20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

މައުމޫން

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

  • މުހައްމަދު ނިޒާމް
  • ފަލަސުރުހީ
ލީވާން އަލީ | MrLeevaan

| 8 ޖެނުއަރީ 2017 | އާދީއްތަ 06:09 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  5. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  8. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!


ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް -- ގޫގުލް

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮށްލަން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އިންތިހާބާ ބެހޭ ހުރިހާ ކަމެއް ވެސް ކުރަންޖެހެނީ ހައިކޯޓުން ކަމަށެވެ. އެހެން ނަމަވެސް މުއްދަތު ލަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ މައްސަލަ ބަލަނީ ދަށު ކޯޓުން ކަމަށާއި، އެގޮތަށް އެކަންތައް ކުރަނީ ގާނޫނޫ އަސާސީ އޮޅުން ބޮޅުން ކޮށްްލަން ކަމަށެވެ.

 

ނާޒިމް ވިދާޅުވީ ކަމެއް މާނަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓަށް ދާން ނުޖެހޭ ކަމަށާއި، ގާނޫނު އަސާސީގައި އެ މުއައްސަސާއިން ކަންތައް ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މާދަމާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހުނުކަމުގައިވިޔަސް އިލެކްޝަންސް ކޮމިޝަނުން އެކަމަށް ތައްޔާރުވެފައި އޮންނަން ޖެހޭނެ ކަމަށާއި، އެހެން ނަމަވެސް އެ މުއައްސަސާއިން މިހާރު ބުނަނީ އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.

 

މީގެ އިތުރުން ނާޒިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި ތިބީ މުސާރަ ދީފައި އިންތިހާބަށް ތައްޔާރުވުމަށް ބައިތިއްބާފައި ތިބި މީހުން ކަމަށާއި، އެހެންނަމަވެސް އެބޭފުޅުން މަސައްކަތްކުރައްވަނީ ޕީޕީއެމްގެ ދަފުތަރު ބެލެހެއްޓުމާއި، ޕީޕީއެމްގެ ރަޖިސްޓްރީ ތަފާތު ގޮތްގޮތަށް ނެރެން ކަމަށެވެ.

 

ޕީޕީއެމް އިން ދަނީ އިންތިހާބުގެ ތެރެއަށް ނުފޫޒު ފޯރުވާ ވޯޓު އޮޅުވާލަން މަސައްކަތްކުރަމުން ކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޖަރީމާއެއް ހިންގިޔަ ނުދިނުމަށް ފަހަތުގައި ވިއްދާފައި ތިބެންޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް