15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ސިޔާސީ ހައްޔަރީން

ހުކުމް ކުރަނީ ޖަލަށެވެ. މަރާކަށް ނޫނެވެ.

 • ޖަލަށް ހުކުމް ކުރާ ގިނަ ބައެއްގެ ސިއްހީ ކަންކަމުގައި ސަރުކާރުން ދަނީ އިހުމާލުވަމުން
 • ސިޔާސީ ފަރާތްތަކުގެ ސިއްހީ ކަންކަމުގައި އިހުމާލުވުން އިތުރު
 • އިހުމާލުވާ ފަރާތްތައް ޒިންމާދާރުކުރެވޭނެ ދުވަހެއް އަންނާނެ
މިއުވާން މުހައްމަދު | Miuvaan

| 28 އޭޕުރިލް 2018 | ހޮނިހިރު 17:28 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ކުރީގެ ޕީޖީ މުހުތާޒް މުހުސިން -- މިހާރު

2015ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައިދިޔަ ކަންކަމަށް ފަހު، ދެން ފެންނަން ފެށީ ފުލުފުލުގައި މީހުން ޖަލަށް ލާން ފެށިތަނެވެ. ސަރުކާރުގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި ހިސާބުން ފެށިގެން ގޮސް، އިދިކޮޅު އިސް ލީޑަރުންނާއި އާއްމު ރައްޔިތުން ޖަލަށް ލާން ފެށިއެވެ. ބައެއް ފަރާތްތަކުގެ ޝަރީޢަތްތައް ކުރިއަށް ދިޔަ ސްޕީޑުގެ އަވަސް މިނަކީ، ޝަރީޢަތުގެ މަޖިލީހެއް ނިމި، އެމަޖިލީހުގައި ހިނގައިދިޔަ ކަންކަމުގެ ތަފްޞީލީ މައުލޫމާތު ހިމެނޭ ރިޕޯޓެއް ނޫސްވެރިޔަކަށް ލިޔެ ނުނިމެނީސް އަނެއް މަޖިލިސް ބާއްވައެވެ. ޝަރީޢަތްތައް ފަޓާސް ބަރިއެއް ގޮއްވާލާ އުޞޫލުން ފުލުފުލުގައި ގެންގޮސް ނިންމާލިއިރު، ކުށެއް ކުރި މީހަކަސް، ނުކުރާ މީހަކަސް އެއް އުޞޫލަކުން، ޤާނޫނުތަކާއި ފުށުއަރާފަދަ ގޮތަކަށް ޝަރީޢަތްތައް ކުރިއަށް ދިޔަ ކަމަށް މުޅި ދުނިޔެއިން ބުނަން ފެށިއެވެ. 

އެތައް ބަޔަކު ޖަލަށްލުމަށް ފަހު ދެން އިވެން ފެށީ ބިރުވެރި ވާހަކައެކެވެ. ޖަލުގައި ތިބި ސިޔާސީ ފަރާތްތަކަށް އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ ވާހަކައެވެ. ޖަލުގައި އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގުން މާޒީވެ ހިނގައްޖެ ކަމަށް ހީކުރި ދިވެހިންނަށް މި އަޑުތައް ވީ އަހަން އުނދަގޫ އަޑު ތަކަކަށެވެ. 

2015ވަނަ އަހަރަށް ފަހު ޖަލުގައި ބަންދުކުރެވުނު ސިޔާސީ ފަރާތްތަކުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރ) މުހައްމަދު ނާޒިމްއާއި ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުރުން ވެސް އެތައް ބަޔެއްގެ ސިއްހީ ކަންކަމަށް ސަރުކާރުން ވަނީ އިހުމާލުވެފައެވެ.

ރައީސް ނަޝީދު ބަންދު ކޮށްގެން އުޅުމުން ބައިނަލްއަޤްވާމީ ޕްރެޝަރ ބޮޑުވެ، ސަރުކާރަށް ނުކަތާ ވަރުވުމުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުމުން އެކަން ސަރުކާރުން މަޖުބޫރީ ހާލަތުގައި ކުރިއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޙާލަތުއްޟަރޫރާ މެދުވެރިވިއެވެ. 

ބާކީ ތިއްބެވި ބޭފުޅުން މިއަދުވެސް ޖަލުގައި ތިބިއިރު، އެބޭފުޅުންގެ ސިއްހީ ކަންކަމަށް ސަރުކާރުން އިހުމާލުވާ ވާހަކަ ކޮންމެ ދުވަހަކު އާއިލާއިން އެދަނީ ދައްކަމުންނެވެ. ލޮލުގެ ޑޮކްޓަރަކަށް ދައްކަން ބުނުމުން ހަމުގެ ޑޮކްޓަރުންނާއި ކަށީގެ ޑޮކްޓަރުންނަށް ދައްކަމުންދާއިރު، މިއީ ސަރުކާރުން ޖެއްސުމަށް ކުރާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ނުވަތަ ހަޤީގަތުގައި ވެސް ހަމުގެ ނުވަތަ ކަށީގެ ބައްޔެއް ހުރެ، ސަރުކާރުން އާއިލާއަށް އެކަން ސިއްރުކޮށްގެން އުޅެނީހެއްޔެވެ؟ 

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނިމިދިޔަ ހަފްތާގައި ކޯޓަށް ވަޑައިގެން އެދެއްކެވި ވާހަކަތަކުން ޖަލުން ބޭރުގައި ތިބި ކޮންމެ ރައްޔިތަކު ވިސްނާލަން ޖެހެއެވެ. ލޮލުގެ ފެނުން ނުގެއްލެނީސް އެކަމަށް ހައްލެއް ހޯދައިދިނުމަށް އަދީބު އާދޭސް ދެންނެވިއިރު، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އެދެވެނީ ލާއިންސާނީ އަނިޔާއެވެ. ކުށްވެރިޔަކަސް، މިނިވަނަކަސް ލިބިގެންވާ ހައްޤުތައް ލިބިދޭން ޖެހޭނެއެވެ. ސަރުކާރުން ކުރިން ބުނަމުން ދިޔައީ އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާނެ ކަމަށާއި، ރާއްޖެއަށް ޑޮކްޓަރުން ގެނެސްގެން ވެސް ބޭސްފަރުވާ ކުރެވިދާނެ ކަމަށެވެ. އެހެން ކަމަށްވާނަމަ ލޮލުގެ ޑޮކްޓަރަކަށް ދެއްކުމުގެ ކަންތައް ސަރުކާރަށް ނުވާނަމަ، އާއިލާއާއި އެކަން ހަވާލުކޮށްގެން ކޮށްދިނުމަށް އަދީބުގެ އަނބިކަނބަލުން އެކުރައްވާ އާދޭހަށް ސަރުކާރުން އިޖާބައެއް ނުދެނީ ކީއްވެތޯއެވެ؟ މިވެސް ސަރުކާރުން ދައްކާ ޖޯކު ވާހަކައެކެވެ. ޖަލުގައި ހުރި މީހަކު ލޮލުގެ ޑޮކްޓަރަށް ދައްކަން ނަމްބަރެއް ނުލިބޭ ކަމަށް ބުނެފައި، އަނގަ ފުޅާކޮށްފައި ސިިއްހީ ދާއިރާގެ ތަރައްޤީއޭ ކިޔައި، ކޮންމެ މީހަކު އެދައްކަނީ ކޮން ވާހަކައެއްތޯއެވެ؟ އެހާ ތަރައްޤީނަމަ ލޮލުގެ ޑޮކްޓަރަކަށް ނަމްބަރެއް ލިބޭނެއެވެ. ދައްކާ ވާހަކަ ދެކޮޅު ޖައްސަވާށެވެ.

ކުރީގެ ޕީޖީ މުހުތާޒްގެ ސިއްހީ ކަންތަކުގައިވެސް ސަރުކާރުން އިހުމާލުވާކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. ޤަވާޢިދުން ފިޒިއޯތެރަޕީ ދޭން އެންގުމުން ކަރެކްޝަންސްއިން އެކަން ކޮށްފައި އޮތް ގޮތް އެހެރީ ލިޔެކިޔުންތަކުން ފެންނާށެވެ. ޤަވާޢިދުން ކޮންމެ ދުވަހަކު ހަދަން ޖެހޭ ފިޒިއޯތެރަޕީ ހަދާފައި ހުންނަނީ ކަރެކްޝަންސްއިން ހިތަށް އެރި ދުވަހަކުއެވެ. ސިއްހީ އެކި މައްސަލަތަކާއި ހެދި ހަދަން ދިން ޓެސްޓްތަކުގެ ތެރެއިން އެއް ޓެސްޓް ރާއްޖެއިން ހެދެން ނެތުމުން، އެޓެސްޓް ހަދަން ރާއްޖެއިން ބޭރަށް ދާން ހުއްދައަށް އެދުމުން އެކަން ކޮށް ނުދޭކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖޭގައި ހުރި ހަމައެކަނި ދިވެހި ނިއުރޯސާޖަން ހަދަން ރެކޮމެންޑްކުރި ޓެސްޓެއް އެއީ ހަދަން ނުޖެހޭ އެއްޗެއް ކަމަށް ކަށީގެ ޑޮކްޓަރަކު ބުނި ކަމަށް ބުނެ ކަރެކްޝަންސްއިން ދަނީ އެޓެސްޓް ހަދަން ދެކޮޅު ހަދަމުންނެވެ. އަދި އެކަށީގެ ޑޮކްޓަރު މުހުތާޒް ބައްލަވަން އިންނަވާފައި ކުއްލިއަކަށް ބޭރަށް ނިކުމެވަޑައިގެން އިރުކޮޅެއްވުމަށް ފަހު އަނެއްކާ ވަޑައިގެން އެއީ ހަދަން ނުޖެހޭ ޓެސްޓެއް ކަމަށް ވިދާޅުވީމާ، އާއިލާއިން ސުވާލު އުފައްދާ އެތައް ކަމެއް އެބަހުއްޓެވެ. އަދި މިއީ ހަމަ އަދީބު ލޮލުގެ ޑޮކްޓަރަށް ދައްކަން ބުނުމުން ހަމުގެ ޑޮކްޓަރަކަށް ދެއްކުން ފަދަ ކަމެކެވެ. ނާރުގެ މައްސަލައެއްގައި ނާރުތަކުގެ ސަރޖަރީއާއި ބެހޭ ޑޮކްޓަރަކު ހަދަން ޖެހޭ ކަމަށް ބުނި ޓެސްޓެއް ހަދަން ނުޖެހޭ ކަމަށް ކަށީގެ ޑޮކްޓަރަކު ލައްވާ ބުނުވުމުން، ސަރުކާރުން ގަސްދުގައި ފަރުވާ ނުދޭން އުޅެނީ ކަމަށް ޢާއިލާއިން ޤަބޫލުކުރެއެވެ. މިހާރު އަނެއްކާވެސް ހާލު ދެރަވެގެން ޖަހަން ޖެހޭ އިންޖެކްޝަނެއް ޖެހުމަށް ތައްޔާރުވަމުންދާއިރު، މުހުތާޒުގެ އާއިލާގެ އާދޭހަކީވެސް ބޭސްފަރުވާގެ މަގު ފަހިކޮށްދިނުމެވެ. 

ޖަލުގައި ތިބި ޤައިދީގެން އާއިލާތަކުގެ ޝަކުވާތައް އަޑު އަހާލުމުން ހީވަނީ ޖަލަށް ހުކުމް ކުރުމުގެ ބަދަލުގައި ޤައިދީންނަށް ހުކުމްކޮށްފައިވަނީ މަރުގެ ހުކުމެއް ހެންނެވެ. އެއީ އެކަން ވެެގެން ވާނެ ގޮތެއް ނޫނެވެ. ޖަލުގައި ތިބޭ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެކެވެ. އެކަން ނުކޮށްފިނަމަ، އެކަމަށް އިހުމާލުވި ބަޔަކު ޒިންމާދާރު ކުރުވޭނެ ދުވަހެއް އަންނާނެއެވެ. އެދުވަހަކުން އެބަޔަކު ޖަލަށް ހުކުމް ކޮށްފިނަމަ، އެބަޔަކު ޖަލުގައި ބައިތިއްބައިގެން މިހާރު އަމަލުކުރާ ބީދައިން އަމަލުކުރަން އެފަރާތްތަކުން އެދޭނެ ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް