17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ވިޔަފާރި

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

ރިޒުނާ ޒަރީރު | RiznaZareer

| 8 ޖެނުއަރީ 2017 | އާދީއްތަ 16:22 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ޗައިނާގެ ގައުމީ އެއަރލައިން އެއަރ ޗައިނާ -- ގޫގުލް

ޗައިނާގެ ޤައުމީ އެއަރލައިން އެއަރ ޗައިނާ ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ބޭއްވުމަށް ނިންމައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފުކަންގ ވިދާޅުވީ ޗައިނާގެ ޤައުމީ އެއަރލައިން އެއަރ ޗައިނާގެ ދަތުރުތައް ރާއްޖެއާއި ބެއިޖިންގއާއި ދެމެދު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ފުރިހަމަ އެއްބާރުލުން މިކަމަށް ދެއްވާނެ ކަމަށާއި އަދި މިފްލައިޓްގެ ދަތުރުތައް ވީހާވެސް އަވަހަށް ދެޤައުމުގެ ދެމެދުގައި ފެށުމަށް އުއްމީދު ކުރާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީވެގެންދާނެ ކަމަށާއި ޚާއްސަކޮށް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވަންގ ފޫކަން ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރުވެސް ޗާއިނާގެ ބެއިޖިންގ ޑައިރެކްޓް ފްލައިޓްތައް ބާއްވަމުންދެއެވެ.

މެގަ މޯލްޑިވްސްއާއި ޗައިނާގެ ކެޕިޓަލް އެއަރލައިން ޑައިރެކްޓް ޝެޑިއުލްތައް ދަތުރުތައް ބާއްވަމުން އަންނައިރު ދެ ޤައުމުގެ ދެމެދުގައި އިތުރު ދެ އެއަރލައިންއަކުން ދަނީ ޗާޓަރ ފްލައިޓްތައްވެސް ބާއްވަމުންނެއެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް