12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ލޯކަލް ކައުންސިލް އިންތިހާބު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

  • އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު ވަދެފައި ކަމަށް އޭނާ ވިދާޅުވި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 9 ޖެނުއަރީ 2017 | ހޯމަ 07:42 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


އިލެކްޝަންސް ކޮމިޝަންގެ އިދާރާ: އެ ކޮމިޝަންގެ މިނިވަންކަމާމެދު ގިނަ ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުން -- ގޫގުލް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިހާރުން މިހާރަށް އިސްތިއުފާދެއްވަންެޖެހޭ ކަމަށް އަދާލަތު ޕާޓީގެ ނައިބް ލީޑަރު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ. 

އަލީ ޒާހިރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު ވަދެ، އެ ކޮމިޝަން ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އެހެންކަމުން ކޮމިޝަންގެ މެމްބަރުން މިހާރުން މިހާރަށް އިސްތިއުފާދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަލީ ޒާހިރު މިގޮތަށް ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ އޭޕްރީމް މަހުގެ 8 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެކަން އިއުލާނުކޮށް، ކެންޑިޑޭޓުންނަށް ވުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އިންތިހާބު ބާއްވާ ތާރީހު އަލުން އިއުލާންކުރީ އިންތިހާބު ބާއްވަން އޮތް ތާރީހުން ފެށިގެން ދެމަސް ދުވަހަށް އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން ހުކުމެއް ކުރުމުން ކަމަށާއި އިންތިހާބު ފަސްވި ނަމަވެސް އިންތިހާބުގެ މިނިވަންވެފައި އިންސާފުވެރިވާނެ ކަމަށެވެ. 


ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވަން ފުރަތަމަ ކަނޑައެޅީ މި މަހުގެ 14 އެވެ. ނަމަވެސް ޕީޕީއެމްއަށް ތައްޔާރުވެވިފައި ނުވާ ކަމަށް ބުނެ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އިންތިހާބު ދެމަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް