21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ރާއްޖޭގެ ފަތުރުވެރިކަން

ލަނޑާގިރާވަރުގައި ކަނޑުއަޑީގައި 'އުދުހުމުގެ' ފުރުޞަތު

  • ބޭނުންކުރާނީ ޑީޕް ފްލައިޓް އެޑްވެންޗަރސްގެ ޑީޕް ފްލައިޓް ސުޕަރ ފެލްކަން ތްރީއެސް މިނީ ސަބްމެރިން
  • ފަތުރުވެރިންނަށް 120 މީޓަރު އަޑި ދައްކާލާނެ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 6 މެއި 2018 | އާދީއްތަ 13:45 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ފޯސީޒަންސް ލަނޑާގިރާވަރުގައި ބޭނުންކުރާ ސަބްމެރިން -- ޑީޕްފްލައިޓް އެޑްވެންޗަރޒް

ފޯސީޒަންސް ލަނޑާ ގިރާވަރުގައި ފަތުރުވެރިންނަށް ސަބްމެރިންގެ ޚިދުމަތް ފަށައިފިއެވެ.

އޯޝަން ގްރޫޕް މޯލްޑިވްސް އާއި ގުޅިގެން މި މޭ މަހުގެ 3 ވަނަ ދުވަހު ލަނޑާ ގިރާވަރުގައި ފެށި މި ޚިދުމަތުގައި ފަތުރުވެރިންނަށް ކަނޑުގެ އަޑި ދައްކާލުމަށް ބޭނުން ކުރަމުންދަނީ، ޑީޕް ފްލައިޓް އެޑްވެންޗަރސްގެ ޑީޕް ފްލައިޓް ސުޕަރ ފެލްކަން ތްރީއެސްއެވެ. މިއީ ޕައިލެޓަކާއި، 2 ފަތުރުވެރިން ހިމެނޭގޮތަށް، ޖުމްލަ 3 މީހުންގެ ޖާގަ ހިމަނައިގެން އުފައްދާފައިވާ ޕަރސަނަލް ސަބްމެރީންއެކެވެ. 

ޑީޕް ފްލައިޓް އެޑްވެންޗަރސްގެ ވެބްސައިޓްގައި ބުނެފައިވާގޮތުން ޑީޕް ފްލައިޓް ސުޕަރ ފެލްކަން ތްރީއެސްއަކީ އެ ކުންފުނިން އެންމެ ފަހުން އުފެއްދި މިނީ ސަބްމެރީންއެވެ. ބ އަތޮޅު ފޯސީޒަންސް ލަނޑާ ގިރާވަރަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން މި އަހަރު އުފައްދާފައިވާ މި ސަބްމެރީންގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށި ފަރާތްކަމަށް ވެސް ޑީޕް ފްލައިޓް އެޑްވެންޗަރސްގެ ވެބްސައިޓްގައި ވަނީ ބުނެފައެވެ.

ޕްރޮފެޝަނަލް ޕައިލެޓަކާއި އެކު އެ ރިސޯޓުން ސަބްމެރީންގެ ޚިދުމަތް ފަށާފައިވާއިރު، މި ސަބްމެރިންގައި ފަތުރުވެރިންނަށް ކަނޑުގެ 120 މީޓަރު އަޑި ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ.

ޑީޕް ފްލައިޓް ސުޕަރ ފެލްކަން ތްރީއެސްގެ އިތުރުން ޑީޕް ފްލައިޓް އެޑްވެންޗަރސް އިން ދަނީ ޑީޕް ފްލައިޓް ސުޕަރ ފެލްކަން އާއި ޔޮޓުތަކަށް ޚާއްސަކޮށްގެން ޑީޕް ފްލައިޓް ޑްރެގަންގެ ނަމުގައިވެސް ސަބްމެރީންތަކެއް އުފައްދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް