25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މައުމޫން

ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟

އަހުމަދު މުހުސިނު | dhonbandaara

| 8 ޖެނުއަރީ 2017 | އާދީއްތަ 01:48 | |

މަގުބޫލް

  1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ
  6. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  7. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  8. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން


ދުންޔާ މައުމޫން: ސަރުކާރުން ނިކުމެ ވަޑައިގެން އަލުން ސަރުކާރާ ގުޅިވަޑައިގަތުމާ ރައީސް މައުމޫން ދެކޮޅު -- ގޫގުލް

މައިން ބަފައިން ދަރިންނަށް ލޯބި ދީގެން ބޮޑު ކުރަނީ އުއްމީދުތަކަކާއެކުގައެވެ. އުފާވާނެހާ ގޮތަކަށް ލޮއްސާ ކަމުދާނެހާ އެއްޗެއް ހޯދަދީ ލިބުނުހާ ވަރަކުން އެވެރިން އުފަލުން ބަލާ ބޮޑުކުރަނީ އެދަރިންގެ ފަރާތުން އެލޯބިވެސް ލިބުމުގެ އުއްމީދުގައެވެ. އެދަރިންގެ އަޅާ ލުމާއި ލޯބި އަދި ކަމޭ ހިތުން އިންތިހާއަށް ބޭނުންވާތީއެވެ. އަމުދުން މުސްކުޅިވެ ގައިބާރު ދެރަވެ އެދަރިންގެ އެހީތެރިކަމަށް ބޭނުންޖެހޭ ވަގުތު ބޮޑާ ހޭކުމެއް ދެކޮޅު ހެދުމެއް ނެތި އެކަން ކޮށްދޭނެ ކަމުގެ އުއްމީދުގައެވެ.

 

ރާއްޖޭގެ ތާރީޚަށް ބަލާލާއިރު އެފަދަ އަރާމަކާއި އުފާވެރިކަމެއްގައި އުޅޭނެ ނުވަތަ ގެންގުޅެފައިވާނެ އެއްބަޔަކީ ދިގު 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫނުގެ ބޭފުޅުންނެވެ. އެބޭފުޅުން މިދުނިޔެއަށް ނޭވާލީ މުއްސަނދިކަމާއި ޖާހާއި ވެރިކަމުގެ ސެހެންޝާހާއި ބޭފުޅިޒަމްގެ ތެރެއިން އެތެރެކޮއިލު ތެރެއަށެވެ. މަދު އެއްޗެއް ދަތިވާނެ ކަމެއް، ނުލިބޭނެ ލޯތްބެއް އެކުދިންނަކަށް ނޯންނާނެކަން މި ދިވެހި ރާއްޖެއަށް ނޭވާލި ކޮންމެ މީހަށްވެސް އެނގޭނެއެވެ.

 

އަވިކޮޅެއްގައި ނުޖެހި މޫދުގައި އުޅެވޭނެ ފަދަ ފަތާ ފެންގަނޑު ގޯތީގެ ހަތަރު ފާރު ތެރޭގައެވެ. ބޭނުންވިއްޔާ ބޭނުންވިހާ ކަމަކަށް އަތްގާތްކޮށްލަދޭން ވަރުންވަރުން ބާންދީންނެވެ. އެއިރަކު އަރާނެ ކާރެކެވެ. ހަށިފާރަވެރިން މުޅި މީހާ ނުފެންނަ ވަރުގައެވެ. ކާނެ އެއްޗެއް ކަނޑައެޅުން ހަމަ ހިތަށް އެރުމެވެ. ސިންގަޕޫރުން ހޫނުކޮށް ހުއްޓާވެސް ގެނެސް ގޭގެ ސުފުރާ މަތީގައެވެ. އެކުއުޅޭނެ ކުދިންނާއެކު އަބަދު ހިތްއުފާ ކުރާން ބޭނުންވިއަސް އާރަށް އެއޮންނަނީ ރިސޯޓެއްގެ ގޮތުގައި ހިތަކަށެވެ. ދާނެ އިރަކު ދާން ބޭރު ދަތުރު ބޭނުންވި ވަރަކަށެވެ. އަޅާނެ ގަހަނާއެއް ލާނެ ހެދުމެއް ޖަހާނެ ފުށެއް ނުލިބިގެން ޝަކުވާ ކުރާކަށް އެކުދިންނަކަށް ނުޖެހޭނެއެވެ. ކުލާހުގައި ޖެހިގެން އިނަ ކުއްޖާ ދަމާފާނެ ކުސަޔަކުން ކޮށްލަފާނެ ޖެއްސުމަކަށް އަލައެއް ލާން ޖެހޭނެ ހާލަތެއް އެކުދިންނަކަށް ނޯންނާނެ. ކިޔަވާނެ ކަރައަކުން ކިޔަވާން ނަގާނެހާ ފާހެއް ނަގާން ފުރުސަތު އޮތީ ފައްސިޔައިގައެވެ. ފުރާވަރަށް އެޅި އަމަލީ މައިދާނަށް ނިކުންނަންވީ ވަގުތު ފޫހިފިލުވާލާ ހިތްހަމަޖައްސާލަން ކަމަށްވިއަސް ވަޒީފާ އޮތީ ހަނާއަޅާލާ ދިމާލެއްގައެވެ.

 

ކުރުކޮށް ފޮނިކޮށް ބުނަންޏާ ރައީސް މައުމޫނުގެ ބޭފުޅުންނަކީ ފެންނަ ފެނުމަށް ބަލާއިރު އަދި ދުނިޔެވީ ޙަޤީގަތްތަކަށް ބަލާއިރު މިޤައުމުގައި އެންމެ އިއްޒަތުގައި އުޅުއްވި އަދި އިއްޒަތުގައި ގެންގުޅުއްވި ބޭފުޅުންނެވެ. ވެރިކަމުގެ ބާރާއި އާރުގެ ތެރެއިން ލިބެމުންދިޔަ ވަސީލަތްތަކުގެ ތެރެއިން އެކަންކަން ވިކަމުގައި ވިއަސް އެކަންކަމުގެ ސިއްރަކީ ބައްޕާފުޅު ރައީސް މައުމޫނެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ހުންނެވުމާއި އެކަމާހުރެ ރައްޔިތުންކުރި ޤަދަރެވެ.

 

އެހެންނަމަވެސް ދުނިޔެ ހިނގަނީ އެދުނިޔެ ހެއްދެވި ޚާލިޤ ވަންތަ ﷲ އެންގެވި ގޮތަށެވެ. އެދުނިޔޭގައި ފެންނާނެ މަންޒަރުތަކާއި ކުލަތައް އޭގައި ހިމެނިގެންނެވެ. ރައީސް މައުމޫނަށްވެސް އެ ހިއްސާ ކުރައްވަން އެ ޖެހިވަޑައިގެންނެވީ ހަމަ އެ ޙަޤީގަތެވެ. ހެޔޮކަމަކަށް ތެޔޮހަން ލިބޭކަމާއި ބަސްނާހާ ދަރިން ވެސް އުޅޭ ކަމެވެ. ކަމެއް ވާންވީމާ ހަމަ ހިނދުކޮޅެއްވެސް ނުނަގާ ކަމެވެ. ލަހެއް ފަހެއް ނުވާ ކަމެވެ.

 

އެކަމަކުވެސް ދުންޔާއެވެ. ތިޔަ ހެއްދެވީ ކިހިނެތްތޯއެވެ. ކަމަނާގެ ބައްޕާފުޅަށް ތިޔަހެން ހައްދަވަން ހަމަ ހެޔޮވާނެތޯއެވެ. ކިތައްމެ ތާއީދެއް އޮވެގެން އެހާ ދުވަހު ވެރިކަން ކުރެއްވި ނަމަވެސް ކޮއްކޯފުޅުގެ ސަބަބުން އެވަނީ ގާތުގައި ގެންގުޅުނު މީހުން ފަސްބައިން ދޫކޮށް ދުރަށް ޖެހިފައެވެ. ހައިބަތުގައި ބޭއްވި ހަފްލާތަކާއި ޖަލްސާތައް 8 ފޫޓް 12 ފޫޓްގެ ކޮޓަރި ގަނޑެއްގައި ނޫނީ ބޭއްވޭކަށް ނެތެވެ. ވަށައިގެން ގެންގުޅުއްވި ސެކިއުރިޓީ އެވަނީ ކުޑަވެފައެވެ. މުސްކުޅިވި ދުވަހު އިނާޔަތް އުނިވެ ޖަލުގެ ތޭރިތަކުގެ ފަހަތަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ ބިރު އެވަނީ އިންތިހާއަށެވެ. އަތްޖަސަވާ ގުދުވެ ގުދުވެފައި ސަލާން ކުރި މީހުން މިއަދު ހުޝާމިދުކޮށް ހިތްވަރު ދޭކަށް ގާތަކު ނެތެވެ. ކުރިންރަށްރަށަށް އަރާ ވަޑައިގަންނަވާއިރު އެއޮތް ރަތްދޫލަ އަޅާލާނެ ރައްޔިތަކު މިއަދަކު ނޫޅެއެވެ. ބޭނުންވި އިރަކު ބޭނުންވި ގޮތަކަށް ރެކޯޑްކޮށްގެން ކުރިން މެސެޖް ފޯރުކޮށްދެވުނަސް ކުރަމުންދާ ގޯނާއާ ޖައްސަމުންދާ ހާލަތު ކިޔާލަދޭން އަރުއްވާނެ ޓީވީގަނޑެއް ރޭޑިއޯ ގަނޑެއް އަމުދަކުން ނެތެވެ.

 

މިހުރިހާ ކަމެއް ވެސް އެހެންވާން އެޖެހުނީ ދަރިންނަށް ޓަކައެވެ. ތިޔަ ކުދިންނަށް ރަނގަޅުގޮތް ހޯދައިދޭން އަދިވެސް އުޅުއްވާ އުޅުއްވުމުންނެވެ. ތިޔަ ކުދިންނަކީ ބަސްވިކޭ އަދި ސިޔާސީ ގޮތުން ފުންނާބު އުސް ގޮނޑިތަކުގައި ބައިތިއްބަން އުޅުއްވާ އުޅުއްވުމުނެވެ.  

 

ކަމަނާއެވެ. ބައްޕާފުޅު އެވަނީ ބަލިކަށިވެފައެވެ. ހަމައެކަނި އުމުރުން ދުވަސްވީތީ މުސްކުޅި ބައްޔެއް ނޫނެވެ. އެހާދުވަހު އުޅުއްވި ގޮތް ނޫން އެހެން ގޮތަކަށް އުޅުއްވަން ޖެހިވަޑައިގަންނަވަން ޖެހުމުންނެވެ. ދުވަހަކުވެސް ހިތަށް ވެސް އަރާވަޑައި ނުގަންނަވާވަރުގެ ވިސްނުންތައް ވިސްނަވަން ޖެހިވަޑައިގެންނެވުމުންނެވެ. ފިކުރުފުޅު ބޮޑުވެ ގޮތް ހުސްވުމުންނެވެ. ގެނެސް ބޮޑު މަޤާމަކަށް ދީ އިއްޒަތްތެރި ގޮނޑިތަކަށްލީ މީހުންކޮޅު ފަތްފަޅާ އުދުއްސައިގަތްއިރު ބޮލަށް ފަސް ވެސް ފުރީތީއެވެ.

 

ކަމަނާއެވެ. ތިޔެހެން ހައްދަވަން ހެޔޮ ވާނީ ކިހިނެއް ހެއްޔެވެ. ތިޔަ ހާލު ޖައްސަވަން ތިޔަ ކެރިވަޑައިގަތީ ހަމަ އެބައްޕާފުޅާ މެދު އެއްވެސް ރަހުމެއް ކުލުނެއް ހަމަ ނެތީހެއްޔެވެ. ކިޔަވައިދިން އެއްޗެއް ކުރެއްވި ހޭހަމެއްގެ އަސަރު ކޭތިލާފައި ވެސް ނެތީހެއްޔެވެ. އެބައްޕާފުޅާދެކޮޅަށް އެބައްޕާފުޅުގެ އަމިއްލައަށް ގޮތް ނިންމަވަން ކަމަނާފާނަށް ހިތްވަރު ލިބުނީތީ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ނޫނޭވާ ތިޔައީވާ ކެތްގަދަ ބޭކަނަބަލެކެވެ.

 

ކޮންމެއަކަސް ރައީސް މައުމޫނުގެ ޙާލަތާ މެދު ހަމަ އިންތިހާއަށް އަސަރު ކުރެއެވެ. މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު އެޖެހިވަޑައިގެންނެވި ކަންކަމާ މެދު ހަމްދަރުދީވަމެވެ. ރައީސް މައުމޫނެވެ. ބަސްނާހާ ކުދިންނާ މެދު އަޅައެއް ލައިގޭން ކުރާނެ ފައިދާއެއް ނެތެވެ. ލިބުނިއްޔާ ލިބެނީ ގެއްލުމެކެވެ. ގާތުގައި ބައިތިއްބައިގެން ލިބެނީ އިތުރު ކެއްސެކެވެ. މިއީ ދުނިޔެ ހިނގާ އުސޫލުން މަނިކުފާނަށް ބުނެލާ ހަމަ ހަމްދަރުދީގެ ހެޔޮ ބަހެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް