24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ނޮކިއާ ފޯން

ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!

  • ފޯނުގެ އަގު ގާތްގަނޑަކަށް 250 އެމެރިކާ ޑޮލަރު
އާލާ އިބުރާހިމް | aalu_aala

| 9 ޖެނުއަރީ 2017 | ހޯމަ 19:13 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


ނޮކިއާ 6 ސްމާޓްފޯނު -- ގޫގުލް

އެންޑްރޮއިޑް ނޯގަޓް އެކުލެވޭ ގޮތަށް ނޮކިއާ ބްރޭންޑްގެ ފޯނެއް ލޯންޗްކޮށްފިއެވެ.

ފިންލޭންޑްގައި ނޮކިއާ ބްރޭންޑްގެ ފޯނުތައް އުފައްދާ ކުންފުންޏެއް ކަމަށްވާ އެޗްއެމްޑީ ގްލޯބަލް އިން ލޯންޗްކުރި ނޮކިއާ 6 ގައި އެންޑްރޮއިޑް ނޯގަޓް އެކުލެވޭއިރު، މިއީ ސްމާޓްފޯނުތަކުގެ ތެރެއަށް ނޮކިއާ ފޯނެއް އިތުރުވި ފުރަތަމަ ފަހަރެވެ.

ނޯގަޓްއަކީ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްގެ ހަތްވަނަ މޭޖަރ ވާޝަންއެވެ. މިވާޝަން ހިމަނައިގެން ނެރުނު ނޮކިއާ 6 ގައި 4 ޖީބީ ރެމެއް ހުންނައިރު، އިންޓާނަލް ސްޓޯރޭޖްގައި 64 ޖީބީ ހުރެއެވެ. މައިކްރޯ އެސްޑީ ކާޑު ހިމަނައިގެން 128 ޖީބީގެ ސްޓޯރޭޖެއް ފޯނުގައި އެކުލެވިގެން ވެއެވެ. "ކުއަލްކޮމް ސްނެޕްޑްރެގަން" ގެ 430 ގެ ޕްރޮސެސަރއެއް އެކުލެވޭ މި ނޮކިއާ ސްމާޓް ފޯނު ޗައިނާގައި ލޯންޗްކޮށްފައިވާއިރު، "ޖޭޑީ ޑޮޓް ކޮމް" އިން މި ފޯނު އެކްސްކްލޫސިވްކޮށް މިހާރު ލިބެން އެބަހުރި ކަމަށް ޚަބަރުތައް ބުނެއެވެ.

އެއްހާސް ހަސަތޭކަ ނުވަދިހަ ނުވަ ޔުއާން،(ގާތްގަނޑަކަށް 250 ޑޮލަރުގެ އަގަކަށ) ބާޒާރަށް ނެރޭ މި ފޯނަކީ ގޮރިއްލާ ގްލާސް ކޯޓިންގއަކާއެކު 5.5 އިންޗީގެ ފުލް އެޗްޑީ ޑިސްޕްލޭއެއް ހުންނަ ފޯނެކެވެ. ދެ އެމްޕްލިފަޔަރ ސްޕީކަރާއެކު އުފައްދާފައިވާ މި ފޯނުގައި 16 މެގަޕިކްސެލް ޕީޑީއޭފް ރެއަރ ކެމެރާއެއް ހުންނައިރު، ފްރޮންޓް ކެމެރާގައި 8 މެގަޕިކްސެލް ހުރެއެވެ.

3، ނޮކިއާ 6 ގެ ހޯމް ބަޓަންގައި ފިންގަރ ޕްރިންޓް ސެންސަރެއް ހަރުކޮށްފައި ހުރެއެވެ. 4ޖީ ވެސް ލިބޭ މި ސްމާޓްފޯނަށް ބްލޫޓޫތު، ވައިފައި، ޖީޕީއެސްގެ އިތުރުން ޔޫއެސްބީ-އޯޓީޖީ ވެސް ސަޕޯޓް ކުރެއެވެ.

އެޗްއެމްޑީ ގްލޯބަލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ނޮކިއާގެ އިތުރު އެންޑްރޮއިޑް ސްމާޓް ފޯނުތައް މިއަހަރުގެ ފަހު ދެ ކުއާޓަރގައި ފެނިގެންދާނެއެވެ. އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކުންފުނިން ސްމާޓްފޯނުގެ ކެޓެގަރީގައި ފައިތިލަ ސާބިތުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ގަންނަ ފަރާތްތަކުން އެންމެ ބޭނުންވާ ޒާތުގެ ފޯނުތައް އުފައްދަން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ. އެގޮތުން ނޮކިއާ 6 އަކީ ފޯނު ގަންނަ ފަރާތްތަކުގެ ބޭނުންތަކުގެ އަޑު އަހައިގެން އެކަންތައްތަކަށް ބަލައިގެން ނެރުނު ވަރަށް ކާމިޔާބު އުފެއްދުމެއް ކަމަށް އެ ކުންފުނީގެ ސީއީއޯ އާޓޯ ނަމޭލާ ބުންޏެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް