20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ފިނޭންސް މިނިސްޓްރީ

74 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދީބު އަތުން ހޯދަން އެންގި އެންގުން އަނބުރާ ގެންގޮސްފި

  • އެއެންގުން ބާތިލް ކުރީ ފިނޭންސް މިނިސްޓްރީން
  • ފިނޭންސުން ބުނީ އެގޮތައް ނިންމީ އަލުން އޭސީސީން އެމައްސަލަ ބަލާތީ ކަމަށް
  • އެކަން އެންގ މިމަހުގެ 25 ގައި ފޮނުވި ސިޓީއެއްގައި
އަހުމަދު މުހުސިނު | dhonbandaara

| 29 އޭޕުރިލް 2018 | އާދީއްތަ 20:17 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


އަހުމަދު އަދީބު: ސަރުކާރުން ބުނަނީ ގިނަ ފައިސާތަކެއް އަދީބު ދައްކަވަން ޖެހޭ ކަމަށް -- ފޮޓޯ : ރާއްޖެ އެމްވީ

ނަސަންދުރާ ކުއްޔަށް ދޫކުރި މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަތުން 74016000 ރުފިޔާ ހޯދުމަށް ފިނޭންސްއިން އެންގި އެންގުން އަނބުރާ ގެންގޮސްފިއެވެ.

އަދީބުގެ އަނބިކަނބަލުން އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެޓޭޗް ކުަރްއަވާފައިވާ ފިނޭންސް މިނިސްޓްރީގެ ސިޓީއެއްގައި ބުނެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަލުން އެމައްސަލަ މުރާޖައާ ކުރަމުންދާ މައްސަލައެއްކަމަށް އެކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެމައްސަލައާއި ގުޅިގެން 74 މިލިއަން ރުފިޔާ ދައުލަތައް ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާއަށް ރިއާޔަތްކޮށް 48 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް އެފައިސާ ދެއްކުމަށް ދީފައިވާ 7 ދުވަހުގެ ނޯޓިސް ބާތިލް ކޮށްފައިވާކަމަށް ދަންނަވާކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި އެނޯޓިސްއަށް އަމަލް ކުރަން ނުޖެހޭނެ ކަމަށްވެސް އަންގާފައިވެއެވެ. މި ސިޓީ އަދީބަށް ފޮނުވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ތާރީޚްގައެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް އެޑްރެސްކޮށް ފިނޭންސް މިނިސްޓްރީން މިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ނަސަންދުރަ ޕެލެސް ހޮޓާ ހިންގުމަށް 2010 ވަނަ އަހަރު ގެލެކްސީ އެންޓަރޕްރައިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި އެއްބަސްވުން އުވާލައި "ޓޫރިސްޓް ރިސޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ފީ ނެގުމާ ބެހޭ ގަވައިދު" ގެ ދަށުން މުއްދަތު އިތުރުކުރުމަށް ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައުލަތަށް ނުހޯދައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ލީސްހޯލްޑް ރައިޓްސް ގަނެފައިވާ ފަރާތް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) މެދުވެރިކޮށް އަލުން 50 އަހަރު ދުވަހުގެ އެއްބަސްވުމަކަށް ގޮސްފައިވާއިރު 74 މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީގައި ބުނެއެވެ.

މި އަމަލަކީ އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކޮށްފައި ވާތީ ލިބިފައިވާ ގެއްލުމެއް ކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުން އެނގޭ ކަމަށް މި ސިޓީގައި ބުނެފައިވެއެވެއެހެން ކަމުން މި ފައިސާއަކީ އަދީބު ޒިންމާވާންޖެހޭ ފައިސާއެއް ކަމަށް ބަލައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 47 ވަނަ މާއްދާއަށް ރިޔާއަތްކޮށް 48 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް އެ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ.

މި ސިޓީ ލިބޭތާ ހަފްތާއެއްގެ ތެރޭގައި ފައިސާ ދައްކަން އަންގާފައިވާއިރު ފައިސާ ނުދައްކައިފި ނަމަ، މާލިއްޔަތު ގާނޫނުގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމައްޓަކާއި އެމައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހަށް  ފޮނުވާނެ ކަމުގައިވެސް މާރޗް މަހުގެ 28 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އެސިޓީއާ ގުޅިގެން ރައީސް ޔާމީނާއި ސަރުކާރަށް ވަނީ އިތުރު ފާޑު ކިއުންތަކެއް އަމާޒުވެފައެވެ. އެގޮތުން ނަސަންދުރާ ކުއްޔަށް ދޫކޮށްފައިވަނީ ރައީސް ޔާމީންގެ ޅިޔަނަކަށް ކަމަށާއި އެކަން ހިނގާފައިވާ ގޮތުން އެކަން ކުރުމުގައި ރައީސް ޔާމީންވެސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް