25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރާއްޖޭގެ ސިއްހީ ޚިދުމަތް

ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

 • ސިއްހީ ޚިދުމަތް ދުވަހަކަށްވުރެ ދުވަހެއް ދަށަށް
 • އިމާރާތްތައް އުސްވިޔަސް ޚިދުމަތް ރަނގަޅުވާނެ ކަމެއް ނޭނގެ
 • ސިއްހީ ދާއިރާގައިވެސް އޮތީ ކޮރަޕްޝަން
ސިމާހާ ނަސީމް | sim_kamana

| 2 މެއި 2018 | ބުދަ 23:07 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 6. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


އައިޖީއެމްއެޗް އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ސަރުކާރުން އަބަދުވެސް ވަރަށް ފަހުރުވެރިކަމާއެކު ބުނަމުން ގެންދަނީ އެއްވާހަކައެކެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުން ދިވެހިރާއްޖެއަށް ގެނެސްފައިވާ ބޮޑެތި ބިޔަ މަޝްރޫއުތަކުގެ ވާހަކައެވެ. އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް އައި ތަރައްޤީގެ ވާހަކައެވެ. އަދި އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެ ތަރައްޤީވެގެން ގޮސް ސިންގަޕޫރު، ޓޯކިޔާ، ސުވިޒަލޭންޑް ފަދަ ބޮޑެތި މުއްސަނދި ޤައުމުތަކާއި ސިޓީތަކާއި އެއްފެންވަރަކަށް ރާއްޖެ ދުވަސްކޮޅަކުންވެގެންދާނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިސް ވަޒީރުން ވަނީ އެކި ޖަލްސާތަކުގައި އާއި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި ސަރުކާރުން އަޑުން އަޑު ނަގާފައި ދައްކަމުންގެންދާ ވާހަކައަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ވާހަކައާ ބްރިޖްގެ ވާހަކައާ ޓްރީޓޮޕް ހޮސްޕިޓަލްގެ ވާހަކައެވެ. އެފަދަ ބޮޑެތި މަޝްރުއޫތައް ނިމުމުން ދިވެހިންގެ ދިރިއުޅުމަށް ހީވެސް ނުކުރާފަދަ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ މިފަދަ ކޮންކްރީޓް އިމާރާތްތައް ކިތަންމެ ވަރަކަށް އެޅިޔަސް އެތަނުންދޭ ހިދުމަތް ރަނގަޅުނުވާ ކަމުގައިވާނަމަ އެކަމުން ރައްޔިތުންނަށް ލިބޭނެ ފަސޭހައެއް ނެތްކަމެވެ.

ސަރުކާރުން ބޮޑެތި ހޮސްޕިޓަލްތަކާއި ބްރިޖްތައް އަޅާ ވާހަކަ ދައްކާއިރު، އެތަން ތަނުން ރައްޔިތުންނަށް ވާ ފަސޭހައަކީ ކޮބައިހެއްޔެވެ؟ ޓްރީޓޮޕް ހޮސްޕިޓަލް އެޅިޔަސް، އެތަނަށް ދާން އަތޮޅުތެރޭގެ ރައްޔިތުންނަށް ދަތުރުފަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް އެބަ އޮތް ހެއްޔެވެ؟ ޑޮކްޓަރަށް ދައްކަން މާލެ އައިސް، ހެޔޮ އަގެއްގައި ތިބެވޭނެ ގޮތެއް ނެތެވެ.

މާލޭގައި އަޅާ 25 ބުރީގެ ހޮސްޕިޓަލް އެޅިޔަސް، އެތަން އެޅީމޭ ބުނުން ފިޔަވައި ސަރުކާރަށް ދެން ކުރެވޭނީ ކީއްހެއްޔެވެ؟ ޖެހިގެން ހުރި އައިޖީއެމްއެޗްގައި މިހާރުވެސް ދޭ ޚިދުމަތްތައް އެހެރީ ބޮއްސުން ލާފައެވެ. ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓެއް ލިބެނީ އެތައް ޒަމާނަކުންނެވެ. މީސްމީހުން މަރުވާފަހުން އެމީހުންނަށް ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހަމަޖެހުނު ކަމަށް އާއިލާ މެމްބަރުންނަށް މެސެޖް ލިބުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ.

ސިއްހީ ޚިދުމަތުގެ މުޅި ނިޒާމް ރާއްޖޭގައި ވަނީ ގަޑުބަޑުވެފައެވެ. އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ރާއްޖޭގައި އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ޤާއިމްކޮށް، އެ ނިޒާމް ރަނގަޅަށް ހިނގައި ނުގަންނަނީސް އެސަރުކާރު ވަނީ ވައްޓާލާފައެވެ. އޭގެ ފަހުގައި އައި ސަރުކާރުތަކުން މުޅި ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިދާ ނެގުން ފިޔަވައި ކުރި އިތުރު މާބޮޑު ކަމެއް ނެތެވެ. އުސް އިމާރާތްތައް އެޅިޔަސް، އެތަންތަނަށް ޚިދުމަތް ހޯދަން އަންނަ މީހުންނަށް އަތްފޯރާ އަގެއްގައި ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ނެތިއްޔާ ކީއްކުރާ އުސް އިމާރާތްތަކެއް ހެއްޔެވެ؟

އަގު ބޮޑެތި، ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް މިރާއްޖޭގައި ދެވޭނީ އާސަންދަ އިތުރަށް ހަރުދަނާ ކޮށްގެންނެވެ. ނަމެއްގައި ހުސްނުވާ އާސަންދައޭ ނުކިޔާ، ހަމަހަގީގަތުގައިވެސް ހުސްނުވާ އާސަންދައެއް ރައްޔިތުންނަށް ފޯރުކޮށްދީގެންނެވެ. ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ދިނުމަކީ އަގު ބޮޑު ކަމެކެވެ. އެއީ އެންމެން ދަންނަ ހަގީގަތެކެވެ. އެހެން ނަމަވެސް މާލޭގައި ދިރިއުޅޭ ސަރުކާރު މުވައްޒަފަކަށް ގޭގެ ކުއްޔާއި ބިލްތަކާއި، ދަރިންގެ ޚަރަދުތައް ބަލަހައްޓާފައި އަގުބޮޑު ސިއްހީ ޚިދުމަތް ހޯދޭކަށް ނޯވެއެވެ. ބޭސް ސިޓީއަށް ސަލާން ޖެހުމުގެ އާދަ ދިވެހިންގެ ތެރޭގައި އަށަގަތީ މި ސަބަބާއި ހުރެއެވެ. ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެންނާނެ ކަމަށް އެމްޑީޕީއިން ވައުދުވި ސަބަބަކީވެސް އެއީއެވެ. މަދަނަ އާއި އާސަންދައިގެ ޚިދުމަތް ފަށައި، ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭން ފެށީ އެސަބަބަށްޓަކައެވެ.

ސަރުކާރުން ކުރަންވީ ކަމަކީ އުސް އިމާރާތްތަކެއް އެޅުމެއް ނޫނެވެ. ސިއްހީ ޚިދުމަތް އަތް ފޯރާ އަގެއްގައި ފޯރުކޮށްދިނުމާއި، ފުރިހަމަ ޚިދުމަތެއް ދިނުމެވެ. އުސް އިމާރާތަކުން ދިވެހިން ފުއްދާނެ ބޭނުމެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތެދެެއް

12 މަސް ކުރިން

ފޯނަށް އެޕް އަޅައިގެން ކާޑިޔޯ ކޮންމެ ޑޮކްޓަރަކަށް ނަމަވެސް ދެއްކޭތޯ އުޅޭތާ މިވީ ތިން މަސް!!!! އެޕުން ދައްކާ ކިޔޫ ނަންބަރަށް ބެލީމާ ކިތަންމެ ޑޮކްޓަރުންނެއް ތިއްބަސް ގިނައިން ދަނީ ކިޔޫނަންބަރު ގުޑަވެސް ނުލާ ހުންނަ ދުވަސް! އެވާ ގޮތެއް ނޭނގޭ. މީތެދެއް ކަމަށް ގަބޫލު ނުކުރާ މީހުން އައިޖީއެމްއެޗް އެޕް ފޯނަށް އަޅައިގެން އަމިއްލަޔަށް ތަޖުރިބާކުރަން ގޮންޖަހާފައި ބުނަން! މިކޮމެންޓު ޖަހާލަ ދެއްޗެ. އެއީ މީ ޗެލެނެޖަކަށް ވާތީ. ތެދަކަށް ވާތީ.

1
1