14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ބީއެމްއެލް

ބީއެމްއެލްއިން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރަނގަޅު ފައިދާއެއް ހޯދައިފި!

  • އެ ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންވަރެއްގައި ހިފަހެއްޓިފަ
އަމިނަތް ނުޒުހާ | nuzu8121

| 29 އޭޕުރިލް 2018 | އާދީއްތަ 14:13 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު އެކުންފުނީގެ ހިންގުމުން ލިބުނު ފައިދާވަނީ %11 އިތުރުވެފަ -- ފޮޓޯ : މުހައްމަދު ޝަރުހާން

ހަރުދަނާ މާލީ ނަތީޖާއަކާ އެކު ބީއެމްއެލްއިން ފުރަތަމަ ކުއާޓަރ ގައި ފާހަގަ ކޮށްލެވޭފަދަ ފައިދާއެއް ހޯދައިފިއެވެ. ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވުމާއެކު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު އެކުންފުނީގެ ހިންގުމުން ލިބުނު ފައިދާ ވަނީ 11 އިންސައްތަ އިތުރުވެފައެވެ.

އަލަށް ބޭނުންކުރަން ފަށާފައިވާ އެކައުންޓިންގ ސްޓޭންޑަރޑް އައިއެފްއާރުއެސް 9 ގެ ދަށުން  ލޯން ޕްރޮވިޜަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރުވެފައިވީ ނަމަވެސް ކުއާޓަރގެ ހިސާބުތަކަށް ބަލާލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ ވަނީ 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %3 އިތުރުވެފައެވެ.  އެއް މިންގަނޑަކުން އަޅާބަލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ ވަނީ 13 އިންސައްތަ އެވެ. ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ، އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ 2017 ވަނަ އަހަރު ނިމުނު އިރު ހުރި ނިސްބަތްކަމަށްވާ 4.1 އިންސައްތަ އިން 3.2 އިންސައްތަ އަށް ދަށްކުރެވިފައިކަަށް ބީއެމްއެލުން މައުލޫމާތު ދެއެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންވަރެއްގައި ހިފަހެއްޓިފައެވެ.

"ކާމިޔާބުކަމާއެކު މިއަހަރު ފެށުނީތީވެ އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިފަ. މިއީ ގިނަ މަސައްކަތްތަކެއް ކުރެވުނު ކުއާޓަރއެއް. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މި ބާރު މިނުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭނަން. މިދިޔަ ކުއާޓަރ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކުއާޓަރ އެއް ނަމަވެސް އަޅުގަނޑުމެންގެ މުވަައްޒަފުން ވަނީ ފާހަގަކޮށްލެވޭ ފަދަ ހީވާގި މަސައްކަތްތަކެއް ކޮށްފަ" މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވިއެވެ.

މި އަހަރުވެސް ބީއެމްއެލް އިން ދަނީ މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގަމުންނެވެ. އަދި މިދިޔަ ފެބްރުވަރީ މަހު އެކަނިވެސް  "އަހަރެންގެ ބޭންކް" ގެ ދަށުން 28 ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު މި ހަރާކަތްތައް މެދުވެރިކޮށް ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ދާއިރާގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް