
| 5 މެއި 2018 | ހޮނިހިރު 08:47 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
"ފާސްޓް އެންޑް ފިއުރިއަސް" ގެ ދެން ނިކުންނަ ބައި މާބޮޑުވާނެ ކަމަށް ވިން ޑިސަލް ބުނެފިއެވެ.
ވިން ޑީސަލް ބުނީ އެ ފިލްމުގެ ދެން ނިކުންނަ ބައި ޑައިރެކްޓް ކުރުމަށް ޖަސްޓިން ލިން އަލުން ނިކުންނާނެ ކަމަށެވެ. އަދި ޖަސްޓިން ލިން ވަނީ މި ފިލްމް ޑައިރކެޓް ކުރުމަށް ވަރަށް ޝައުގުވެރިވެފައި ކަމަށް ވެސް ވިން ޑީސަލް ބުންޏެވެ. ޖަސްޓިން ޑައިރެކްޓް ކުރާނީ މި ފިލްމުގެ ނުވަވަނަ ބަޔާއި ދިހަވަނަ ބައެވެ.
މި ފިލްމުގެ ކުރީގެ ބައިތައް ވަނީ އެކި ހިސާބުތަކުގައި ކުޅެއެވެ. އެގޮތުން ބްރެޒިލް، ޔޫކޭ، ސްޕެއިން، ޖަޕާން، މެކްސިކޯ އަދި ޔޫއޭއީގައި ވަނީ މި ފިލްމުގެ އެކި ބައިތަކުގެ ޝޫޓިން ކޮށްފައެވެ. ވިން ޑީސަލް ބުނީ ފިލްމުގެ މިފަހަރުގެ ބައި ކުޅޭނީ އެފްރިކާގައި ކަމަށާއި، ފިލްމުގެ ޝޫޓިންގް ގިނަ ދުވަސްތަކަކަށް ދެމިގެން ދާނެ ކަމަށެވެ. ފިލްމް ރިލީޒް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ 2020 ވަނަ އަހަރު އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. މި ފިލްމުގެ ކޯ ކާސްޓުންގެ ގޮތުގައި ހަރަކާތްތެރި ވާނީ މިޝެލް ރޮޑްރިގްސް، ޓައިރީސް ޖިބްސަން، ކްރިސް 'ލުޑަކްރިސް' ބްރިޖް، ނަތާލީ އެމަނުއެލް، ޖޭސަން ސްޓެތަމް އަދި ވޭން ޖޯންސަން އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް