| 7 ޖެނުއަރީ 2017 | ހޮނިހިރު 20:52 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އުރީދޫގެ މޯބައިލް އިންޓަނެޓް އަދި ބްރޯޑްބޭންޑް އިންޓަނެޓް ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތިވެ އިންޓަނެޓްގެ ޚިދުމަތް ލަސްވުން ފަދަ ކަންތައް ދިމާވަމުން ދާ ކަމަށް އުރީދޫއިން ހާމަކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އުރީދޫން އާންމުކޮށްފައިވާ ބަޔާނުގައިވާ ގޮތުގައި މިދިޔަ ހަފްތާއިން ފެށިގެން އުރީދޫއަށް އަނެއްކާ ވެސް ޑީޑޮސް އެޓޭކުތަކެއް ދަނީ އަމާޒުވަމުންނެވެ.
މިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ މަދަދު ހޯދަމުންދާ ކަމަށާއި ވަރަށް އަވަހަށް ކަސްޓަމަރުންނަށް ފުލް ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް އުރީދޫއިން ހާމަކުރެއެވެ.
ޑީޑޮސް އެޓޭކުތަކަކީ މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ވަރަށް އާންމުކޮށް ކުރިމަތިވަމުން ދާ މައްސަލައެކެވެ. މިފަދަ އެޓޭކްތަކުގެ ސަބަބުން ޚިދުމަތަށް ބާރުބޮޑުވެ ބޭނުންނުކުރެވޭ ވަރަށް ލަސްވެގެންދެއެވެ.
އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން އުރީދޫ އަދި ދިރާގަށް ވެސް ޑީޑޮސް އެޓޭކްތަކެއް އަމާޒުވެ އިންޓަރނެޓްގެ ޙިދުމަތް ލަސްވެގެންދިޔައެވެ.
އެހެންނަމަވެސް ދެ ކުންފުނި ގުޅިގެން ކުރި މަސައްކަތްތަކުން އަލުން ކަސްޓަމަރުންނަށް ވަނީ ފުލް ސްޕީޑުގައި އިންޓަރނެޓްގެ ޚިދުމަތްދޭން ފަށާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް