12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ސިމްބާ

ރޯހިތު ބޭނުންވަނީ ރަންވީރުގެ ހަށިގަނޑު ވަރުގަދަ ކުރަން

  • މި ފިލްމު ޕްރޮޑިއުސް ކުރަނީ ކަރަން ޖޯހަރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 5 މެއި 2018 | ހޮނިހިރު 13:50 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު


ރަންވީރާއި ރޯހިތު -- ގެޓީ އިމޭޖާސް

ޒޯޔާ އަޚްތަރުގެ ގަލީ ބޯއީގެ ޝޫޓިންއަށްފަހު ފިލްމީ ތަރި ރަންވީރު ސިންހް މިހާރު ތައްޔާރު ވަމުންދަނީ ރޯހިތު ޝެޓީގެ ސިމްބާގެ މަސައްކަތާއިގެންނެވެ.

މި ފިލްމުގެ ޝޫޓިން މަހެއްގެ ތެރޭގައި ފަށަން ހަމަޖެހިފައި ވާއިރު ފިލްމަށް ތައްޔާރުވުމަށް އެކި މަސައްކަތް ފިލްމުގެ ތަރިން ލައްވާ ދަނީ ކުރުވަމުންނެވެ. އެގޮތުން ރަންވީރު ސިންގްގެ ހަށިގަނޑު ވަރުގަދަ ކުރުވުމަށް އަދި ބިޔަކޮށް ހުންނަ ގޮތް ދެއްކުމަށް މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ ރޯހިތު ބޭނުން ވަނީ ޔުނިފޯމް ވީދާލުމުން ވަރުގަދަ ހަށިގަނޑެއް ފެންނަ ކަހަލަ ގޮތަކަށް ހަށިގަނޑު ބަހައްޓަން ކަމަށާއި އެހެންކަމުން އެ މަސައްކަތް ފަށައިފިކަމަށެވެ.

"ސިމްބާއަކީ ރޯހިތު ޝެޓީއާއެކު އަހަރެން ކުރާ ފުރަތަމަ މަސައްކަތް. މި ފިލްމުގައި މަސައްކަތް ކުރަން ލިބުން އެއީ ވަރަށް އުފާކުރާ ކަމެއް. މި ފިލްމަކީ ވަރަށް ގިނަ މީހުން ރީތިވާނެ ކަމަށް އެކްސްޕެކްޓް ކުރާ ފިލްމެއް. އެހެން ކަމުން މި ފިލްމަށް ވަރަށް ހައި ހޯޕްސް އެބައޮތް. އަދި ފިލްމުގެ ޝޫޓިން ފެށެން އެބައޮތް އެއްމަސްދުވަސްވަރު." ރަންވީރު ބުންޏެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ ކަރަން ޖޯހަރެވެ.  

ކަރަން ބުނެފައިވަނީ މި ފިލްމު ރިލީޒް ކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 28 ގައި ކަމަށެވެ. މި ފިލްމުގައި ރަންވީރު ފެނިގެންދާނީ އިންސްޕެކްޓަރެއްގެ ގޮތުގައެވެ.

ރަންވީރު ބުނެފައިވަނީ ރޯހިތު ޝެޓީއާއިއެކު މަސައްކަތް ކުރަން ލިބުމަކީ އޭނާ ވަރަށް ހިތްހަމަ ޖެހުނު ކަމެއް ކަމަށެވެ. ރޯހިތުއާ އެއްކޮށް މަސައްކަތް ކުރަން ލިބުން އެއީ ކޮންމެ މީހަކުވެސް ދެކޭ ހުވަފެނެއްކަމަށާއި މަސާލާ ފިލްމުތަކަށް ރޯހިތަކީ އެއްވަނަ ކަމަށް ރަންވީރު ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް