21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ޕްރިޔަންކާ- ވިލް ސްމިތު

ޕްރިޔަންކާ އާއި ވިލް ސްމިތު ޔޫޓިއުބްގެ ޝޯއަކަށް

  • މި ޝޯ ފަށާނެ ދުވަހެއް އަދި ހާމަ ނުކުރޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 6 މެއި 2018 | އާދީއްތަ 08:38 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ވިލް ސްމިތު އަދި ޕްރިޔަންކާ -- އިންޑިއަން އެކްސްޕްރެސް

ޕްރިޔަންކާ ޗޮޕްރާ އާއި ވިލް ސްމިތު ޔޫޓިއުބްގެ އޮރިޖިނަލް ޝޯއެއް ގެނެސްދިނުމަށް ސޮއިކޮށްފިއެވެ.

 

މިޝޯއަކީ އެކި ގައުމުތަކަށް ގޮސްގެން ނަގަން ޖެހޭ ޝޯއަކަށްވާއިރު މި ޝޯގައި ދުނިޔޭގެ މަޝްހޫރު ސިޔާސީ ލީޑަރުންނާއި ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކާއި އެނޫންވެސް މަޝްހޫރު ފަރާތްތަކާއެކު އެމީހުން މަސައްކަތް ކުރާ ދާއިރާއަކާއި ގުޅިގެން އިންޓަވިއުތައް ގެނެސްދޭނެއެވެ. އަދި އެމީހުން ކާމިޔާބު ފަރާތަކަށް ވުމަށް ކުރި މަސައްކަތްތައް ވެސް މި ޝޯގައި ކިޔައިދޭނެއެވެ.

އިފް އައި ކުޑް ޓެލް ޔޫ ޖަސްޓް ވަން ތިންގ ގެނަމުގައި ގެނެސްދޭ މިޝޯ ފަށާނެ ދުވަހެއް އަދި ޔޫޓިއުބްއިން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް މިޝޯ ގެނެސްދޭނީ ޝޯ ފަށާތާ ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހުގައި ކަމަށް އިންޑީއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސް އިން ވަނީ ޔޫޓިއުބްގެ ޗީފް ބިޒްނަސް އޮފިސަރ ރޮބާޓާއި ހަވާލާދީފައެވެ.

" ޔޫޓިއުބް އަކީ އަބަދުވެސް އިންސާނީ ހައްގުތައް ކުރިއަރުވާ އިންސާނުންނާއި ގުޅުން ހުރި ގިނަ ވާހަކަތައް ގެނެސްދޭ ސްޓްރީމިން ޗެނަލެއް. އަދި ޔޫޓިއުބުން އެހެން އިންސާނުން އިސްޕަޔާ ކުރުމާއި ސްމާޓް ކުރުމަށް މަސައްކަތްތަކެއް ކުރޭ." އޭނާ އެނޫހަށް ދީފައިވާ އިންޓަވިއުގައި ވަނީ ބުނެފައެވެ.

ޕްރިޔަންކާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ އޭނާގެ ހޮލީވުޑްގެ ޑްރާމާ ކުއެންޓިކޯގެ ތިންވަނަ ސީޒަން ޕްރޮމޯޓް ކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން އޭނާ ވަނީ ހިންދީ ފިލްމެއް ކަމަށްވާ ބާރަތުގެ ޓީމާ ވެސް ގުޅިފައެވެ. ޚަބަރުތައް ބުނާގޮތުގައި ޕްރިޔަންކާ ކުއެންޓިކޯ ދޫކޮށްލުމަށް ނިންމާފައިވަނީ  ބާރަތު ކުޅުމަށެވެ. ޕްރިޔަންކާ ބުނި ގޮތުގައި އެ ފިލްމްގެ ކްރޫއާ އޭނާ ގުޅޭނީ އަންނަ އޮގަސްޓް މަހު އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު" ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. އޭނާއަށް ބޮލީވުޑްގެ ފިލްމުތަކަށް މާ ބޮޑަށް ދުރަށް ދެވޭތީ  ބޮލީވުޑަށް މިދުވަސްވަރު އިސްކަން ދިނުމަށް ނިންމާފައިވާކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް