަސްލަތައްވެސް ހިނގާ ބީދައިން އެކަން ކުރުމަށެވެ. ޤާނޫން އަސާސީގައާއި ޤާނޫނުތަކުގައި އަދި ކޯޓުތަކުން އަމަލް ކުރަން އުންނަ އުސޫލުތަކުން ޝަރީއަތްތައް ބޭއްވުމަށެވެ. ވަކީލުންނަށް ފުރުސަތު ދިނުމަށާއި ހެކިންގެ ހެކިބަސް ހުރިހާ ކޮޅަކުންވެސް ނެގުމަށެވެ. މައްސަލައިގާ ޖަވާބުދާރީވާން ދޭން ޖެހޭ މުޚުލަތު ދީފައި ހަމަޔާއި އިންސާފުން ޝަރީއަތްތައް ކޮށް ހުކުމް ކުރުމަށެވެ.

ކާޅުގޮވާހެން އެވާހަކަ ގޮވީމާވެސް ދަށަށް ކިޔަނީ މަރިޔަންބުހޭވެސް އަހާ ނުލިއެވެ. އަމުދުން ކަހާތަން ހިރުވާވެސް ނުލިއެވެ. ދަހި އައިނެއްގައި ކުރުދޮށިން މަސްބާނާހެން ޝަރީއަތްތައް ކޮށް ނިންމާލީއެވެ. ދުވާލަކު ތިންހަތަރު ފަހަރަށްވެސް އަޑުއެހުން ބޭއްވީއެވެ. ރެއެއް ދުވާލެއް ދަންވަރެއް ފަތިހެއް ނެތިހެވެ. ހުކުރެއް ހައްޖެއް ނުބަލާ ބަންދު ދުވަސްތަކުގައިވެސް ދަމާފައި ގެންގޮސް ކިޔާނެހާ އެއްޗެއް ކިޔާ އަޅުވާނެހާ އިލްޒާމެއް އަޅުވައި އެޔެއް މިޔެއް ނުބަލާ ގޮތް ނިންމާލީއެވެ. ދިފާއުގައި ސުއްބުވެސް ބުނެލާނެ ޖާގަ ނުދީއެވެ.

ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގެ މަލާމާތް ރައްދުވެ ކުރިހުކުމްތައް ކަމުނުދާ ކަމާއި ހުކުމްތައް މުރާޖައާ ކުރަން އދ ފަދަ ޖަމްއިއްޔާތަކުން އެންގީއެވެ. އިންސާނީ ހައްޤުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި ޚިލާފްވެފައިވާކަމަށް ބުނެ އެއޮތީ ފިޔަވަޅު އަޅަން ތައްޔާރުވެފައެވެ.

މިހާރުވެސް އަނެއްކާ އެމަންޒަރެވެ. ތަފާތަކީ އޭރު އެކަން ކުރިއިރު ބޮޑު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާމެދުކަމަށް ވުމެވެ. އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދަށެވެ. މިސަރުކާރު ގެންނެވި ރައީސް މައުމޫން ހިމެނިވަޑައިގަތުމެވެ.

ހުކުމް ކުރަންޖެހޭ ބަޔަކު ހުކުމެއް ކޮށްގެން އެއީ ބަޣާވާތެކޭ ވެރިކަން ވައްޓާލުމޭ ބުނެ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ދަމާ ކޫއްތާފައި ގެންގޮސް އެވަނީ ހައްޔަރުކޮށްފައެވެ. ބޮޑެތި ހެއްކާއި ޤަރީނާތައް ކަޅުފޮށިތަކުން ފެނުނުކަމަށް ބުނެ އެވަނީ މުޅި ދުނިޔެއަށް ހާމަކޮށްފައެވެ. އެކަމަކު ދުވާލު ދެދަޅައަށް ހާޒިރުކޮށްގެން ވަކި ސާއަތަކަށް ހުކުމް ކުރެވޭތޯ އެބަލަނީ ހެކި ފޮރުވަން އުޅެގެންނެވެ. ރަނގަޅަށް ވައި ބޭރުނުވާވަރުގެ ގޮޅިއަކަށް ލައިގެންގެންގުޅޭ ބަޔަކު ހެކި ނައްތާލީތީއެވެ. ހެކި ނުދީގެންނެވެ.

އަޖައިބުން އަޖައިބެވެ. މިފަހަރުވެސް ތިޔަ ގެންދަނީ ހަމައޭރު ގެންދިޔަ ގޮތަށެވެ. ބަންދު ދުވަސް ތަކުގައިވެސް ތިޔަ ގެންދަވަނީ ޝަރީއަތްތައް ބާއްވަމުންނެވެ. ލިޔުންތައް ބަލައިލަންވެސް ވަގުތެއް ނުދީ ހަމަ ހަވާފަޓާސް ބަރިއެއްހެންނެވެ. ރޯދައިގެ ކުރިން ކުރާ ބޮޑު ހުކުމަށް ހަދާލުމަށެވެ. ރޯދައަށް އަންބެލިހަދައި ގޭތެރެ ސާފުކޮށް ކާބޯތަކެތި ޖަމާކުރާހެން ރޯދައިގެ ކުރިން ޝަރީއަތްތައް ނިންމާލާ ހުކުމް ކުރުމަށެވެ.

ކޮންމެއަކަސް މިފަހަރު ވިސްނާލަންވީ ކަމަކީ ތިޔައީވެސް ކުރެވިދާނެ ކަމެއް ކަމެވެ. އަދިތިޔަ ބާރު އެބައޮތްކަމެވެ. އެކަމަކު މިފަހަރު ތިޔަ ހުކުމް ތިޔަ ކުރާ މީހުންނަށް ބަލާލިއަސް އެފެންނަނީ ލައްކަ މަންޒަރެވެ. އެބުނަނީ އެތައް ވާހަކައެވެ. އެއީ އޭރު އެންމެ ބޮޑު ފަނޑިޔާރުންގެ ގޮތުގައި ތިބި މީހުންނެވެ. ތިޔަކަންކޮށްގެން ކިތައްމެ ފައިކޭޓް ބޮޑުވާގޮތް ވިއަސް ދެން ވެދާނެ ގޮތަކާމެދު ވިސްނާލަން އެއީ ހަމަ ދިމާލަށް ފެންނާންހުރި މިސާލެކެވެ. މިވަރުން ފަހުމްވާނެކަމަށް ހީކުރަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލީ ދިއްދޫ

6 މަސް ކުރިން

ނަޝީދުގެ ޝަރީއަތް އެގޮތަތަށް ގެނދިޔައިރު އުއްތަމަފަނޑިޔާރު ސަޕޯޓު ދިނުމުގެ ހިތިރަަހަ ކަރުގައި ތިލީ ލަސްތަކެއްނުވެ. މިކަމުން އިބުރަތް ހާސިލްކުރޭ

1
0