21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ އިން އާސްކް އޭޑީކޭ ތަޢާރަފް ކޮށްފި

  • އާސްކް އޭޑީކޭ ތަޢާރަފް ކޮށްދެއްވީ އޭޑީކޭގެ އެމް.ޑީ އަހުމަދު އައްފާލް
  • ފާސްޓް ޓްރެކް ކައުންޓަރ އެއްވެސް މިއަދު ތަޢާރަފްކުރި
އާއިޝަތު ލުދްނާ | @lulludh

| 6 މެއި 2018 | އާދީއްތަ 10:35 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


އޭޑީކޭގެ އެމް.ޑީ އަހުމަދު އައްފާލް -- ރާއްޖެއެމްވީ

އޭޑީކޭގެ ބައެއް އާންމު ޚިދުމަތްތަކާބެހޭ މައުލޫމާތު ދިނުމަށް އެ ހޮސްޕިޓަލް އިން އާސްކް އޭޑީކޭ އާދިއްތަ ދުވަހު ތަޢާރަފު ކޮށްފިއެވެ.

އޭޑީކޭގައި އާދިއްތަ ދުވަހު ބޭއްވި ހަފްލާއެއްގައި އާސްކް އޭޑީކޭ އޮންލައިން ގައިޑް ތަޢާރަފް ކޮށްދެއްވީ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އައްފާލް އެވެ.

މި އޮންލައިން ގައިޑުން ބޭނުންވާ ޚިދުމަތަކާ ގުޅޭގޮތުން މެސެޖް ފޮނުވާލުމުން އެ މެސެޖަށް އެންމެ އެކަށޭނަ ޖަވާބު ވަގުތުން ލިބޭނެއެވެ. އަދި އެޕުން ނުދޭ ޚިދުމަތެއްނަމަ އެ ހިދުމަތެއް ހޯދާނެ ގޮތާއި ގުޅަންޖެހޭ ނަންބަރު ފަދަ މައުލޫމާތު ވެސް މި މި ގައިޑުން ފޮނުވައިދޭނެ އެވެ. 

ޓެލެގްރާމާއި ވައިބާއިން އާސްކް އޭޑީކޭ އޮންލައިން ގައިޑްގެ ޚިދުމަތް ހޯދުމަށް، އޭޑީކޭ ވެބްސައިޓަށް ގޮސް ހޭޝްޓެގް އާސްކްއޭޑީކޭ ލިންކަށް ފިއްތާލުމުން ޑައިރެކްޓް ކޮށްދޭނެ އެވެ. ވެބްސައިޓަށް ނުގޮސް ޓެލެގްރާމުން އާސްކް އޭޑީކޭ ސާޗު ވެސް ކޮށްލެވޭނެ އެވެ. އަދި ވައިބާ މެދުވެރިކޮށް ކިއު.އާރް ކޯޑު ސްކޭން ކޮށްގެންވެސް އާސްކް އޭޑީކޭގެ ޚިދުމަތް ބޭނުން ކުރެވޭނެއެވެ.

އައްފާލް ވިދާޅުވީ މި ޚިދުމަތް ތަޢާރަފް ކުރުމުގެ މަޤްސަދަކީ  ޓެލެގްރާމް އަދި ވައިބާ މެދުވެރިކޮށް ވީހާވެސް ފަސޭހަކަމާއެކު މީހުންނަށް މަޢުލޫމާތު ފޯރު ކޮށްދިނުމުގެ ގޮތްތަކެއް ހޯދުން ކަމަށެވެ.

"އާސްކް އޭޑީކޭ އަކީ ވަރަށް ރަހުމަތްތެރި އެއްޗެއް. މަޢުލޫމާތު ވަރަށް ފަސޭހައިން ވަރަށް އަވަހަށް ލިބިގެންދާނެ" އައްފާލް ވިދާޅުވިއެވެ. 

އާސްކް އޭޑީކޭ އޮންލައިން ގައިޑްގެ އިތުރުން  ވަނީ ފާސްޓް ޓްރެކް ކައުންޓަރ އެއްވެސް ގާއިމް ކޮށްފައެވެ. ފާސްޓް ޓްރެކް ކައުންޓަރ އަކީ އާސަންދަ އަދި އެހެނިހެން އިންޝިއުރަންސްގެ ޙިދުމަތް ބޭނުންނުކޮށް ވީހާވެސް އަވަހަކަށް ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކައުޓަރެކެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް