20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މައުމޫން

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

ސަހުބާން ފަހުމީ | sahubaan

| 8 ޖެނުއަރީ 2017 | އާދީއްތަ 17:39 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ ޢައިޝަތު ޝިހާމް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ތަޢުލީމީ ދާއިރާގެ މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

 

މިއަހަރުގެ ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް ދެއްވި ހިތޯބުގައި ވިދާޅުވީ މުޅި ތަޢުލީމީ ދާއިރާ އިން ފަށާފައިވާ އިންގިލާބީ ބަދަލާއެކު، މި ދިރާސީ އަހަރު، ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވާދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ގާއިމްކުރެވިފައި ވީޑިއޯ ކޮންފަރެންސިން ވިއުގައިގެ ތެރެއިން ސްކޫލްތައް ގުޅާލެވި، ޢިލްމާއި ހުނަރު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރަކާ ބައްދަލުކުރާއިރު، ފާއިތުވީ އަހަރަކީ ތަޢުލީމީ ދާއިރާއަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި މިދާއިރާއަށް ކަނޑައަޅާފައިވާ ކަންތައްތައް ޙާސިލްކުރެވިގެންދިޔަ ކާމިޔާބު އަހަރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

އެގޮތުން ދަރިވަރުންގެ ހުނަރާއި ޝައުގުވެރިކަން ހުންނަ ދާއިރާއިން ކުދިން ކުރިއަށް ގެންދިއުމަށް ތަޢާރަފްކުރެވިފައިވާ ތަފާތު ރޮނގުތަކުން ކުދިންނަށް ތަފާތު ގިނަ ފުރުސަތުތައް ފަހިކޮށްދީ، އެންމެ ކުއްޖަކު ވެސް ބާކީނުކޮށް، ތަޢުލީމާ، ތަމްރީނާއި ތަރުބިއްޔަތުގެ ފުރުސަތު ދެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެގޮތުން 2014 ވަނަ އަހަރު ތަޢާރްފް ކުރެވުނު ބީޓެކް ސްޓްރީމްގައި މިހާތަނަށް 157 ސްކޫލަކުން 2508 ދަރިވަރުން ބީޓެކް އޯލެވެލް ހަދަމުންދާ ކަމަށާއި އަދި 2016 ވަނަ އަހަރު 11 ދަރިވަރަކު ބީޓެކް އޭލެވެލްއިން މޮޅު ނަތީޖާތަކަކާއެކު ގްރެޖުއޭޓް ވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

 

ހަމަ އެހެންމެ 2014 ވަނަ އަހަރު ތަޢާރްފް ކުރެވިގެން ދިޔަ ދަސްވާރު ޕްރޮގްރާމްގައި 168 ސްކޫލަކުން 1480 ދަރިވަރުން ބައިވެރިވެ، ކާމިޔާބުކަމާއިއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށާއި އަދި ގްރޭޑް 10 ނިންމުމަށްފަހު، ސްކޫލްތަކުން ވަކިވާ ދަރިވަރުން ކުރިއަށް ދިއުމަށް ބޭނުންވާ ރޮނގުތައް ދެނެގަނެ، އެ މަޢުލޫމާތުގެ އަލީގައި އެ ދަރިވަރުންނަށް ތަފާތު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މުހިއްމު މަސައްކަތްތަކެއް ވެސް ކުރެވިފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ.

 

މީގެ އިތުރުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ތަފާތު ކޯސްތައް ތަޢާރަފްކުރެވި، މޯލްޑިވްސް ޕޮލިޓެކްނިކުގެ ދަރިވަރުންގެ ޢަދަދު 11 ސަތޭކައަށް މަތިކުރެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ހަމަ އެއާއިއެކު ޓިވެޓް އޮތޯރިޓީގެ ފަރާތުން ތަފާތު އެކި ދާއިރާތަކަށް އަމާޒުކުރެވިގެން ހިންގަމުންދާ ކޯސްތަކުގައި 3095 ދަރިވަރަކު ބައިވެރިވެ 1708 ދަރިވަރުން 2016 ވަނަ އަހަރު ކޯސްފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓަރު ޢައިޝަތު ޝިހާމް ވިދާޅުވިއެވެ.

 

މީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއް ވީޑިއޯ ލިންކް މެދުވެރިކޮށް ގުޅާލައި، ތަޢުލީމާއި ތަމްރީނު ފޯރުކޮށް ދިނުމުގެ ބޮޑު މަސައްކަތެއް ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ކާރިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އަޅައި، ސްކޫލްތަކުގައި އިމަރޖެންސީ ޕްލޭންތައް ތައްޔާރުކުރެވި އަލިފާން ނިއްވުމުގެ ނިޒާމު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމު ކުރެވވިފައިވާ ކަމަށް މިނިސްޓަރު ޢައިޝަތު ޝިހާމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް