19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މައުމޫން

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

  • ދެމަފިރިން ވަޅުލީ އެއް ވަޅެއްގައި
  • ވަޅުލީ ބަލަންޖެހޭ ކަންކަން ބަލާފައި ކަމަށް ފުލުހުން ބުނޭ
  • މަރުވި ސަބަބު އަދި ހާމަކޮށްފައެއް ނުވޭ
ސަހުބާން ފަހުމީ | sahubaan

| 9 ޖެނުއަރީ 2017 | ހޯމަ 19:25 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


މަރުވި ދެމެފިރިން އެއްވަޅެއްގައި ވަޅުލަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ އާދީއްތަ ދުވަހު ފެނުނު ދެމަފިރިން މިއަދު މަންދުރު ނަމާދަށް ފަހު ވަޅުލައިފިއެވެ.

 

މ .ލައިޓް ސިގްނަލް ގޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ތ. ވިލިފުށީ ފޭރުގޭ އުމުރުން 47 އަހަރުގެ ގާސިމް ޝާހިދު އާއި 42 އަހަރުގެ ރަޒީނާ އިބްރާހީމް އެވެ.

 

އެ ދެމެފިރިން ވަޅުލާފައި އެއްވަޅެއްގައި ހޯމަ ދުވަހު މެންދުރު ނަމާދަށް ފަހުގައެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމެފިރިން ވަޅުލާފައި ވަނީ ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށާއި ނަމަވެސް އެ ދެމެފިރިންގެ މަރާ ގުޅޭ ގޮތުން މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

އޮފިޝަލް ވިދާޅުވީ އެ ދެމެފިރިންގެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ދެވޭނީ މައްސަލައިގެ ތަހުގީގު ނިމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

މި ދެމަފިރިން މަރުވެފައި އޮއްވާ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ނިދި ފަހުން އާދީއްތަ ދުވަހު ޚަބަރެއް ނުވެގެން ބެލިއިރުއެވެ.

 

މީހުންގެ ހަށިގަނޑު ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އަދި އެއަށް ފަހު މޯޗަރީގައި ބާއްވާފައި ވެއެވެ.

 

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބޭރުފުށުން އެއްވެސް ޒަޚަމެއް ފެނިފައި ނުވާއިރު މަރުވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް