23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޑރ. ޝައިނީ

ދަލު ބޭރުން ޖެހުމަކީ ޑރ. ޝައިނީގެ އާދަޔަކީތަ؟

  • އެމަނިކުފާނު މަސައްކަތްކުރައްވާކަމަށް ފެންނަނީ މުޅިންވެސް ސިޔާސީ ލީޑަރުންނާއި ޖަދަލު ކުރައްވަމުން
  • ަމަސްވެރިކަމުގެ ސިނާއަތަށް މިނިސްޓަރު އިހުމާލުވެފައިވާކަމަށް ގިނަ ބަޔަކު ބުނޭ
އަމިނަތް ނުޒުހާ | nuzu8121

| 2 މެއި 2018 | ބުދަ 18:34 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މިނިސްޓަރު ޝައިނީ މަސްވެރިންނާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިން -- ޓްވިޓަރ

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއަކީ މިސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރުކަމަށް ދައުވާ ކުރައްވާ ވަޒީރެކެވެ. އަމިއްލަފުޅަށް ތިމަން މަނިކުފާނަކީ އޯލް ޕާޓީ ޓޯކްސްގެ ޗެއަރކަމަށް ވިދާޅުވެ، އުޅުއްވާ ގޮތުން ހީވަނީ އެމަނިކުފާނުގެ މަޤާމު ރައްޔިތުން ހަނދާން ނެތިދާނެތީ އުޅުއްވާހެންނެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެމަނިކުފާނަށް ދެއްވި އެންމެ ފުރަތަމަ މަޤާމަކީ އެއީތޯއެވެ؟ ރައްޔިތުންގެ ފައިސާއިން އެމަނިކުފާނަށް މުސާރަ ދެނީ އޯލް ޕާޓީ ޓޯކްސްގެ ޗެއަރއަކަށްވެ، ސިޔާސީ ގޮތުން ބޭބޭފުޅުންނަށް ރައްދު ދެއްވަންތޯއެވެ؟

ޑރ. ޝައިނީ އަކީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޕޯޓްފޯލިއޯއާއި ހަވާލުވެފައިވާ ވަޒީރެވެ. އޯލްޕާޓީ ޓޯކްސްގެ ޗެއަރއަށް ވުމުގެ ކުރިން ޝައިނީއަކީ ކެބިނެޓް ވަޒީރެކެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވަގުތު ގިނައިން ހޭދަކުރައްވަނީ މިނިސްޓްރީގެ މަސައްކަތަށް ވުރެ ބޮޑަށް ރައީސް އޮފީހުގައި ސިޔާސީ މަސައްކަތުގައި ކަމަށް އެތަނުގައި އުޅޭ މީހުން ބުނަނީ މަދެއް ކޮށެއް ނޫނެވެ. ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ މަސައްކަތް ދަށް، އަދި ސަރުކާރަށް އެންމެ ބޮޑު 'އުނދަގުލަކަށް' ވެފައިވަނީ ފިޝަރީޒް މިނިސްޓްރީ ކަމަށް ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުން ވިދާޅުވަނީ މަދެއް ކޮށެއް ނޫނެވެ.

ރައީސް ޔާމީނާއި ފިޝަރީޒް މިނިސްޓަރ ޝައިނީ ވަނީ ދިވެހިން މަސްވެރިންނަށް އެތައް ވައުދެއްވެ، އެތައް ހުވަފެނެއް ދައްކައި، މަސްވެރިންނަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލުމުގެ ތުހުމަތު ކުރެވިފައެވެ. ބެޔަސް ނުބެޔަސް 10 ހާސް ރުފިޔާ މަސްވެރިންނަށް ދެއްވާނެ ކަމަށް ދެބޭފުޅުން ވިދާޅުވިއިރު، މިއަދު ދެބޭފުޅުންނަށް ވެސް އެކަމާއި ބެހޭ ގޮތުން ވިދާޅުވެވޭ ނުވެވޭ އެއްޗެއް އެނގިވަޑައެއް ނުގަނެއެވެ.

މަސްވެރިންނަށް އަޅާ ނުލައްވާތީއާއި، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރެއްވުމުގައި ޑރ. ޝައިނީ ފެއިލްވެވަޑައިގެންފައި ހުންނެވި މިންވަރު، މަސްވެރިން އެމަނިކުފާނަށް އެ ދޭ މެސެޖްތަކުން ސާފުވެއެވެ. މިދިޔަ އަހަރު ޝައިނީ އއ. ރަސްދޫއަށް ވަޑައިގަތުމުން، އެރަށުގެ މަސްވެރިޔަކު ފޯމުފުރާފުރާ ގަނޑު ހުސްވެއްޖެ ކަމަށް ޝަކުވާކުރި ވީޑިއޯ އާއްމުވެގެން ދިޔުމުން، މަސްވެރިންނާއި ވަޒީރާއި އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަވެއެވެ.

މި ސަރުކާރަކީ ރާއްޖެއިން ތެޔޮ ނަގާނެ ކަމަށް ވައުދުވެގެން އައި ސަރުކާރެކެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމުތަކުގެ މުއްސަނދިކަން ފެނި، އެފަދަ ޤައުމަކަށް ރާއްޖެ ވެދާނެކަމުގެ އުއްމީދުގައި މިސަރުކާރަށް ވޯޓު ދިން މީހުން މަދެއް ނޫނެވެ. ތެޔޮ ހޯދަން އައިކަމަށް ބުނާ ބަޔަކާއި ބޭރު ޤައުމެއްގައި ބައްދަލުކުރެއްވުމަށް ފަހު ޝައިނީ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަފުޅަކު، ހަމަ ދެންމެ ދެންމެ ރާއްޖެއިން ތެޔޮ ނަގައި، ތެޔޮ ލީޓަރެއް ރުފިޔާއަކަށް ލިބިދާނެހެން ވެސް ހީވިއެވެ. އެކަންވެސް ކުރެއްވީ އިގްތިސާދީ ވަޒީރު ހުންނެވިތާ ހުންނަވަނިކޮން އަމިލަފުޅުން ދަލުބޭރުން ޖެހިވަޑައިގެންނެވެ. ރައްޔިތުންނަށް އޮޅުވާލާ އިގްތިސާދު ކުރިއަރުވަން ރާއްޖެއިން ތެޔޮހޯދަން ގެނައި ބޯޓަކީ ދެކުނު އޭޝިޔާގެ މޫސުމާއި ބެހޭ ދިރާސާއެއް ކުރަން އައި ބޯޓެއްކަން ފަޅާއެރުމުން އެކަން ބިލާހަކަށްވެ ނިމިއްޖެއެވެ. އެވައުދުވެސް ނުފުއްދި ޝައިނީ ފެއިލްވެވަޑައިގަތީއެވެ.

މިނިސްޓަރ ޝައިނީއެވެ. މަނިކުފާނަށް ދެއްވާފައި އޮތް މެންޑޭޓަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއެވެ. އެދާއިރާ ތަރައްޤީކުރައްވާށެވެ. ދަނޑުވެރިންނާއި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވާށެވެ. ރައީސް ޔާމީން މަނިފާނަށް މަޤާމެއް ދެއްވާފައި، ދެއްވުނީ ކޮން މަޤާމެއްކަން ހަނދުމަފުޅު ނެތަސް، މަނިކުފާނު ރައީސް ޔާމީން ހިންގަވާ މަގުން ނުހިންގަވާށެވެ.

މަސްވެރިންނާއި ދަނޑުވެރިން މަތިން ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ހަނދުމަފުޅު ނެތިފައި ހުންނެވި މިންވަރު އެމަނިކުފާނުގެ ފޮޓޯތަކުން ފެނެއެވެ. މަސްވެރިޔަކާއިއެކު، ނުވަތަ ދަނޑުވެރިޔަކާއިއެކު ފޮޓޯއެއް ނަންގަވާލައްވާ ކަމަށް ނުކެރެއެވެ. ރައީސް ޔާމީންއާއި އެކު، ނުވަތަ ސަރުކާރުގެ އިސްވެރިޔަކާއިއެކު ފޮޓޯއެއް ނެންގެވުން ފިޔަވައި ދެން މުޅިންވެސް ފެންނަނީ 'ޒުވާނުން'ނާއިއެކު ފޮޓޯ ނަންގަވާތަނެވެ. ކުޅިވަރާއި ޒުވާނުންގެ ކަންތައްތައް ބަލަހައްޓަން ވަކި ވަޒީރަކު ހުންނަވައެވެ. އެކަމަނާ އެކަން ކުރައްވާނެއެވެ. މިނިސްޓަރ ޝައިނީ ވަޑައިގެން މަސްވެރިޔަކާއި ނުވަތަ ދަނޑުވެރިޔަކާއިއެކު ފޮޓޯއެއް ނެންގެވިއްޔާ ކީއްތޯއެވެ؟ ރައީސް ޔާމީންވެސް ހަމައެކަނި މަތީފަންތީގެ ބޭބޭފުޅުންނާއި އެކު އުޅުއްވައި، ފޮޓޯ ނެންގެވިނަމަވެސް، މިނިސްޓަރ ޝައިނީ އަކީ ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރުގެ ގޮތުގައި ބަލާ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ހުންނެވި ވަޒީރެވެ. ފިނިކުރި އޮފީހުގައި ވެލާނާގޭގައި ނުވަތަ ރައީސް އޮފީސްތެރޭގައި ހުންނަވައިގެން މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެއް ނޭރުވޭނެއެވެ.

މިނިސްޓަރ ޝައިނީ އެމަނިކުފާނާއި ހަވާލުކުރެއްވި މަސައްކަތް ނުކުރައްވައި، މާބޮޑަށް ސިޔާސީ މަސައްކަތުގައި އުޅުއްވަނީ ކީއްވެތޯ ބައެއް ފަރާތްތަކާއި ސުވާލުކޮށްލީމެވެ. ލިބުނު ޖަވާބުތަކުން މަންޒަރު ތަންކޮޅެއް ސާފުވިއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރެވުނު ފަހުން ރައީސް ޔާމީނަށް 'އޮޕަރޭޝަންތައް' ހިންގަވައިދެއްވާ ބޭފުޅަކީ ޝައިނީކަމަށް ބައެއް މީހުން ބުނެއެވެ.

ސިޔާސީ މަސްރަހުގައި ޝައިނީ ދައްކަވާ ވާހަކަފުޅުތަކަށް ބަލާއިރު، އެމަނިކުފާނު މަސައްކަތްކުރައްވާ ކަމަށް ފެންނަނީ މުޅިން ވެސް ސިޔާސީ ލީޑަރުންނާއި ޖަދަލުކުރައްވަމުންނެވެ. ކުރިބޯށީގައި ޝައިނީ ހިއްޕަވަނީ 2018ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމަށް ކަމަށް އެޕާޓީގެ ތެރޭގައި އިސްކޮށް މަސައްކަތްކުރާ ބޭބޭފުޅުން  ތުންތުން މަތިން ކިޔާތީ އިވެއެވެ. އެކަމަކު އެކަން އެއީ ނާދިރުކަމެކެވެ. ތެދެއްކަމެއް އަދި ޔަގީނެއް ނޫނެވެ.

2018 ގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން ފަސް އަހަރު ނިންމަވާ، އަނެއް  ދައުރަށް ކެމްޕެއިނަށް ނުކުންނަވާއިރު، ވިއްކަވާނެ ރަނގަޅު ޕްރޮޑަކްޓެއް މަސްވެރިކަމުގެ ދާއިރާއިން ނެރެވިފައި ވޭތޯ ޖަވާބުދޭން އަޅުގަނޑު ދޫކޮށްލާނީ ރައްޔިތުންނަށެވެ. މަސްވެރިކަމޭ މަސްވެރިންނޭ ވިދާޅުވެ ރައީސް ޔާމީން ރައްޔިތުންނަށް ދައްކަވާނީ ކޮން މޫނެެއްތޯއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް