22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

ރައީސް ޔާމީން

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

  • އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު
  • ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ
އަޒުމޫން އަހުމަދު | azmoon_ahmed

| 8 ޖެނުއަރީ 2017 | އާދީއްތަ 14:59 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް ފަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އަމީން ފައިސަލް މަޑުކޮށްލައްވައިގެން -- ގޫގުލް

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއިރުގެ މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާރަށުގައި ހަފްތާއެއް ވަންދެން ބަންދުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ވަކީލަކު ހަމަޖައްސުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފި އެވެ.

 

ޔާމީން ބަންދުކުރި މައްސަލައާ ގުޅިގެން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

 

އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހު ބާއްވައި، ދައުވާ ވަނީ އިއްވާފަ އެވެ. އަދި ދައުވާ އިން ދިފާއުވާން ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

 

ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ އަމީން ފައިސަލް ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ޔާމީނަށް ހިމާޔަތްދޭން ކަމަށް ބުނެ، ޔާމީނުގެ ނުރުހުމުގައި، ޔާމީނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސް، އާރަށުގައި ބަހައްޓާފައި ވާތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.

 

ޓެރަރިޒަމުގެ ދައުވާއާ ގުޅިގެން އަމީން ފައިސަލްގެ ޕާސްޕޯޓް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާއިރު ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އަމީން ފައިސަލް ވަނީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދައަކަށް އެދިވަޑައިގަންނަވާފަ އެވެ.

 

އަމީން ފައިސަލް ވިދާޅުވީ އޭނާގެ މައިބަދަ އާއި ހިތުގެ މައްސަލައެއް އެބަހުރި ކަމަށާއި، ހިތުގެ މައްސަލައަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭސްނުކޮށްފި ނަމަ ފުރާނައަށް ގެއްލުންވެދާނެ ކަމަށް ޑޮކްޓަރުންގެ ލިޔުންތަކާ ހަވާލާދީ އަމީން ފައިސަލް ވިދާޅުވި އެވެ.

 

މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ އެއީ އިދާރީކަމެއް ކަމަށާއި، އަމީން ފައިސަލް ހުށަހަޅުއްވާފައިވާ ހޮސްޕިޓަލުގެ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް އެކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ.

 

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލިފަހުންނެވެ.

 

ރައީސް ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައިވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށި ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނުމުން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

 

އާރަށަކީ އެއްވެސް އިރެއްގައި މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ތަނެއް ނޫން ކަމަށާއި ޔާމީން އާރަށަށް ގެންދިޔައީ ވެސް މީހުން ހައްޔަރުކުރުމަށް އޮންނަ އުސޫލުތަކުގެ ދަށުން ނޫން ކަމަށް އެއިރުގެ ސަރުކާރުން ބުނެފައި ވެއެވެ. އަދި ޔާމީން އާރަށަށް ގެންދިޔައީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ވެސް ވާތީ ހިމާޔަތް ދޭންޖެހޭ ހާލަތެއްގައި ގާނޫނު އަސާސީ އާއި ގާނޫނީގެ އިމުގެ ތެރެއިން ސިފައިންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ. 

 

ސިފައިންގެ ބެލުމުގެ ދަށުން ޔާމީން އާރަށަށް ގެންދިޔައިރު ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވީ އަމީން ފައިސަލް އެވެ.

 

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާ އަށް އަމީން ފައިސަލް ހާޒިރުކޮށް އޭނާއާ ސުވާލުކޮށްފައި ވެއެވެ. ކުރީގެ ޓެރަރިޒަމްގެ ގާނޫނާއި ގާނޫނުލް އުގޫބާތުގެ ދަށުން ތުހުމަތުތަކެއް ކޮށް ފުލުހުން ސުވާލު ކުރުމުން އަމީން ފައިސަލް ވިދާޅުވީ، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.

 

އެ ހާދިސާ ހިނގިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް