21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

މައުމޫން

ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު

އާލާ އިބުރާހިމް | aalu_aala

| 8 ޖެނުއަރީ 2017 | އާދީއްތަ 17:23 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ޝާހިދް ކަޕޫރުގެ ދެމަފިރިން އަދި ދަރިފުޅު މިޝާ -- ގޫގުލް

ފޮޓޯގްރާފަރުންނާއި މީޑިއާއަށް ނިސްބަތްވާ ފަރާތްތަކުންގެ ޢަމަލުތަކުގެ ސަބަބުން ދަރިފުޅަށް އަސަރުކުރާ ކަމަށް ބުނެ ޝާހިދް ކަޕޫރު މީޑިއާއާ ދެކޮޅަށް އަޑުއުފުލައިފިއެވެ.

 

ޝާހިދް ކަޕޫރަކީ ދަރިފުޅުގެ ކަންކަމުގައި ފަރުވާތެރި އަދި އެހާމެ "ޕްރޮޓެކްޓިވް" ބައްޕައެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ބައްޕައަކާއި އަންހެން ދަރިފުޅާ ދެމެދު އޮންނަ ގުޅުން ވަކިން ޚާއްޞަވެގެންދާ މައިގަނޑު ސަބަބަކީ ވެސް މިއީއެވެ. ދާދިފަހުން "ކޮފީ ވިތު ކަރަން" ގައި މެހެމާނެއްގެ ގޮތުން ބައިވެރިވި ޝާހިދް ވަނީ އޭނާގެ ދަރިފުޅު މިޝާ އާއި އެއްވެސް މީހެއްގެ ކައިވެނި ނުކޮށްދޭނެ ކަމަށް ބުނެ "ތްރެޓް" ކޮށްފައެވެ. އެއީ އޭނާ މަޖަލަކަށް ބުނި ވާހަކައެއް ނަމަވެސް، އެވާހަކައިން ވެސް އޭނާ މިޝާއާ ދޭތެރޭ ގެންގުޅޭ "ޕްރޮޓެކްޓިވް" ގޮތް ސާބިތުވެގެން ދިޔައެވެ.

 

މިޝާ އުފަންވީ ފަހުން ފާއިތުވި ދުވަސްތަކުގައި ޝާހިދު އާއި އަންހެނުން މީރާ ވަނީ ތަންކޮޅެއް ގިނައިން އެއާޕޯޓުން ފެނިފައެވެ. އަދި ފޮޓޯ ޖާނަލިސްޓުންގެ ކެމެރާތަކަށް ދަރިފުޅު ފޮރުވަން މަސައްކަތްކުރި ނަމަވެސް، އެކަންވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެހެންނަމަވެސް، ދަރިފުޅުގެ މޫނު މިހާތަނަށް އެއްވެސް ކެމެރާއަކަށް އަރާފައެއް ނުވެއެވެ. ނޫސްވެރިން ނަގާފައިވާ އެފަދަ ބައެއް ފޮޓޯތަކަށް ބަލާލުމުން ޝާހިދު އޭނާގެ ދަރިފުޅު ޢާއްމުކޮށް ދައްކަން އަދި ބޭނުން ނުވާކަން ވަނީ ހާމަވެގެން ގޮސްފައެވެ.

 

އެހެންނަމަވެސް، ދާދި ފަހުން ޝާހިދާއި މީރާ ޗުއްޓީ ދަތުރެއް ނިންމާލުމަށް ފަހު އެނބުރި އައިސް އެއާޕޯޓަށް ފޭބުމުން ބައެއް ނޫސްވެރިން ތަންކޮޅެއް ކައިރިއަށް އައިސް ފޮޓޯ ނެގި ކަމަށް ޚަބަރުތަކުގައި ވެއެވެ. ކެމެރާތަކުން ފްލޭޝްވާ ކަން ހަނދާން ނައްތާލުމަށް ފަހު އެހާ ކައިރިން ދަރިފުޅުގެ ފޮޓޯ ނެގި މައްސަލަ ޝާހިދު ވަނީ ކުށްވެރިކޮށް އެފަރާތްތަކަށް ބަހުގެ ޙަމަލާތައް ރައްދުކޮށްފައެވެ. ޝާހިދު ވަނީ އެމީހުންގެ ޕްރައިވެސީ އެއްކޮށް ގެއްލުވާލުމުގެ އިތުރުން މީޑިއާގައި މަސައްކަތްކުރާ ފޮޓޯ ޖާނަލިސްޓުން ދަރިފުޅުގެ ލޮލާ މާ ކައިރިން ފްލޭޝް ކުރި ކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

 

އެއާޕޯޓުގައި އެ ޙާދިސާ ހިނގި ވަގުތު ޝާހިދު ޢަމަލު ކުރި ގޮތް ހާމަވެފައި ނެތް ނަމަވެސް، އޭނާގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް ޝާހިދް ވަނީ ފޮޓޯގްރާފަރުންނަށް ފިލާވަޅެއް ދިނުމަށް ކަމަށް ބުނެ ވަރުގަދައަށް ބަހުގެ ޙަމަލާތައް އަމާޒުކޮށްފައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް