23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

މާކުންބެ

މާކުންބެއިން ބަނޑުހައިގެ ނަމުގައި މެގަޒިންއެއް ލޯންޗުކޮށްފި

 • މި މެގަޒިން ލޯންޗުކޮށްދެއްވީ ބަދިގެޑޮޓްކޮމްގެ ފައުންޑަރ
 • މި މެގަޒިން އަކީ ކާބޯތަކެތީގެ ދާއިރާއަށް ހާއްސަކޮށްގެން ނެރޭ މެގަޒިންއެއް
 • މިއަހަރުގެ ޖޫން މަހު މެގަޒިންގެ ފުރަތަމަ ޕަބްލިކޭޝަން ނެރޭނެ
ސިމާހާ ނަސީމް | sim_kamana

| 5 މެއި 2018 | ހޮނިހިރު 18:40 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


މެގަޒިން ލޯންޗުކުރުމުގެ ތެރެއިން -- ފޮޓޯ : ސިމާހާ ނަސީމް

މާކުންބެގެ ފަރާތުން "ބަނޑުހައި" ގެ ނަމުގައި އައު މެގަޒިންއެއް އެފްއެންޑްބީ ޝޯގެ ތެރެއިން މިއަދު ލޯންޗުކޮށްފިއެވެ.

މި މެގަޒިން ލޯންޗުކޮށްދެއްވީ ބަދިގެޑޮޓްކޮމްގެ ފައުންޑަރ މުހައްމަދު ބައްސާމް އާދަމްއެވެ.

މެގަޒިން ލޯންޗުކޮށްދެއްވަމުން ބައްސާމް ވިދާޅުވީ މި މެގަޒިންއަކީ ރެސްޓޯރެންޓުތައް އިޝްތިހާރު ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މިއީ މާކުންބެގެ ފަރާތުން ލޯންޗުކުރި ވަރަށް މުހިންމު ޕްރޮޑަކްޓެއް ކަމަށެވެ.

މި މެގަޒިން އަކީ ކާބޯތަކެތީގެ ދާއިރާއަށް ހާއްސަކޮށްގެން ނެރޭ މެގަޒިންއެކެވެ. އަދި މި މެގަޒިން މެދުވެރިކޮށް އެކި ޝެފުންގެ ހިޔާލުތަކާއި ހޮސްޕިޓަލިޓީ ދާއިރާއިންވެސް ކުރިއަރަމުން އަންނަ ފަރާތްތަކުގެ މައުލޫމާތުވެސް ހިއްސާކުރެވިގެންދާނެއެވެ.

މާކުންބެގެ ޑެޕިއުޓީ ސީއީއޯ ހުސެއިން ރަމީޒް ވިދާޅުވީ މި މެގަޒިންގައި ޑައިޓްކުރުމަށް ބޭނުންކުރާނެ އެކި ރެސިޕީތަކާއި ރާއްޖޭގެ ސަޤާފީ ކެއުންތަކުގެ މައުލޫމާތު މެގަޒިން މެދުވެރިކޮށް ހިއްސާކުރެވިގެންދާނެ ކަމަށެވެ.

މިއަހަރުގެ ޖޫން މަހު މެގަޒިންގެ ފުރަތަމަ ޕަބްލިކޭޝަން ނެރޭނެ ކަމަށް މަކުންބެ އިން ބުންޏެވެ.

މީގެ އިތުރުން މެގަޒިންގައި އެކި ފަރާތްތަކުގެ އިޝްތިހާރު ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެފްއެންޑްބީ ޝޯގެ ތެރެއިން ރަނގަޅު އަގުތަކެއްގައި އިޝްތިހާރު ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް މާކުންބެ އިން ވަނީ ބުނެފައެވެ.

މާކުންބެ އިން ވަނީ ރެސްޓޯރަންޓްތަކުން ކާނާ އޯޑަރު ކުރުމަށް ބޭނުންކުރެވޭ އާ ސްމާޓްފޯނު އެޕްލިކޭޝަނެއް މިދިޔަ އަހަރު ލޯންޗުކޮށްފައެވެ.

 

   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް