19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މާލޭ ފަތާ ޓްރެކް

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

  • މިތަން ހިކެމުންދާ ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވޭ
އަމިނަތް ނުޒުހާ | nuzu8121

| 30 އޭޕުރިލް 2018 | ހޯމަ 19:02 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ބޮޑު ދިޔައިގައި ވެސް ގާތްގަނޑަކަށް 15 ފޫޓް ހިކިފައި -- ރާއްޖެއެމްވީ

މާލޭ ދެކުނު ފަރާތުން އޮންނަ ފަތާ ޓްރެކް ސަރަހައްދުން ބޮޑު ބައެއް ވަނީ ހިކެން ފަށާފައެވެ. މާލޭގައި ފަތަން ދަސްކުރާ ސްކޫލް ކުދިންނާއި އަދި ކަސްރަތު ކުރާ މީހުންނާއި އެނޫން ވެސް މީހުން މޫދަށް އެރި ފަތަން ޚާއްސަކުރެވިފައިވާ ހަމަ އެކަނި ސަރަހައްދަކީ އެއީކަމަށް ވާއިރު، އެތަން ހިކެމުންދާއިއުމުން އެތަން ބޭނުން ކުރާ މީހުންނަށް ގައިމު ވެސް ދަތިތަކަކާއި ކުރިމަތިވާނެއެވެ. އަދި މީގެ އިތުރުން އެކަން އެ ގޮތަށް ވާން ދިމާވި ސަބަބެއްވެސް އެނގެންޖެހެއެވެ.

ކަމާބެހޭ އެއްވެސް ފަރާތަކުން މިހާތަނަށް އެތަން ހިކެނީ ކީއްވެކަން އަދި އެތަން ހިކެމުންދާތީ އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ.

ދިޔަވަރު އެންމެ ބޮޑު ގަޑިތަކުގައި ވެސް އެ ސަރަހައްދުގެ އެއްގަމު ތޮށިން ފެށިގެން ގާތްގަނޑަކަށް 15 ވަރަކަށް ފޫޓް އޮންނަނީ ހިކިފައެވެ. އަދި އެެންމެ އާދަޔާ ޚިލާފު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އެތަން ހިކިފައިވަނީ ހުސްގަލުންކަމެވެ. ކުދި ގާތަކުން ފެށިގެން ބޮޑެތި ގާތަކެވެ.

 

ފަތާ ޓްރެކް ސަރަހައްދު

އެތައް ޒަމާނެއް ވަންދެން މާލޭގެ ރައްޔިތުން ފަތާ ފެންގަޑެއްގެ ގޮތުގައި ބޭނުން ކުރަމުން އައި މި ސަރަހައްދަށް މިފަދަ ބޮޑު ބަދަލެއް އަންނަން ފަށާފައި މިވަނީ ދާދި ފަހަކުންނެވެ. އެތަނަށް އާއްމުކޮށް ފަތަން ގޮސްއުޅޭ އަދި ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރަކު ބުނިގޮތުގައި، މި ބަދަލު ފާހަގަކުރެވުނުތާ އަދި ވާނީ އަށެއްކަ މަސް ކަމަށެވެ. އެކަމަކު އޭގެ ކުރިން ވެސް ގާތްގަނޑަކަށް ދެ ފޫޓެއްހާ ތަން ހިކިފައި އޮންނަތާ ދޮޅު އަހަރެއް ވަރު ވެދާނޭ ކަމަށް އޭނާ ބުންޏެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވިގޮތުގައި ޓްރެކް ސަރަހައްދު ހިކިދާނެ ކަމަށް ލަފާކުރެވޭ ބައިވަރު ސަބަބުތައް ފާހަގަ ކުރެވެއެވެ. އެގޮތުން މާލެ ހުޅުމާލެ ބްރިޖް ހެދުމަށް އެ ސަރަހައްދުން ބޯ ހޯލް ތޮރުފުމާއި، ދެކުނު ފަރާތުން ނެރެއް ކެނޑުމާއި، އެކި އެކި މަސައްކަތްތައް ކުރުމަށް މާލޭގެ ވަށައިގެން ބައެއް ހިސާބުތައް ހިއްކުމަކީ އެކަން އެގޮތަށް ވެދާނެ ސަބަބެއް ކަމަށް ނައީމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަން ހިންގަން ދިމާވާ ސީދާ ސަބަބު ދެނެގަތުމަށް ޖެހޭނީ ދިރާސާއެއް ކުރަން ކަމަށް ވިދާޅުވިއެވެ.

ކޮންމެ އަކަސް މިކަން ހިނގަން މެދުވެރިވި ސީދާ ސަބަބު އަވަހަށް ދެނެ ނުގަނެވިއްޖެނަމަ ނުވަތަ އެކަމަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ، މިހާރު އެދާ ސްޕީޑްގައި ހިކެމުންދާނަމަ، ފަތާ ޓްރެކް އަޅުގަނޑުމެންނަށް ގެއްލިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން އެކަން ދެނެގަނެ އަވަސް ހައްލެއް ހޯދަން ވަނީ ޖެހިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް