21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ޝަރުއީ ދާއިރާ

އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!

 • ބަންދުގައި ތިބި ބައެއް މީހުން ކޯޓަށް ހާޒިރުކުރަނީ ޖަލު ހެދުމުގައި
 • އެސްއޯ ފުލުހުންގެ ބޯ ވަނީ ބާލާފައި
 • އެކި މީހުންނާ މެދު އަމަލުކުރަނީ އެކި ގޮތަށް
އަލީ ޔޫސުފް | AliYooosuf

| 30 އޭޕުރިލް 2018 | ހޯމަ 14:40 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
 8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


އެސްއޯ ޕޮލިހުން ކޯޓަށް ގެންދަން ލޯންޗުން ބާލަނީ -- ޓްވިޓަރ

ދާދި ފަހުން ފެންމަތިވި މައްސަލައެކެވެ. ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުރީގެ އެސްއޯ ފުލުހުންތަކެއްގެ ބޯ ބޭލި މައްސަލައެކެވެ. އެކަންކޮށްފައި ވަނީ އެ މީހުންގެ ނުރުހުމުގައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ އެތަނުގައި އޮންނަ އުސޫލެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެންޓި ޓޯޗާ ގާނޫނުގައިވާ ގޮތުން ބަންދުގައި ހުންނަ މީހަކާ މެދު އަމަލުކުރުމުގައި އަނިޔާއަކަށް ވާ ކަންކަމުގެ ތެރޭގައި ނުރުހުމުގައި ބޮލުން އިސްތަށިކޮށުން ހިމެނެއެވެ. އެހެންކަމުން ގާނޫނަކަށް ވުރެ އުސޫލެއް އަދި ގަވާއިދެއް މައްޗެއް ނުވާނެއެވެ. ކަރެކްޝަނުން ކުރީ ކުށެކެވެ.

ދެން އުފެދޭ ސުވާލަކީ ހަމައެކަނި އެސްއޯ ފުލުހުންގެ ބޯ ތުނިކޮށް ކޮށީ ކީއްވެ ހެއްޔެވެ. ތުހުމަތުގައި ހައްޔަރުކޮށްފައި ތިބީ ހަމައެކަނި އެ މީހުންނެއް ނޫނެވެ. އިތުރު އެހެން ކަމެއް ވެސް ފާހަގަކުރެވުނެވެ. އެސްއޯ ފުލުހުން ކޯޓަށް ގެންނަނީ ޖަލު ހެދުމުގައެވެ. ނަމަވެސް ހަމަ އެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިއްބެވި "ބޭފުޅުން" ކޯޓަށް ހާޒިރުކުރަނީ "ރީތި" ހެދުމުގައެވެ. ގައުމަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކާއި މަތީ މަގާމުތަކުގައި ތިއްބަވަނިކޮށް ތުހުމަތުކުރެވި ބަންދުކުރެވުނު ފަރާތްތަކަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭންޖެހޭކަން ގަބޫކުރަމެވެ. ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީ ގޮތެއްގައި ވައްޓާލަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އަދި މިހާރު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނެވި މިހާރުގެ ވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލު ހެދުމުގައި ކޯޓަށް ހާޒިކޮށްގެން ނުވާނެކަން ގަބޫލުކުރެވެއެވެ. އެކަމުގައި އެއްވެސް ޝަކުވާއެއް ވެސް ނެތެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދީ، ގާނޫނީ ސަރުކާރެއް ގައިރުގާނޫނީ ގޮތުން ވައްޓާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔުކޮށްފައި ހުރި ސިޔާދު ގާސިމް ހުދު ގަމީސްކޮޅުގައި ކޯޓަށް ހާޒިރުކޮށްފައި އެސްއޯ ފުލުހުން ޖަލު ހެދުމުގައި ހާޒިރުކުރުމުގައި ކަރެކްޝަނުން ތަބާވަނީ ކޮން އުސޫލަކަށްތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި އެއީ ސަރުކާރުގެ އެއްވެސް މަގާމެއްގައި ވެސް ހުރި ބޭފުޅަކަށް ނުވާތީ ސިޔާދު ގާސިމާއި އެސްއޯ ފުލުހުންނާ ތަފާތުކުރަނީ ކޮން އުސޫލަކުންތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދައެވެ.

އެ ސުވާލުތަކުގެ ޖަވާބަކަށް ބައެއް މީހުން ބުނަނީ ކަރެކްޝަނުން އަމަލުކުރަނީ އިހުޒަމާނުގައި އޮންނަ އުސޫލެއްގެ ދަށުން ކަމަށެވެ. އެއީ "އަޑުގަދަ މީހާ ރުށް ގިނަވާނެއޭ" ބުނާ އުސޫލު ކަމަށެވެ. ސިޔާދު ގާސިމާއި އެސްއޯ ފުލުހުންގެ ހަމައެކަނި ތަފާތަކީ ސިޔާދު ގާސިމަކީ ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ ވާރުތަވެރިޔަކަށް ވުމެވެ. އެ ވާހަކަ ދައްކާ މީހުން ކަރެކްޝަނަށް ގޮންޖަހައި ވެސް ހަދައެވެ. "ނިކަން ކެރޭ ނަމަ ތިޔަ ބުނާ އުސޫލެއްގެ ދަށުން ސިޔާދުގެ އެންމެ އިސްތައްޓެއްގައި އިނގިލި ކުރި ވެސް ޖައްސާލަން ކެރޭނެތޯ" ފާޑުކިޔާ މީހުން ސުވާލުކުރެއެވެ. މި ދެންނެވީ ކޮންމެހެން އެކަން ކުރާށެކޭ ނޫނެވެ. ރާއްޖޭގެ ތަންފީޒީ އިދާރާތަކާއި ޝަރުއީ ނިޒާމުގެ ތެރޭގައި އަދި ސަރުކާރުގެ މުޅި ނިޒާމުގެ ތެރޭގައި ވެސް މޮޅު މީހާ އަށް މޮޅު ގޮތް ހެދުން ވަނީ ކަށީގައި ހިފާފައެވެ. މުއްސަނދި މީހާ ނުވަތަ ތިމާ ގާތް ރަހުމަތްތެރިޔާ އަށް ކަންކަން ފަސޭހަ ވެގެން ދިއުން އެއީ އާންމު ކަމެކެވެ. މޭޒު ދަށުން ސިޓީ އުރަ ބަލައިގަތުން އެއީ އާންމު ކަންކަމެވެ. ރިޝްވަތަށް ވަނީ ހަމައެކަނި ކަމެއް ކޮށްދިނުމުގެ ބަދަލުގައި ފައިސާތަކެއް ދިނުމެއް ނޫނެވެ. އޮންނަ އުސޫލުގެ ބޭރުން މުއްސަނދި  ނުވަތަ ނުފޫޒުގަދަ މީހާއާ މެދު އަމަލުކުރުމަކީ ވެސް ފަސާދައިގެ ތެރޭގައިވާ ކަމެކެވެ.

ޝަރުއީ ނިޒާމުގެ ތެރެއިންނާއި ތަންފީޒީ އިދާރާތަކުން މިފަދަ އަމަލުތައް ފެންނަހާ ދުވަހަކު އެފަދަ އިދާރާތަކަށް ރައްޔިތުން އިތުބާރެއް ނުކުރާނެއެވެ. ފުލުހުންގެ ވަޒީފާގައި ތިބޭ މީހުންނަކީ ފެށުނީއްސުރެ ވެސް ބޮލުގެ އިސްތަށިގަނޑު ވަކި މިނަކަށް ކުރުކޮށްފައި ތިބޭ ބައެކެވެ. އެހެންކަމުން އެ މީހުންގެ އިސްތަށިގަނޑު ދިގުވެގެން ބަޔަކަށް އުނދަގޫތަކެއް ވެގެން ޓްރިމަރު ޖައްސާއާ ދުވަހެއް އަދި ނުވެއެވެ. ހާއްސަކޮށް އެ މީހުންގެ ނުރުހުމުގައި އެކަން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އުސޫލެއްގެ ދަށުން ކުރާ ކަމެއް ނަމަ އެންމެންނާ މެދު ވެސް އަމަލުކުރަންޖެހޭނީ އެ އުސޫލުންނެވެ. ނަމަވެސް ބޮޑެތި ކުށްތަކުގައި ޖަލުގައި ތިބޭ މީހުންގެ އިސްތަށިގަނޑު ދިގުވެ ސިފަ އޮޅޭ ވަރަށް ހުންނަ ފަހަރު ވެސް އާދެއެވެ.

އެސްއޯ ފުލުހުންގެ "ބޯ ބޭލީ" އެ މީހުންނަކީ ފުލުހުން ކަމަށްވުމުން ވަކި ގޮތަކަށް އިސްތަށިގަނޑު ބަހައްޓަން ލާޒިމުކުރާތީ ކަމަށް ސޯޝަލް މީޑިއާގައި ރައްދު ދޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ އެ މީހުން ހައްޔަރު ކުރުމަށް ފަހު މާގިނަ ދުވަސްތަކެއް ނުވެ ވަޒީފާ އިން ވެސް ވަކިކޮށްފައިވާ ކަމެވެ. އެހެންކަމުން އެ އުސޫލުގެ ދަށުން ވެސް އެ މީހުންގެ އިސްތަށިގަނޑަށް ގޮތެއް ހެދުމުގެ ބާރެއް ކަރެކްޝަނަށް ލިބިގެން ނުވެއެވެ.

އެހެންކަމުން އެސްއޯ ފުލުހުންގެ އިސްތަށިގަނޑު ނުރުހުމުގައި ކޮށުމުގައި ކަރެކްޝަނުން އަމަލުކުރި އުސޫލެއް ސާފުވާން އެބަޖެހެއެވެ. އެންޓި ޓޯޗާ ގާނޫނުގެ ދަށުން މަނާކޮށްފައި އޮތް ކަމެއް ގަދަކަމުން ކުރަންޖެހުމުގައި ރަނގަޅު ސަބަބެއް ކަރެކްޝަނަށް ދެއްކެންޖެހެއެވެ. ވަކި ބަޔަކު ކޯޓަށް ހާޒިކުރާ އިރު ޖަލު ހެދުމުގައި ގެނެސްފައި އަނެއް ބަޔަކު ނަލަކޮށްގެން ކޯޓަށް ހާޒިރުކުރުމުގައި ގެންގުޅޭ އުސޫލު ސާފުވާންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް