13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މަގޭ ރިޕޯޓް

ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

  • އެ ކޯޓުން ބައެއް އަމުރުތައް ނެރުއްވާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަކަށް ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވި
  • މައްސަލަތައް ނިންމާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަށްކަމަށް ގާޒީ މުހައްމަދު ހަލީމް ވިދާޅުވި
  • ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވެއޭ ވިދާޅުވުމުން ބައެއް މައްސަލަތައް ނިންމާފައިވޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 3 މެއި 2018 | ބުރާސްފަތި 02:50 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އާދަމް އާރިފް - އެ ކޯޓުން ބައެއް އަމުރުތައް ނެރުއްވާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަކަށް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ : މުހައްމަދު ޝަރުހާން

ނިމުނު ދެ ދުވަހެއްގައި އެންމެ ބާރަށް ދެކެވުނީ ލީކުވި ބަޔާންތަކުގެ ވާހަކަ އެވެ. ފުލުހުންގެ ތަހުޤީޤަށް ބައެއް ގާޒީންނާއި، ފުލުހުންގެ ވެރިން ދެއްވާފައިވާ އެ ބަޔާންތަކުގެ މަޤްސަދަކަށްވެފައި އޮތީ ސަރުކާރުން ހިތާ ނުވާ ދެ ފަނޑިޔާރަކާއި، ބައެއް ބޭފުޅުުންތަކުގެ މައްޗަށް ހުކުމްކުރުން ކަމަށްވެދާނެެ އެވެ. 

ކޮންްމެއަކަސް އެ ބަޔާންތަކުގައިވާ ވާހަކަތަކާއިމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް މިއަދަކު ނެތެވެ. އެހެނީ ފުލުހުންގެ އިދާރާއިން ވަނީ އެ ބަޔާންތަކުގައިވާ ވާހަކައަކީ ސައްހަ ވާހަކަތަކެއްކަން ހާމަކޮށްފަ އެވެ. އަދި އެއީ ތެދު، އަދި އެ ބޭފުޅުން އަމިއްލަ އިހުތިޔާރުގައި ދެއްވާފައިވާ ބަޔާނެއްކަން ހާމަކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް، ހުވާކުުރުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ: ސަން.އެމްވީ

ފުލުހުން ހިންގި ތަހުގީގަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ފެބުރުއަރީ 1 ވަނަ ދުވަހާއި ހަމައަށް އެ ކޯޓުން ބައެއް އަމުރުތައް ނެރުއްވާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަކަށް ކަމަށެވެ. ގާޒީ އާދަމް އާރިފަކީ، ދަންވަރުގައި ކޯޓު ހުޅުވައި ޝަރީއަތްތައް ކުރިއަށްގެންގޮސް، ނުވިތާކަށް އައިޖީއެމްޗުގައިި އެދުމަތިކުރެވިފައިވަނިިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް ހުކުމްކުރެއްވި ގާޒީ އެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީީމް - ބައެއް މައްސަލަތައް ނންމާފައިވަނީ އެހެން ފަރާތަކުން ވިދާޅުވާގޮތަށް ކަމަށް އޭނާގެ ބަޔާނުގައި ވިދާޅުވެފައިވޭ -- ފޮޓޯ: ވީނިއުސް

ދެން ހުންނެވީ ސިވިލް ކޯޓްގެ ގާޒީ، މުހައްމަދު ހަލީމް އެވެ. ގާޒީ މުހައްމަދު ހަލީމް، ފުލުހުންގެ ތަހުގީގަށް ދެއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި "ހަވީރު" ނޫހުގެ މުވައްޒަފުންގެ މައްސަލަ އާއި ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލައަކާއި ވިލާ ގްރޫޕުގެ ބައެއް މައްސަލަތައް ނިންމާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަށެވެ.

ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓުގެ ދެ ގާޒީންގެ އަމިއްލަ އިއުތިރާފާއެކުގައި އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. އެ ގާޒީންގެ އަދުލުވެރިކަމާއި، އިންސާފުވެރިކަން ހުރި މިންވަރު އަމިއްލަ އިއުތިރާފުން އެ ވަނީ ހާމަވެފަ އެވެ. މިއިން ގާޒީއަކު ޤާނޫނު އަސާސީ އަދި ކިޔެއްތަ ފަނޑިޔާރުންގެ ޤާނޫނު ވެސް އެއްވެސް މިންވަރަކަށް ވިދާޅުވެފައިނުވަނީތޯއްޗެކެވެ. އެހެނީ އެއިން އެއްޗެއް ވިދާޅުވެފައިވާނަމަ، ހުކުމްތައް ކުރައްވަނީ ވަކި މީހަކު ބުނެގެންކަމަށް ވިދާޅެއް ނުވާނެ އެވެ. އެއީ ފަނޑިޔާރެއްގެ ގައިގައި ހުރުން ލާޒިމްވާ އެންމެ އަސާސީ ސިފަތަކާއި ހިލާފް ކަމަކަށްވާތީ އެވެ. 

ޤާނޫނު އަސާސީގެ 142 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެކަން ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބުނެފައިވަނީ ފަނޑިޔާރުންނަކީ މުސްތަޤީލް ބައެއް ކަމަށެވެ. އަދި ފަނޑިޔާރުން އަމަލު ކުރަންޖެހޭނީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކަމަށާއި، ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ވަކިގޮތަކަށް ކަނޑއަޅާފައިނުވާކަންކަމުގައި ނިންމުންތައް ނިންމަންޖެހޭނީ އިސްލާމީ ޝަރީއަތުގައިވާގޮތަށް ކަމަށް އެ މާއްދާގައި ބުުނެފައިވެއެވެ. އޭގެއިތުރުން ފަަނޑިޔާރުން ނިންމުންތައް ނިންމަންޖެހޭނީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ތައައްސަބުން އެއްކިބާވެ ތިބެ ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. 

ޤާނޫނު އަސާސީގައި އޮތް އެެއްޗެއް އެނގިވަޑައިނުގެންނެވިތާނގާއި، އިސްލާމީ ޝަރީއަތުގައި އަދުލު އިންސާފަށް ހުކުމްކުރުމަށް ގާޒީންނަށް ބާރުއަޅުއްވާފައިވާ މިންވަރު ވެސް ހަނދާނުގައި ނެތީކަމަށްވެދާނެ އެވެ. އިސްލާމްް ދީނުގައިވާ އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި އަދުލު އިންސާފު ޤާއިމްކުރުން ހިމެނެ އެވެ. އަދުލަށް ހުކުމްކުރުމަށް އިސްލާމްދީނުގައި ގާޒީންނަށް ވަރަށް ވެސް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. އެހެނީ މުޖުތަމައުގެ ސުލްހަ މަސަލަސްކަން ގާއިމް ކުރެވޭނީ ވެސް އަދުލު އިންސާފު އެ ބިމެއްގައި ގާއިމް ވެގެން ކަމަށްވާތީ އެވެ. 

އަދުލެއް އިންސާފެއް ނެތް ތަނެއްގައި، ހަމަޖެހުމެއް ނޯންނާނެ އެވެ. އެ ތަނެއްގައި އޮންނާނީ ހަމަނުޖެހުމާއި ތަޅާފޮޅުމެވެ. 

ފަހަރުގައި އެ ގާޒީންނަށް އެއީ ވަރަށް މޮޅަށްކުރެވިފައި އޮތްކަމެއްކަމަށް ހީވެފައިއޮވެދާނެ އެވެ. ނަމަވެސް ހަޤީޤަތުގައި އެ ގާޒީންގެ ކުރައްވާފައިއެވަނީ ވަރަށް ވެސް ހަޑިމުޑުދާރު އަދި އެހާމެ ލަދުވެތި ކަންތައްތަކެއް ކަމަށް ބެލިދާނެއެވެ. 

މައްސަލަތަކުގައި ހުކުމް ކުރައްވާގޮތްް ހާމަކޮށް، ގާޒީން ދެއްވި ބަޔާންތައް ލީކްވުމާއެކު، އެ ބަޔާންތަކަކީ ސައްހަ ބަޔާންތަކެއްކަން ހާމަކޮށް، ފުލުހުންގެ ތަރުޖަމާން އަހުމަދު ސިފާން ވިދާޅުވެފައިވަނީ ބަޔާންތައް ލީކްކޮށްލި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅާނެ ކަމަށެވެ.

ޝިފާން އެވެ. ބަޔާންތައް ލީކްކޮށްލި މީހުންނަށް ފިޔަވަޅު އެޅުމުގެ ކުރިން، ސީރިއަސް ގޮތެއްގައި ބަލައި، ފިޔަވަޅު އަޅަންވީ ގާޒީންނަށެވެ. ހުކުމްތައް ކުރައްވަނީ ވަކި މީހަކު އެދޭގޮތަށް ކަމަށް ވިދާޅުވި ގާޒީންނަށެވެ. އަދުލެއް، އިންސާފެއް ނުދަންނަ ގާޒީންނަށެވެ. 

ފުރަތަމަ ކަމަކަށް ޝަރުތު ގެއްލިފައިވާ އެ ގާޒީން ފަނޑިޔާރުގެތަކުން ނެރެ، ސާފުކުރަންޖެހެ އެވެ. އެހެން ނޫން ކަމުގައިވާނަމަ ލީކްކޮށްލި މީހުން ހޯދައި، އެ ގާޒީންގެ ކުރިމައްޗަށް ގެންދިޔަ ނަމަވެސް ލިބޭނެ އިންސާފެއް އަދުލެއް ނޯންްނާނެ އެވެ. މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބޭނެ އެވެ. ޤައުމު އަމާންތަނަކަށް ވެސް ނުހެދޭނެ އެވެ. 

ދެންއޮތީ، އަރުއްވާ ވަޑައިގަންނަވާ ކޮންމެ ޕޯޑިއަމްއެއްގައި ތިމަންމަނިކުފާނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާކަމަށް ވިދާޅުވާ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ އެވެ. ލީކްވެފައިވާ ބަޔާންތަކުން އެނގޭގޮތުގައި، މައްސަލަތައް ނިންމުމުގައި ރައީސް އެދޭގޮތަށް އަމަލުކުރުމަށް ގާޒީން ނިންމަވާފައިވެއެވެ. އަދި ބައެއް ހުކުމްތައް ނެރުއްވާފައިވަނީ ރައީސް އެގޮތަށް ބޭނުންވެއޭ ފަނޑިޔާރުންގެ ގާތުގައި ވިދާޅުވެގެން ކަމަށް ގާޒީން ވިދާޅުވެފައިވެއެވެ. 

ރައީސް އަބްދުﷲ ޔާމީނެވެ. ތިމަންމަނިކުފާނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމަށް އަބަދުމެ ވިދާޅުވާއިރު، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އަދުލު އިންސާފު ޤާއިމްވެފައި އޮތްކަން ކަށަވަރު ކުރުމެވެ. މަނިކުފާނެއްކަމަކު، ގާޒީންގެ ނިންމެވުންތައް ވަކިގޮތަށް ނިންމަވަން އެދުމުގެ އެއްވެސްް އިހުތިޔާރެއް، އަދި ބާރެއް ނޯންނާނެ އެވެ. 

ކޮންމެއަކަސްް އެ ފަނޑިޔާރުން ދައްކަވާފައިހުރި ވާހަކަތަކަކީ މަނިކުފާނަށް އެނގިވަޑައިނުގެން ދައްކަވާފައި ހުރި ވާހަކަތަކަށް ވެދާނެ އެވެ. އެހެންކަމުގައިވާނަމަ، ކެރިވަޑައިގެން އަދުލުން ބޭރުގައި ހުކުމްތައް ނެރުއްވާކަމަށް ވިދާޅުވެ ބަޔާްން ދެއްވި ގާޒީން ފަނޑިޔާރު ގެތަކުުން ބޭރު ކުރައްވާށެވެ. އެހެން ނޫންކަމުގައިވާނަމަ، އިންސާފުން ބޭރުގައި އެ ގާޒީން ކުރެއްވި ކަންކަމުގައި މަނިކުފާނުގެ ޝާމިލްވުން އޮތް ކަމަށް ރައްޔިތުންނަށް ގަބޫލުކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަނާ

6 މަސް ކުރިން

ޝައިތޯނާވެސް އެދުވަހުން ބުނާނެ ތިމަންނަ އެއްވެސް ކަމެއް ނުކުރަމޭ އެމީހުން އަމިއްލަށޭ ހުރިހާ ނުބާކަމެއް ކުރީ މިރައީސްވެސް ބުނާނެ އެދުވަހުން ހަމަ އެހެން

2
0