22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މައުމޫން

ހަތްވަނަ ގައުމީ އެވޯޑް ހަފްލާއަށް ދެވުމުން ހީވީ ހަބޭސް 3 ގެ ޖަލްސާއަކަށް ދެވުނުހެން : ފައްތާހު

އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 ޖެނުއަރީ 2017 | އާދީއްތަ 02:17 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ފިލްމު ޑައިރެކްޓަރ އަބްދުލް ފައްތާހު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ނިމިގެން ދިޔަ 7 ވަނަ ގައުމީ ފިލްމް އެވޯޑް ހަފްލާއަށް ދެވުމުން ހީވީ "ހަބޭސް 3" ގެ ޖަލްސާއަކަށް ދެވުނުހެން ކަމަށް މަޝްހޫރު ފިލްމް ޑައިރެކްޓަރ އަބްދުލް ފައްތާހު ބުނެފި އެވެ.

 

ރާއްޖެ ޓީވީގެ "ކުލަ ސްކްރީން" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ފައްތާހު ބުނީ ފިލްމް އެވޯޑު ހަފްލާއެއްގައި ފިލްމީ ދައިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ފަރާތްތައް ތިންވަނަ ގޮޑިބަރީގައި ބައިތިއްބުމާއި ފިލްމީ ތަރިންނަށް ސަޕޯޓް ދިނުމުގެ ގޮތުންނޭ ބުނެ ސިޔާސީ ފަރާތްތައް ކުރީ ގޮޑި ބަރީގައި ބޭތިއްބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މުސްތަފާ ހުސައިން އާއި އާރިފާ އިބްރާހިމް އަދި  ރޯނު ހަސަން މަނިކު ތިންވަނަ ގޮނޑިބަރީގައި ތިބެން ޖެހުނީމާ އެކަން ބަލައި ނުގަނެވޭ. ނިއުމާ މުހައްމަދު ގޮސް އެންމެ ފަހަތު ގޮނޑިބަރީގައި އިނނީމަ އެކަން ބަލައެއް ނުގަނެވޭ،" ފައްތާހު ބުނެޏެވެ.

ފައްތާހު ބުނީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ހަފްލާގައި ވާހަކަ ދެއްކެވި އިރު އެންސީއޭކަން އެނގިވަޑާއިނުގަންނަވާ ކަމަށާއި ނެޝަނަލް ސެންޓަރ ފޯދި އާޓްސް (އެންސީއޭ)އަށް މުހާތަބު ކުރެއްވީ "ޕާފޯމިން އާޓްސް" ގެ ނަމުގައި ކަމަށެވެ.

 

ހަފްލާއަށް ވަޑައިގެންނެވި ސިޔާސީ  ބޭފުޅުންނަށް މައިކް ކައިރީ ހުއްޓި އެފަދަ ހަފްލާއެއްގައި ނަންތައް އެނައުންސް ކޮށްލާނެ ގޮތް ވެސް ނޭނގޭ ކަން ފާހަގަކޮށް ފައްތާހު ބުނީ އެވަރުގެ ބޭފުޅުން ގެންނަވާ ފިލްމީ ދާއިރާއަށް ސަޕޯޓް ކުރަންށޭ ނުވަތަ ފިލްމީ ދާއިރާ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުންނޭ ބުނާއިރު ލަދުގަތް ކަމަށެވެ.

 

"ދިވެހި ފިލްމް ފަތިސްހަނދުވަރުގެ ފެށުމުގެ ބަތަލު މޫސާ ބެނެލާއިރު އެ ވަންތަކާއި އެހައިބަތާއި އެނައުންސް ކޮސްލާނެ ގޮތް ވެސް ގިނަ ބޭފުޅުންނަށް ނޭނގޭ" އޭނާ ބުންޏެވެ.

 

މީގެ އުތުރުން ހަފްލާ ފެށުނު އިރު ބައިވެރި ކުރި ފިލްމުގެ އަދަދު ނޭންގޭ ކަމަށާއި ކުރު ފިލްމް 6 ފިލްމް ބައިވެރި ކުރިއިރު އެއަށް ޖަޖު ނުކުރީ ކީއްވެ ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި ކިތައް ފީޗާ ފިލްމް ބައިވެރި ކުރި ކަމެއް ވެސް ނޭނގޭ ކަމަށް ފައްތާހު ބުންޏެވެ.

ސްޓޭޖް ކިތަންމެހާ ވެސް ރީތި ކަމަށާއި ނަމަވެސް ހަމައެކަނި އައިޑޮލްގެ ފާރފޯމް ފެނިގެން ދިޔުމުން ހަފްލާ ފުރިހަމަ ނުވާކަން ފާހަގަކޮށް ހަވަނަ  ނެޝަނަލް އެވޯޑް  6 ގެ އޯޕަނިން ވަރަށް ރީތި ކަމަށް ބުނެ ފައްތާހު ވަނީ ތައުރީފް ކޮށްފައެވެ.

 

މި ހަފްލާގެ  އެރޭންޖްމަންޓް އޯވަރޯލްކޮށް ވަރަށް ދަށްކަމަށް ފާހަގަކޮށް ނުކުމެގެން ދާން ހިތަށް އެރި ނަމަވެސް ފިލްމީ ދާއިރާއަށްޓަކައި ސަރުކާރުން ކޮށްދެއްވި  ބުރަ މަސައްކަތަކަށް ވުމުން މަޑުކޮށްލައިގެން އިނނީ ކަމަށް ފައްތާހު ބުންޏެވެ.

ކުރިއަށް ފިލްމް އެވޯޑް ހަފްލާތަކުގައި  މިފަދަ ކަންތައްތައް ތަކުރާރު ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި މިކަހަލަ ކަންތައްތަކުގެ ތެރޭގައި ބައެއް ކަންތައްތައް އިސްލާހުވެގެން ވެސް ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ފައްތާހު ބުނެޏެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް