21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

12 މެމްބަރުންގެ ގޮނޑި

ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

  • އެ 12 މެމްބަރުންގެ މެމްބަރު ކަމުގެ ޝަރުތެއް އުންޏެއް ނުވޭ
  • ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އެ 12 މެމްބަރުންނަކީ މަޖިލިސް މެމްބަރުން ކަމަށް
  • އެކަމަކު އިލެކްޝަންސް ކޮމިޝަނުން ދަނީ ބައި-އިލެކްޝަންތައް ބާއްވަން މަސައްކަތް ކުރަމުން
މުހައްމަދު ފަޒީން | phaxyn

| 3 މެއި 2018 | ބުރާސްފަތި 09:43 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  7. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން -- ފޮޓޯ : މުހައްމަދު ޝަރުހާން

ރާއްޖޭގެ ދުސްތޫރީ ނިޒާމު މިވަނީ ކޮށައި ކުދިކުދި ކޮށްލާފަ އެވެ. މުޅި ދައުލަތުން ފެންނަނީ ކޮންމެ ދިމާލަކުން ބެލިޔަސް ފެއިލް ވެފައިވާ މަންޒަރެވެ. ދިވެހި ދައުލަތް ހިނގަމުން އަންނަ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އޮތީ ޕެރަލައިޒްވެ، ކޯމާ އެއްގަ އެވެ.

މިހާލަތަށް ގައުމު ވެއްޓުނީ ދައުލަތުގެ ތިން ބާރުން އެމީހުންނާ މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އުފުލުމުގެ ބަދަލުގައި ގާނޫނުއަސާސީއާ ހިލާފަށް ކަންކުމުންކަމާމެދު ޝައްކެތް ނެތެވެ. ހާއްސަކޮށް ސަރުކާރުން ބޭނުންވާހާ ކަމެއް ހިތަށް އެރި ގޮތަކަށް ކުރަމުން ދިޔަ މަންޒަރު ވަނީ ފެނިފަ އެވެ. ސަރުކާރުގެ ބާރު ދެމެހެއްޓުމަށް ނުކުރާކަށް ކަމެއް ނެތެވެ. އެންމެފަހުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމުން މުޅި ދުސްތޫރީ ނިޒާމް އޮޅުން ބޮޅުންކޮށް، ސަރުކާރަށް ވެސް ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް މިވަނީ ކަންތައްތައް ގޮސްފަ އެވެ.

ސަރުކާރަށް މެޖޯރިޓީ ގެއްލުނީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕީޕީއެމަށް ނިސްބަތްވާ 12 މެމްބަރަކު އެޕާޓީން ވަކިވި ހިސާބުންނެވެ. އެ މެމްބަރުން ޕީޕީއެމުން ވަކިވި ސަބަބުތައް ބައިވަރެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބާރު ހިންގައިގެން ސަރުކާރުން ހިންގަމުން ދިޔަ ޖަރީމާތަކާއި ޕީޕީއެމް އެތެރޭގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސަރުކާރުގެ އިސްވެރިޔާ ރައީސް ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގަމުންދިޔަ ޖަރީމާތަކަކީ ދިވެހި ރައްޔިތުން ތަމްސީލް ކުރާ މެމްބަރެއްގެ ހައިސިއްޔަތު އާނބަސް ބުނެ، ސަރުކާރަށް ސަނާކިޔަން ހުރެވޭވަރުގެ ކަމެއް ނޫނެވެ. ނަމަވެސް ބައެއް މެމްބަރުންގެ ނިގޫ ފިތިފައޮތްލެއް ބޮޑުކަމުން ސަރުކާރުން ބޯދަމައި ނުގަނެވިގެން އުޅޭ މެމްބަރުން ވެސް ވަކި މަދެއް ނޫނެވެ.

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައަކަށް ވެއްޖެ އެވެ. ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމަކީ ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ވަކިން ހާއްސަކޮށް ދައުލަތުގެ ބަންޑާރަ ނައިބަށް "ހާލަތުން ޟަރޫރާ" ހުން ޖެހުން ފަދަ ކަމަކަށް މިވަނީ ވެފައެވެ. ހާއްސަކޮށް، މިނިވަން ކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް ބުނާ އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރުންގެ މައްސަލަ ވެފައި މިވަނީ އެއްގޮތަކަށް ވެސް "ހަޖަމް ނުވި" މައްސަލައަކަށް ވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް ބުނެލަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާއިރު، ގާނޫނުއަސާސީގައާއި ގާނޫނުތަކުގައި ބުނާއެއްޗެއް ވެސް ބަލާލުން ރަނގަޅުވާނެ ކަމަށެވެ.

ޝަރީފް އެވެ. މަނިކުފާނު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އުޅުއްވީ ސަރުކާރަށް ތާއީދު އިތުރު ކުރުމަށާއި ސަރުކާރުން ހިންގާ ޕާޓީ ކަމަށްވާ ޕީޕީއެމަށް މެމްބަރުން އިތުރުކުރަން މުޅި ރާއްޖެއާއި މާލެ ކުޑަކުރަން ނޫންތޯ އެވެ.

ޝަރީފް އެވެ. ގާނޫނުއަސާސީގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާ މެދު ހިލާފެއް އުފެދިއްޖެނަމަ ނުވަތަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މަޖިލީހުގެ 12 މެމްބަރުންގެ މައްސަލާގައި ފާހަގަވާ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. ފުރަތަމަ ކަމަކީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލެވުނުއިރު އެކުލަވާލެވިފައިވަނީ އެ 12 މެމްބަރުންނާއެކު ކަމަށް ވުމެވެ. އެއީ ރާއްޖޭގެ 85 އިދާރާގެ ތެރެއިން 12 ދާއިރާއަކުން، އެދާއިރާގެ ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމެވެ. އެ މެމްބަރުންގެ މެމްބަރުކަން ގެއްލޭފަދަ ހާލަތެއް، ނުވަތަ ގޮނޑި ގެއްލޭ ފަދަ ޝަރުތެއް އުނިވެފައިވާ ކަމަށް ޝަރުއީ އެއްވެސް ކޯޓަކުން ނިންމާފައި ނުވުމެވެ.
ނަމަވެސް މިމައްސަލާގައި އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާއިރު
، ދިވެހި ދައުލަތުގެ އެއްބާރު ކަމަށްވާ އަދި އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގެ ތެރެއިން ވެސް ފަހުބަސް ބުނާ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފަ އެވެ. އެ އަމުރު ނެރެފައި ވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއްވެސް ތަފާތުވި ރައުޔެއް ނެތި "މަށް ދިވެހިބަހުން" ލިޔެފައިވާ އެ އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެމްބަރުންނަކީވެސް މަޖިލިސް މެމްބަރުން ކަމަށެވެ.

ޝަރީފް އެވެ. ސުޕްރީމް ކޯޓުގެ މިއަމުރުގެ މައްޗަށް ބާރު ހިނގާނެ އަމުރެއް އަދި ނެރެފައެއް ނުވެއެވެ. ދެން އެފަދަ އަމުރެއް ނެރެވޭނެ ކަމަކަށް ވެސް ނުދެކެމެވެ. ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިޔަސް އެއީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއެކު ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ އަމުރެކެވެ.

ދެން ކުރެވޭނެހާ ވެސް ކަމަކީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރު ކަމުން ވަކިކުރުމެވެ. ވަކި ކުރުމަށް ފަހު، ދެން ސުޕްރީމް ކޯޓު އަލުން އުއްތަމަ ފަނޑިޔާރާއެކު އެކުލަވާލި ނަމަވެސް އެ އަމުރު މުރާޖައާކުރުމަށް ފަހު ބާޠިލް ކުރުމަކީ މިފަދަ "ހާލަތުއް ޟަރޫރާ"ގެ ހުން ޖެހިފައިވައިވާ ސަރުކާރުތަކަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެއީ އިންސާނާގެ ސިކުނޑި ގަބޫލު ކުރާނެ ކަމެއް ނޫނެވެ.

ޝަރީފް އެވެ. މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާ ބައި-އިލެކްޝަންތައް ބާއްވަން އުޅުއްވިޔަސް އަދި އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މެމްބަރުން "އުޑުގަޖެހިފަ، ބިމުގަ ޖެހުނަސް" މެމްބަރުންގެ ގޮނޑިއެއް ނުގެއްލެ އެވެ. ގަބޫލު ނުކުރެވެންޏާ މިހާރުވެސް ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި މިއަހަރުގެ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއެކު އެކޯޓުގެ ހުރިހާ ފަނޑިޔާރުން ނެރެފައިވާ އަމުރެއް އޮންނާނެ އެވެ، އެ އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާމެދު އެ ކޯޓުން ނިންމާފައިވާ ނިންމުން ކިޔާލާށެވެ. އެވަރުން ސާފު ނުވެއްޖެ ނަމަ، ދެން ކުރާނެ ކަމެއް ނެތެވެ. މަގާމުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ކަމެއް ގުރުބާން ކުރުން ބުއްދިވެރިއެއް ނޫނެވެ. މިއަދަކީ ވެސް ދުވަހެކެވެ. ނަމަވެސް އަންނައޮތް ދުވަސްތައް މަތިން ވެސް ހަދާން ކޮށްލުން ބުއްދިވެރި ނޫންތޯއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް