18 ޑިސެންބަރު 2018 | އަންގާރަ | 09 މުލަ
11 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:01
އަސްރު 15:27
މެންދުރު 12:06
އިރުއަރާ 06:04
ފަތިސް 04:47

މަގޭ ރިޕޯޓް

ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

  • ލީކުވި ބަޔާންތަކުން އެނގޭ ގޮތުގައި ހުކުމްތައް ކޮށްފައިވަނީ ވަކިބަޔަކު ބުނިގޮތަކަށް
  • ބަޔާންތަކުން އެނގޭ ގޮތުގައި ބައެއް ފަނޑިޔާރުންގެ ޝަރުތު ވަނީ ގެއްލިފައި
  • އިތުބާރު ނުކުރެވޭ ފަނޑިޔާރުންގެ ހުކުމަކަށްވެސް އިތުބާރެއް ނުކުރެވޭނެ
އަހުމަދު މުހުސިނު | dhonbandaara

| 3 މެއި 2018 | ބުރާސްފަތި 15:29 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  3. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  4. ފެނަކަ އެމްޑީއަކަށް ސައީދު
  5. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  6. ޓްރީޓޮޕް ހޮސްޕިޓަލުން މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއް ތައާރަފް ކޮށްފި
  7. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  8. އިމާރަތްކުރި ކުންފުނިން ހުއްދަ ވެސް ނަގާފަ އެއް ނެތް، ބޯޑް ވެސް ނަގާފައި ވަނީ އެހެންކަމަކަށް: ސިޓީ ކައުންސިލް


ފަނޑިޔާރުން ހުކުމް ކުރަން ޖެހޭނީ ޢަދްލަށް -- ގޫގުލް

އަތްޖަހާށެވެ. ބާރަށް އަތްޖަހާށެވެ. ފޮޅުނަގައި އަތުން ހަންދަންދެންވެސް އަތް ޖަހާށެވެ. ތިއޮތީވާ ދީން ހިމާޔަތް ކުރެވިފައެވެ. މަގެ ދީނާ މަގެ ޤައުމު ތިޔަ ޖަހާލީ އަމިއްލަ ފައިކޭޓަށެވެ. ސަހަރޯއެވެ. ލީކުވި ބަޔާންތައް ފެނިފައި ޝަހާދަ އިނގިލީގައި ދަތްނޭޅޭ ހަމަ އެކަކުވެސް ނެތެވެ. ނޫނޭވާ މިއޮތީ ޤައުމެކެވެ. މިބިމަށް އުފަންވީތީ ލަދުން އިސްއުފުލާލަންވެސް ކެރޭވަރެއް ނޫނެވެ.

ފަޚުރުވެރިވެލާފައި ތިޔަ ދެއްކުނު ވާހަކަ އަމިއްލައަށް އެނގޭހެއްޔެވެ. ބައެއްގެ ދުވަސް ދުއްވާލާނަމޭ ހީކޮށް ދިން ބަޔާނަކުން ތިޔަބޭނި ހުސްވީ ބޮޑު ކޯޓުލީ އަމިއްލަ މީހާ އެކަންޏެއް ނޫނެވެ. ތިޔަ ކަމުން އަނެއްކާ އަނެއް 1000 ޕަސެންޓް ޖުޑިޝަރީއަށް އިތުބާރު ބޮޑުވާނެތޯއެވެ.

ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ބަޔާންކޮށް ފަނޑިޔާރުންގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނަނީ ޢަދްލު އިންސާފް ޤާއިމް ކުރުމުގައްޔާއި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނެ ބައެއް ނޫން ކަމަށެވެ. އަދި އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކު ކަމުގައި ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒް ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ.

މިއީ މަށްދިވެހި ބަހުން އެންމެންނަށް އެނގޭގޮތައް ކަޅާ ހުދުން ލިޔެފައިވާ ވާހަކައެވެ. އެކަމަކު ތިޔަ ކަންކުރީ ދިމާ އިދިކޮޅަށެވެ. މިއޮށް ހުރިހާ ދުވަހު ބައެއްގެ މައްޗަށް ގޮތް ނިންމާ ހުކުމްކޮށް އަމުރު ތިޔަ ނެރުނީ ވަކިމީހަކު އެންގީތީ އެގޮތަށެވެ. ތިޔަޔަކަށް އަމާ ބުނީތީ ފަރަށް ދިއުމެކޭވެސް ނުކިޔޭނެއެވެ. އެސޮރުވާ އަމާބުނީތީ ފަރަށް ދިޔައީއެވެ. ފަރުން ބޮލި ނުހިލާ ގެއަށް އައީއެވެ. އެކަމަކު އެކަމުން އެހެން މީހަކަށް ލިބުނު ގެއްލުމެއް ނެތެވެ. އަހަރެމެންދިނީމާ ކައިގެން އަހަރެމެން ދިނީމާ އުނުއޮރިޔާން ނިވާކޮށްގެން ނުވިތާކަށް އަހަރެމެންގެ ފައިސާއިން އަނބިދަރިންވެސް ބަލައިގެން އަހަރެމެންނަށް ތިޔަދިނީ ކެއްސަކަށްވުރެ ބޮޑު އަނިޔާއެކެވެ. އެތައް ދުވަހެއްވީ ރަނގަޅު ވިޔަފާރިތަކެއް ތިޔަ ހުއްޓުވާލީ ރަހުމެއް ހަމްދަރުދީއެއްނެތި ރައީސް މީހާ ވިދާޅުވެގެން ދެން ހުރި މީހަކު އެންގި ގޮތަށެވެ. އެތައް ކުދި ޅަދަރިންތަކެއް ރޮއެރޮއެ އޮއްވާ އެތައް މުސްކުޅި އަމަޔަކާއި ބަފައެއް ބަލި އެނދުގައި އޮވެ އާދޭސް ކުރަމުން ދަނިކޮށް އަހާލުމެއް ކިޔާލުމެއްނެތި މީހުންތައް ތިޔަ ޖަލަށް އަޅާލީ ހިތެއްވެސް ހަމަ ނެތީހެއްޔެވެ.

ފަނޑިޔާރުންގެ ނިންމުންތަކާއި، ހުކުމްތަކާއި، އަމުރުތަކުގެ އަސްލު ބަޔާންކޮށް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނަނީ ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލް ކުރާނީ ޤާނޫން އަސާސީއާއި ޤާނޫނަށެވެ. ޤާނޫން އަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތައް ފަނޑިޔާރުން ރިޢާޔަތް ކުރަން ވާނެއެވެ. އަދި މަސްއޫލިއްޔަތު އަދާކުރުމުގައި ބަލަން ޖެހޭނީ މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށާއި، މައްސަލައާއި އެއްފަދަ އެހެން މައްސަލަތަކުގައި އެކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ހުކުމްތަކަށެވެ. އަދި ވަކިފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވުމާއި ތައައްސުބުން އެއްކިބާވެގެން ކަމަށް ބުނެފައި ވެއެވެ.

މިމާއްދާއަކުން އަލީ ހަމީދެއް، ޢަބްދުﷲ ސައީދެއް، އަދި ޢަބްދުﷲ ޔާމީނެއް އިސްތިސްނާ ވާހަކައެއް ނުބުނެއެވެ. ދެން މީހަކު ބުނެގެންނޭ ބުނެ ތިޔަވަރުގެ ހަޑިއެއް ހާވަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ. ތިޔައޮތީކީ ތައައްސުބުން އެއްކިބާވެފައެއް ނުނޭވެ. މުޅި ތައައްސުބު ގައިގާ ތަތްވެފައެވެ. ތިޔަ ކުރެއްވިކަމަކުން މިއޮށް ހުރިހާ ދުވަހު ތިޔަ ކުރި ހުކުމްތަކާމެދު ސުވާލު އުފެދިއްޖެއެވެ. އަދި ދެން ކުރާންހުރި ހުކުމްތައް ކުރާނީވެސް ބަތްތައްޓަށް ކުރާ ހުކުމުގެ ބަދަލުގައި އިންސާފުންކަމަކަށް ބެލެވޭނެ ކުޑަވެސް ޖާގައެއް ނެތެވެ. އަމިއްލައަށް ތިޔަ ނަގާލީ މުޅި އިއްޒަތުއް ނަފްސެވެ. ނަޒާހަތްތެރިކަމާ އިތުބާރު އެއްކޮށް ވެއްޔާ މޮޑެލީއެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި "ފަނޑިޔާރަކު، ހުރިހާ ވަގުތެއްގައިވެސް އޭނާގެ މުސްތަޤިއްލުކަމާއި ޢަދްލުވެރިކަމާއި، ވަކިފަރާތަކަށް ނުޖެހޭ ކަމުގެ އިތުބާރު ހިފަހައްޓަން ވާނެ" ކަމަށް ބުނެފައިވާއިރު އެކަން ތިޔަވަނީ އަމިއްލަގައިން އަމިއްލައަށް ނިގުޅައިގެންފައެވެ. އެހެން މީހަކު ކުރިކަމަކާ ނުލައެވެ. ހަމަ އަމިއްލައަކަށެވެ.

މިހާހިސާބަށް ދިޔައީމާ ތިޔަ މަޤާމާ ހަވާލުވާންވެގެން ދެކޮލުގައި ފުށް ޖަހާފައި ބޮޑު ކޯޓުލައިގެން ހުރެ ކުރި ހުވާ ހަނދާން ކޮށްލަދޭނަމެވެ.

އެދުވަހު ބުނީ "އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫންއަސާސީއާއި ޤާނޫން ދަމަހައްޓައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫންއަސާސީއާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވައިކުރާ ކަމަށެވެ"

އެހުވާގައިވާ ޚިލާފް ނުވެވޭ އެންމެ ތަންކޮޅެއްވެސް ނިކަން ދައްކަބަލާށެވެ. އޭރުން މަށަކުވާ މިވާހަކައެއް ނުދައްކާނަމެވެ. ހަމަގައިމުވެސް ތިޔަ ކުރިކަމަކުން އެކަން އެހެން ނުވާނެ ކަމަށް ޤަބޫލު ނުކުރާނެ އެކަކުވެސް މި އުޑު ބަޅުކުރި ހިސާބަކު ނުހުންނާނެއެވެ.

ކޮންމެއަކަސް ދެން އެންމެ ރަނގަޅުވާނީ އަވަހަށް އިސްތިއުފާ ދިނިއްޔާއެވެ. ކުރެވުނު ކަންތައްތަކަށް މައާފަށް އެދުމެވެ. އަނިޔާ ލިބުނު މީހުންގެ ހިތްހަލާލު ހޯދުމެވެ. ދެދުނިޔޭގެ ސަލާމަތައްޓަކައިވެސް ދެންވެސް އަވަހަށް ތިޔަކަމުން އެކަހެރިވެ ތައުބާވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސަލީމާ ޖައުފަރު

8 މަސް ކުރިން

ޔާމިނޫ ޖުޑިސަރީ އާއި ކޯޓުތަކަށް އަތް ބޭނީމައި އަތުގައި ތި ހޭކުނީ ގުއި

3
4