19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މުނިފޫހި

ނަސީރުއްދީން ޝާހުގެ ފުރާނަ އޯމް ޕޫރީ ސަލާމަތްކުރި ކަން އެނގޭބާ؟

  • ނަސީރުއްދީން ޝާހް އަށް ހޮޓަލެއްގެ ތެރޭގައި މީހަކު ވަޅިން ހަމަލާ ދިނުމުން ޒަހަމްވި
  • ހަމަލާދިނީ ނަސީރުއްދީންގެ ކުރީގެ ރަހުމަތްތެރިއެއް ކަމަށްވޭ
އާލާ އިބުރާހިމް | aalu_aala

| 9 ޖެނުއަރީ 2017 | ހޯމަ 19:16 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


އޯމް ޕޫރީއާއި ނަސީރުއްދީން ޝާހު -- ގޫގުލް

ދާދިފަހުން މުޅި ބޮލީވުޑް ސިއްސުވާލި އެއް ޚަބަރަކަށް ވެގެންދިޔައީ މަޝްހޫރު ފިލްމީ ތަރި އޯމް ޕޫރީގެ މަރުގެ ޚަބަރެވެ. އޯމް ޕޫރީގެ މަރުގެ ޚަބަރާއެކު އިންޑިޔާ ސިނަމާތަކަށް ވަނީ މޮޅިވެރިކަން އައިސްފައެވެ. ބޮލީވުޑަށް ނިސްބަތްވާ އެތައް ފަންނާނުންްގެ އިތުރުން ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުން އޯމް ޕޫރީގެ މަރާ ގުޅިގެން ހިތާމަ ފާޅުކުރިއެވެ. އެހެންނަމަވެސް، އޯމް ޕޫރީގެ މަރާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އިންޑިޔާގެ ފިލްމީ ތަރި ނަސީރުއްދީން ޝާހަށް ކަމަށް ޚަބަރުތައް ބުނެއެވެ.

 

ޚަބަރުތައް ބުނާ ގޮތުން އެއް އިރެއްގައި ނަސީރުއްދީން ޝާހުގެ ފުރާނަ އޯމް ޕޫރީ ވަނީ ސަލާމަތްކޮށްފައެވެ. ނަސީރުއްދީނާއި އޯމް ޕޫރީއަކީ ޒަމާންވީ ގާތް ދެ ރަޙުމަތްތެރިންކަން ގިނަ ބަޔަކަށް އެނގެއެވެ. އެހެންނަމަވެސް، އެއްއިރެއްގައި ނަސީރުއްދީން ޝާހަށް ވަޅިން އަމާޒުކޮށް ދިން ޙަމަލާއެއްގައި އޭނާގެ ފުރާނަ އޯމް ޕޫރީ ސަލާމަތްކުރި ވާހަކަ އެއީ ގިނަ ބަޔަކަށް ނޭނގޭ ޙަޤީޤަތެކެވެ. ޚަބަރުތައް ބުނާ ގޮތުގައި ވަޅިން ޙަމަލާ ދިނީ ނަސީރުއްދީން ޝާހުގެ ކުރީގެ ރަޙުމަތްތެރިއެކެވެ. ރެސްޓޯރެންޓެއް ތެރޭގައި ދިން މިޙަމަލާގެ ވާހަކަ ނަސީރުއްދީން ޝާހުގެ އޮޓޯބަޔޮގްރަފީގައި ވެސް ހިމަނާފައިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އެބުނާ ރަޙުމަތްތެރިޔާ ވަޅިން ޙަމަލާ ދޭން ފެށުމުން އޯމް ޕޫރީ އޭނާ އާއި ކުރިމަތިލުމަށް ފަހު އޭނާގެ ޙަމަލާތަކުން ޝާހު ސަލާމަތްކޮށްގެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބަޔޮގްރަފީގައި ބުނެފައި ވެއެވެ. އެޙާދިސާ ވަރަށް ތަފްޞީލުކޮށް ނަސީރުއްދީންގެ ބަޔޮގްރަފީގައި ބަޔާންކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

ނަސީރުއްދީންގެ ބަޔޮގްރަފީގައި ފާހަގަކޮށްފައިވާ ގޮތުން އެ ޙަމަލާގައި ޝާހު ފުދޭވަރަކަށް ބޮޑަށް ޒަޚަމްވިއެވެ. ފުރަތަމަ ޙަމަލާ އަމާޒުވުމާއެކު އޯމް ޕޫރީ ޙަމަލާ ދިން މީހާއާއި ކުރިމަތިލީ ނަމަވެސް، ފުރަތަމަ ޙަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ރެސްޓޯރަންޓް މުވައްޒަފުންގެ އެހީތެރިކަން ވެސް ނުލިބުނު ކަމަށް ލިޔެފައި ވެއެވެ. ސަބަބަކީ ފުލުހުން ޙާޒިރުނުވަނީސް އެއްވެސް ތަނަކަށް ފޮނުވަން އެ މުވައްޒަފުން ޖެހިލުން ވީ ކަމަށާއި އެހެންކަމުން ފުލުހުންނަށް އިންތިޒާރު ކުރަން ޖެހުނީ ކަމަށް ނަސީރުއްދީން ބުނެފައި ވެއެވެ. ފުލުހުންގެ ވެހިކަލް އައުމާއެކު ހުއްދަ ވެސް ހޯދުމެއް ނެތި ވެހިކަލަށް ނަސީރުއްދީން އަރުވައިގެން ހޮސްޕިޓަަލަށް ގެންދަން މަސައްކަތްކުރީ އޯމް ޕޫރީ ކަމަށް އެ ބަޔޮގްރަފީގައި ބަޔާންކޮށްފައި ވެއެވެ. އެންމެ ފުރަތަމަ ހުއްދަ ނުހޯދާ އެރި މައްސަލައިގައި ފުލުހުންނާ ދެބަސްވުމަކަށް ދިޔަ ނަމަވެސް ވާހަކަ ދައްކައިގެން ފުލުހުންގެ އެހީތެރިކަން ފަހުން ލިބުނު ކަމަށާއި ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ފަރުވާ ދޭން ފެށި ކަމަށްވެސް ބުނެފައިވެއެވެ.

 

ނަސީރުއްދީން ބުނީ އެ ޙާދިސާ ހިނގި ވަގުތު އޯމް ޕޫރީ ހުރިކަން އެއީ އޭނާގެ ނަސީބު ކަމަށެވެ. އަދި ފުރާނަ ސަލާމަތްކޮށްދިނީ އޯމް ޕޫރީ ކަމަށާއި އެކަމަށް ތާއަބަދު ޝުކުރުވެރިވާ ކަމަށް ނަސީރުއްދީން ޝާހު ބުނެފައިވެއެވެ.

 

ނަސީރުއްދީން ޝާހާއި އޯމް ޕޫރީއަކީ 1980އިގެ އަހަރުތަކުގައި އިންޑިޔާގެ ސިނަމާތަކުގައި ރަސްކަން ކުރި ދެ ފަންނާނުންނެވެ. މި ދެ ފަންނާނުން އެކީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފިލްމު "މަޤްބޫލު" އަދި "ޖާނޭ ބީ ދޯ ޔާރޯ" ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް