21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

މައުމޫން

"ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް

އާލާ އިބުރާހިމް | aalu_aala

| 8 ޖެނުއަރީ 2017 | އާދީއްތަ 17:20 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ފިލްމު "ރަންގޫން" ގެ ޕޯސްޓަރެއް -- ގޫގުލް

އަންނަ ފެބްރުއަރީ މަހު ރިލީޒްކުރުމަށް ރާވާފައިވާ ފިލްމު "ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ ރިލީޒްކޮށްފިއެވެ.

 

ސާޖިދް ނަޑިއަޑްވާލާ ޕްރޮޑިއުސްކޮށް ވިޝާލް ބަރްދްވާޖް ޑައިރެކްޓްކޮށްފައިވާ ފިލްމު "ރަންގޫން" ގެ ޓްރެއިލާ ރިލީޒްކުރިތާ އެއްދުވަސްތެރޭގައި ނުވަ މިލިއަނާ ގާތްކުރާ ޢަދަދަކަށް މީހުން ވަނީ މި ޓްރެއިލާ ބަލާފައެވެ.

 

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިނގި ޙާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ރޮމޭންޓިކް ޑްރާމާ ފިލްމް "ރަންގޫން" ގައި ލީޑް ރޯލުން ޝާހިދް ކަޕޫރާއި ސައިފް އަލީ ޚާންގެ އިތުރުން ކަންގަނާ ރަނައުޓް ފެނިގެންދާއިރު، މިފިލްމުގެ ޓްރެއިލަރ ރިލީޒްކުރުމާ އެކު ލިބުނު ތަރުޙީބާ ގުޅިގެން ފިލްމުގެ ޓީމުން ވަނީ އެކަން ފާހަގަކޮށްފައެވެ. އެގޮތުން ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕޫތްއާއެކު ފިލްމުގެ ޑައިރެކްޓަރު ވިޝާލް ބަރްދްވަރްޖްގެ ދެމަފިރިން ޕާޓީއެއް ބާއްވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މި ޕާޓީގައި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ދެމަފިރިން ވެސް ބައިވެރިވި ކަމަށް ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް، ސައިފް އާއި ކަންގަނާއަށް ޕާޓީގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފައެވެ.

 

ތިނެސްކަން ލޯބީގެ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް