16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޖިންސީ ކުށް

މާމެންދޫގައި ރޭޕެއް ނުކުރޭ، އެއީ ޖިންސީ ގޯނާގެ މައްސަލައެއް!

  • ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވޭ
  • ތުހުމަތު ކުރަނީ ޖިންސީ ގުނަވަނެއްގައި ހިފިކަމަށް
  • ފަރުވާއަށްފަހު އަންހެން ކުއްޖާ ވަނީ ދޫކޮށްލާފައި
ޙުސައިން ޙަސަން | hucenhassan

| 5 މެއި 2018 | ހޮނިހިރު 12:11 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ގއ. މާމެންދޫ: އެ ރަށުގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން -- އެލްޖީއޭ

ގއ. މާމެންދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ގޯނަ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައަކީ ރޭޕުގެ މައްސަލައެއް ކަމަށް ކުރިން ރިޕޯޓުކޮށްފައި ވީނަމަވެސް، ފުލުހުން ބުނީ އެއީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށެވެ.

ފުުލުހުންގެ މީޑިއާ އޮފިސަރަކު ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޒުވާން އަންހެން ކުއްޖެއްގެ ނުރުހުމުގައި އޭނާގެ ޖިންސީ ގުނަވަނެއްގައި އަތްލި ފިރިހެނެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހުގެ ރޭ މާމެންދޫއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ. 
މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައި ވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ވަގުތެއްގައި އެ އަންހެން ކުއްޖާ ފިހާރައަކަށް ގޮސްފައި، އެނބުރި ގެއަށްދިޔަ ވަގުތު އަނދިރި ގޯޅިއަކަށް ވެއްދުމަށްފަހު ކަމަށެވެ. އެކަމުގައި ހަތަރު ވަރަކަށް މީހުން ބައިވެރިވި ކަމަށް އަޑު ފެތުރިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ވެސް އެ ރަށަށް ދިޔަކަމަށް ޒައީމް ވިދާޅުވިއެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އަންހެން ކުއްޖާއަށް މާމެންދޫ ސިއްހީ މަރުކަޒުންނާއި ގއ. އަތޮޅު ހޮސްޕިޓަލުންވެސް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް