21 ސެޕްޓެންބަރ 2018 | ހުކުރު | 02 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އުރީދޫ

އުރީދޫގެ ބްރޭންޑް އެމްބެސެޑަރއަކަށް އެތްލީޓް އާތިފް

  • އުރީދޫ އެމްބެސެޑަރުންގެ ގޮތުގައި ކުރިން ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކަކީ ރާއްޖޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ޓީމު ނިއުރޭޑިއަންޓް އަދި ހަބޭސް ބޮޑުބެރު ގްރޫޕަށް ނިސްބަތްވާ ފަރާތްތައް
ސިމާހާ ނަސީމް | sim_kamana

| 30 އޭޕުރިލް 2018 | ހޯމަ 18:59 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އުރީދޫގެ ބްރޭންޑް އެމްބެސެޑަރ އެތްލީޓް އަހުމަދު އާތިފް -- އުރީދޫ

މަގްބޫލް ދުވުންތެރިޔާ އަދި އެންޑިއުރަންސް އެތްލީޓް އަހުމަދު އާތިފް އުރީދޫގެ ބްރޭންޑް އެމްބެސެޑަރކަމަށް މިއަދު އައްޔަންކޮށްފިއެވެ.

"އެންޑިއުރަންސް އެތްލީޓެއްގެ ގޮތުން، އާތިފްގެ ގިނަގުނަ ކާމިޔާބީތަކާއި، ތަފާތު އައު ކަންތައްތައް ކުރުމުގައި ދައްކުވާދޭ ޖޯޝާއި ފޯރި އަޅުގަނޑުމެން ބަލައިގަނެ، އެކަމުން ހިތްވަރު ލިބިގަންނަން. މިގޮތުން، ތަފާތު އެކި ގޮންޖެހުންތައް ތަހައްމަލު ކޮށްގެންވެސް، ބުރަ މަސައްކަތާއި އެކު އައު އުސްމިންތަކާއި ހަމައަށް ދިއުމަކީ، އުރީދޫ ބްރޭންޑު ބިނާކޮށްފައިވާ އެއް ބިންގާ. މިގޮތުން، އާތިފް އާއި އެކު މަސައްކަތް ކޮށްގެން، ކޮންމެ މީހެއްގެ އަމިއްލަ ހުވަފެންތަކާއި އުއްމީދުތައް ތެދަކަށް ހެދުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ދިނުމީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް" އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކަކީ ރާއްޖޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ޓީމު ކަމުގައިވާ ނިއުރޭޑިއަންޓް، އަދި ދިވެހިންގެ ލޯބި ހޯދާފައިވާ މިއުޒިކް ބްރޭންޑް ކަމުގައިވާ ހަބޭސްއެވެ. އަދި ހަމައެހެންމެ، މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އަދި ޔޫރަޕްގެ އެންމެ ކުރިއަރައިފައިވާ އެއް ޓީމު ކަމުގައިވާ ޕެރިސް ސެއިންޓް ޖަމެއިން އަކީ ވެސް، ބައިނަލްއަޤްވާމީ މައިދާނުގައި އުރީދޫގެ ޕާޓްނަރުންނެވެ.

"އުރީދޫގެ ބްރޭންޑް އެމްބެސެޑަރ އަކަށްވެ، އެކުންފުންޏާއި އެކު މަސައްކަތް ކުރުމަށް މި ފުރުސަތު ލިބުމަކީ އަޅުގަނޑު ވަރަށް އުފާވި ކަމެއް. ސަބަބަކީ، އައު، އަދި ތަފާތު ކަންތަށް ކުރުމުގައި، އުރީދޫ އަކީ އަބަދުވެސް ވަރަށް ފާހަގަކޮށްލެވޭ ބްރޭންޑެއް. ކިތަންމެ އުނދަގޫހެން ހީވާ ކަމެއްވެސް، ޑިސިޕްލިން އާއި އެކު، އެކަމެއް ކުރާހިތުން ކުރަން ހިތްވަރުކޮށްފިނަމަ، އެކަމެއް ވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި އުރީދޫ އާއި ގުޅިގެން، ދިވެހިންނަށް ކަމުދާފަދަ، ވަރަށް ތަފާތު ޗެލެންޖުތަކާއި ކުރިމަތިލާން ހަމަ ތައްޔާރު." އުރީދޫގެ އައު ބްރޭންޑް އެމްބެސެޑަރ، އަހުމަދު އާތިފް ވިދާޅުވިއެވެ.

ރާއްޖޭގެ އަދި ރާއްޖޭގެ ބޭރުގެ ޕަރޓްނަރުންނާއެކު، ދިވެހި ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް ހިތްވަރުދިނުމަށް މަސައްކަތްތައް ކުރަމުންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އަދި ހަމައެއާއިއެކު، އުރީދޫގެ އެއް އަމާޒަކީ ޒުވާން ކުދިންގެ މެދުގައި އީޖާދީ އައު ކަންތައްތައް ގިނައިން ކުރުމާ، އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ދިނުމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް