13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:16

މައުމޫން

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

އަބުދުﷲ މުހައްމަދު | 8Abbo

| 7 ޖެނުއަރީ 2017 | ހޮނިހިރު 20:10 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


މަރާލާފައިވާ މީހުންގެ ތެރެއިން 30 މީހެއްގެ ހަށިގަނޑާއި ބޯ ވަނީ ވަކިކޮށްފައި -- ގޫގުލް

ބްރެޒިލްގެ ޖަލެއްގެ ގައިދީން ހިންގި ހަމަނުޖެހުންތަކެއްގައި 56 މީހުން މަރުވިތާ ދެތިން ދުވަސް ތެރޭ އެގައުމުގެ އުތުރުގެ ޖަލެއްގައި 33 މީހުން މަރާލައިފިއެވެ.

 

އޮފިޝަލުން ވިދާޅުވީ ތިރީސް މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ބޮލާ ވަކިކޮށްލާފައިވަނިކޮށް ކަމަށެވެ.

 

އެ ސްޓޭޓްގެ ސެކްރެޓަރީ އޮފް ޖަސްޓިސް ބީބީސީގައި ވިދާޅުވެފައިވަނީ އޭނާ ޝައްކު ކުރަނީ އެ މަސްތުވާތަކެތީގެ ގޭންގްތަކުން ހިންގާފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ގައިދީން ތޮއްޖެހިފައިވާ މޮންޓެ ކްރިސްޓޯ ރޫރަލް ޕެނިޓެންޝަރީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ޖަލުގެ ތެރޭ ބިރުވެރި ހަމަނުޖެހުން ހިންގަނީ ކުށްވެރިންގެ އެކި ފެކްޝަންތަކުން އެއްބައެއް އަނެއްބައެއްގެ މައްޗަށް ޖަލުގެ ތެރޭގައި ކޮންޓްރޯލް ނެގުމަށެވެ.

 

އެގައުމުގެ މީޑިއާގައި އޮފިޝަލުން ވިދާޅުވެފައިވަނީ ގައިދީން ޖަލުގައި ހަމަނުޖެހުން ހިނގާފައިވަނީ އެމީހުން ތިބި ސެލްގެ ތަޅު ހަލާކުކޮށްލުމަށް ފަހު ޖެހިގެން ހުރި އިމާރާތް ވެސް ސުންނާފަތި ކޮށްލައިގެންނެވެ.

އޮފިޝަލުން ވިދާޅުވީ މި ހާދިސާ އާއި އާދީއްތަ ދުވަހު މެނައުސްގެ ޖަލެއްގައި ދެ ގޭންގެއް ކަމަށްވާ ޕީސީސީއާ ވާދަވެރި ފެމިލީ އޮފް ދި ނޯތް ގޭންގާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅުމެއް އޮތް ކަން ސާފު ނުވާ ކަމަށެވެ. އެ ދުވަހުގެ ހަމަނުޖެހުންތައް ކޮންޓްރޯލް ވި 17 ގަޑިއިރު ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް