19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ސަރުކާރު

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

  • ގައުމަށް ވުރެ ވެރިން އިސްކުރަނީ އެ މީހުންގެ އަމިއްލަ މަސްލަހަތު
ސަހުބާން ފަހުމީ | sahubaan

| 8 ޖެނުއަރީ 2017 | އާދީއްތަ 18:09 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ކުރީގެ ރައީސް މުހައްމަދު އަމީން -- ގޫގުލް

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ބޭރުގެ ނުފޫޒުން ޤައުމު ހިމާޔަތް ކުރެވިފައިވާ ޤައުމެކެވެ. މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ޤައުމު ސަލާމަތް ކުރެއްވުމާއި، ދޮންބަންޑާރައިން ހޮޅިންގެ އަތުން ރާއްޖެ މިނިވަން ކުރުމަކީ މިފަދަ މިސާލުތަކެވެ.


 ދިވެހި ގައުމަށްޓަކައި ގުރުބާންވާ ދަރިންތަކެއް ތިބިއއިރު މީގެ އަނެއްކޮޅުވެސް ރާއްޖޭގެ ތާރީޚުން ފެންނަން އެބަހުއްޓެވެ. ބޭރުގެ ނުފޫޒަށް ރާއްޖެ ހުޅުވައިދިން ޚިޔާނާތްތެރިންގެ އަމަލުތައްވެސް ފެންނަން އެބަހުއްޓެވެ. އޭގެ ސަބަބުން ދިވެހިންނަށް އަގުނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެބަހުއްޓެވެ. 


ރާއްޖެއަށް ޕޯޗުގީޒުން ގެނައުމަކީ ޤައުމަށްވުރެ އަމިއްލަ އެދުން ވެރިކަމުގެ މައްޗަށް ދަހިވެތިވުމުގެ ހެއްކެކެވެ. ވޯރާ ވިޔަފާރިވެރިން ރާއްޖޭގެ އިޤްތިޞާދު ހިސޯރުކުރުމަށް ފުރުޞަތު ދިނީ ވެރިކަމުގެ ކޯޅުމުގައި އެއް އާއިލާއެއް ވެރިކަމަށް އަތްގަދަ ކުރަންވެގެންނެވެ. ތާރީޚުގައި ހިނގި ބޮޑު ހުޅުގެ ހާދިސާއާ ވިދިގެން އިނގިރޭސިންގެ ހިމާޔަތަށް ރާއްޖެ ވައްޓާލީ އާއިލާއެއް ވެރިކަމުގެ މައްޗަށް ދަހިވުމުންކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. 

 

 19 ވަނަ ގަރުނު ފެށުނުތަނާ ވެލާނާގޭ މުޙަންމަދު ދީދީ ޕިޗޯރީން ގެނައީ ވެރިކަމުގައި ހުރި ބޭއިންސާފުގެ ތެރެއިން ނޭއްގާނީކަން އިސްކޮށް ވެރިކަން ބަދަލުކުރުމަށެވެ. ވެރިކަމަށް ދަހިވެތިވުމާއި، ނޭއްގާނީކަމުން ނުކުންނަ ނަތީޖާ ރަނގަޅެއްނުވެއެވެ. އެދުވަސްވަރު ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގައި ބޭއްވީ، މިނިވަން ކަމުގައި ކުޑަ ޤައުމެއް ނޯވެވޭނެ ކަމުގައި ކިޔައި، އޭރު ރާއްޖޭގެ އިސްވެރިން އެގޮތަށް ޤަބޫލުކޮށް އިސް ރައްޔިތުންނަށް މިވިސްނުން ބުނެދީގެންނެވެ.

 

ދިވެހިރާއްޖޭގެ ވެރިކަމުގެ ތަހުތާ މިހާތަނަށް ހަވާލުވެ ވަޑައިގެންނެވި ބޭފުޅުންގެ ތެެރެއިން ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ވެރިކަން ކުރެއްވި އެއް ބޭފުޅަކީ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމެއިނާ ކިލެގެފާނެވެ. އެމަނިކުފާންގެ ވެރިކަމުގެ ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ތާރީހު ނުދެކޭފަދަ ޢިލްމްވެރިން އުފެދިގެން ދިޔައެވެ. ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ދައުލަތް ހިންގުމުގެ ހަމަތަކާ އުސޫލްތައް ގާއިމް ކުރެވިގެންދިޔައެވެ. ނަމަވެސް ވެރިކަމުގެ ދަހިވެތި ކަމުގައި ބަޔަކު މީހުން ކުރި ބަޢާވާތަކަށް ފަހު އެމަނިކުފާނަށް ޖެހިވަޑައިގަތީ މި ދުނިޔެއާ އަލްވަދާޢު ކިޔާށެވެ. އޭގެ ފަހުން އަނެއްކާ ވެސް ދިވެހި ވެރިކަމުގެ ތެރޭގައި ކޯޅުން އުފެދި ވެރިންނާ ރައްޔިތުންނާ ދެމެދު އޮތް ގާތްކަން ކެނޑިގެން ދިޔައެވެ. 


ނަމަވެސް ވެލާނާގޭ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި މި ހުރިހާ ވިސްނުމެއް ބަދަލުކޮށް ރާއްޖެއަށް އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަން ގެނެސްދިނެވެ. ރައީސް ނާޞިރުވަނީ ވޯރާ ވިޔަފާރިވެރިންނާއި އިނގިރޭސިން އަތުން މިނިވަންކަން ރާއްޖެއަށް ގެނެސްދީފައެވެ. އަދި ސަރަހައްދީ ސިޔާސަތުގައި އިންޑިޔާއަދި ސްރީލަންކާ ބޮމައެއްހައި ދުރުގައި ބައިތިއްބާފައެވެ. ރާއްޖޭގެ އެތެރޭގެ ސިޔާސަތަށް އަތް ބޭނުމުގެ ފުރުސަތު ނުދީފައެވެ.

 

ރާއްޖޭގައި ވެރިކަން ކުރި ހިތްވަރު ގަދަ ވެރިން ވަނީ މިގޮތަށް ކަން ކޮށްފައެވެ. ނައިބުތުއްތު އަރުވައިލެވިގެންދިޔައީ އިނގިރޭސިންގެ ކުރިމަތީ އިސްޖަހައި ނުލަންވެގެން، އިނގިރޭސިންގެ ހިމާޔަތުގެ އެއްބަސްވުމަށް ތާޢީދު ނުކުރަން ވެގެންނެވެ.

 

ނަމަވެސް މިއަދު އަނެއްކާ ވެސް ދިވެހިރާއްޖެ އަށް ކުރިމަތިލާން ޖެހިފައި މިވާ ކަންތައްތަކަކީ މާޒީގައި ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަންތައްތަކެވެ. ގައުމަށް ވުރެ ވެރިން އިސްކުރަނީ އެ މީހުންގެ އަމިއްލަ މަސްލަހަތެވެ.ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ދިވެހިގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކާލަނީއެވެ. އެއީ ވެސް ދިވެހިންގެ އާރާ ބާރު ނުފޯރާފަދަ ގޮތަކަށެވެ. ހަމައެއާއެކު ސަރަހައްދުގެ ޤައުމުތައް ރާއްޖޭގެ ދާޚިލީ ކަންކަމަށް ބެއްސުމާއި އެ ޤައުމުތަކުގެ ނުފޫޒު ރާއްޖޭގެ މައްޗަށް ބޭއްވުމަށް ކުރެވޭ މަސައްކަތަކެވެ. ފަހަރެއްގައި އެއީ ވެރިކަމުގެ ބާރު ގަދަ ކުރުމަށް ކުރާ ކަމަކަށް ވެސް ވެދާނެއެވެ.

 

ކޮންމެއަކަސް މާދަމާގެ ޖީލަށް ދިވެހި ގައުމު ރައްކާތެރި ކަމާއެކު ގެނެސް ދިނުމަށްޓަކައި ބޭނުން ވަނީ އެންމެ ކަމެމެކެވެ. ތިމާގެ މަސްލަހަތަށްވުރެ ބޮޑަށް ގައުމުގެ މަސްލަހަތު އިސްކުރާ ވެރިއެކެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާ އިންސާފުވެރިކަމާއެކު ނިންމުންތައް ނިންމާ ވެރިއެކެވެ. ބޭރު މީހުންގެ އަވައިގައި ނުޖެހި ގައުމުގެ މިސްރާބް ސިދާ ކުރާނެ ވެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް