19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އުރީދޫ

އުރީދޫ އިން ފުޓުބޯޅަ ފޯރީގެ ނަމުގައި ވައިބަރ ސްޓިކާ ޕެކެއް ތައާރަފުކޮށްފި

  • ސްޓިކަރ ޕެކްގައި ހިމަނާފައިވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފުޓުބޯޅަޔާ ގުޅުން ހުރި ގޮވެލިތައް
ސިމާހާ ނަސީމް | sim_kamana

| 3 މެއި 2018 | ބުރާސްފަތި 17:06 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އުރީދޫ އިން ތައާރަފުކޮށްފައިވާ ވައިބަރ ސްޓިކާ ޕެކްގެ ޕޯސްޓަރ -- އުރީދޫ

އުރީދޫ އިން ރާއްޖެއަށް ޚާއްސަކޮށް ނެރޭ 3 ވަނަ ވައިބަރ ސްޓިކަރ ޕެކްގެ ގޮތުގައި "ފުޓުބޯޅަ" ސްޓިކަރ ޕެކް މިއަދު ތައާރަފުކޮށްފިއެވެ.

މިފަހަރުގެ ސްޓިކަރ ޕެކްގައި ހިމަނާފައިވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފުޓުބޯޅަޔާ ގުޅުން ހުރި ގޮވެލިތަކެވެ.

"ފުޓުބޯޅައަކީ އަބަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއް. އެންމެ ކުޑައިރު އާއިލާ އާއި އެކުވެރިންނާއި އެކު މަގުމަތީފައި ފުޓުބޯޅަ ކުޅެން އުޅުނު ޒަމާނުން ފެށިގެންގޮސް، ތަފާތު ފުޓުބޯޅަ މެޗުތަކުގައި ބައިވެރިވި ހިނދުގައި، އަދި ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅައިގެ މުބާރާތްތަކާއި ލީގުތައް ކުރިޔަށް ދާ ގޮތް ކައިރިން ބަލަމުންދާ އިރުގައިވެސް އަޅުގަނޑުމެން ދިވެހިން އާންމުކޮށް ބޭނުންކުރާ ބަސްތަކެއް އެބަހުރި. "ފުޓުބޯޅަ" ސްޓިކަރ ޕެކް މެދުވެރިކޮށް، ވައިބަރ އަށް މި ބަސްތައް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސްޓިކަރތަކުގެ ސަބަބުން ފުޓުބޯޅައިގެ ވާހަކަތައް ވަރަށް ތަފާތުގޮތަކަށް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޔަގީންކުރަން" އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ފެށުނީއްސުރެ ވައިބަރގައި ތައާރަފުކުރެވުނު ސްޓިކާ ސެޓްތަކާއި އެއްފަދައިން، "ފުޓުބޯޅަ" ސްޓިކާ ސެޓް ވެސް މައިގަނޑު ގޮތެއްގައި ފަރުމާކުރެވިފައިވަނީ ދިވެހި ބަހުންނެވެ. މީގެ ތެރޭގައި "ގޯލް"، "ހިނގާ ކުޅެން ދާން؟"، "އަދި ޖަހާނެ"، "ފައިބާ"، "ބޮޑު ބޯޅަ"، "ތަށި ނަގާނަން މިފަހަރު"، މިފަދަ ލަފްޒުތައް ހިމެނެއެވެ. "ފުޓުބޯޅަ" ސްޓިކާސެޓް އިތުރު އެއްވެސް އަގަކާ ނުލާ ވައިބަރ ސްޓިކާ މާކެޓުން ޑައުންލޯޑު ކުރެވޭނެއެވެ.

މަގްބޫލު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ބަހުރުވަޔާއި، އާދަކާދަތަކާއި، ދިވެހިންނާއި ގުޅުންހުރި ތަފާތު ކޮންޓެންޓް ހިމެނުމަކީ އުރީދޫ އިން ވަރަށް އިސްކަންދޭ ކަމެކެވެ. މިގޮތުން އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން، ދިވެހި ރަހަތައް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކަށް ގެނައުމަށް ކުރިއަށްއޮތް ތަނުގައި މަސައްކަތް ކުރަމުންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް