16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އައްޑޫ ސިޓީން ގެއްލުނު ކުދިން

ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!

  • މީޑިއާތަކަށް ހިއްސާކުރާ މައުލޫމާތަށް ވުރެ، ތަފްސީލް މައުލޫމާތު އާއިލާތަށް ހިއްސާކުރަންޖެހޭ
  • އައްޑޫގެ ޒުވާނުންގެ ޓީމަކުން ވެސް ދަނީ ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން
މުހަންމަދު ވިސާމް | sampathmasiw

| 28 އޭޕުރިލް 2018 | ހޮނިހިރު 13:14 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ހިތަދޫ، ޗަނބޭލީގޭ، އުމުރުން 17 އަހަރުގެ އަލީ ފަހުމީ އަދި އެރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ -- ރާއްޖެއެމްވީ

އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތު (ކިބިވަލު) ސަރަހައްދަށް މޫދަށް އެރިގެން އުޅެނިކޮށް 2 ކުދިން ގެއްލުނުތާ މިއަދަށް ހަފްތާއެއް ވީއެވެ. ގެއްލިގެން ހޯދަމުންދަނީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ، 17 އަހަރު އަދި ޓޮޕާޒް މަޔާމީން އަލީ، 14 އަހަރެވެ. އެ ދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެމްއެންޑީއެފުން އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. ތިން ކުދިން ހޯދުގެ މަސައްކަތް އެމްއެންޑީއެފުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ދާއިރު، އައްޑޫގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުއްޓެއެވެ.

ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް އެ ދެ ކުދިންގެ އާއިލާތަކާއި ގުޅިގެން އައްޑޫގެ މަސްވެރިންނާއި ޒުވާނުންގެ ހާއްސަ ޓީމަކުން ދަނީ ކުރިއަށް ގެންދަމުންނެވެ. އައްޑޫގެ 40 އަކަށް މީހުން މިހާރު ވެސް އެޓީމްގައި ހިމެނޭއިރު، އިސްކޮށް ހުންނަނީ އުމުރުން 55 އަހަރުގެ ހުސެއިން ސޯލިހުއެވެ. 

ގެއްލުނު ދެ ކުދިން ހޯދުމަށް ބަލާ ފާސްކޮށްފައިވާ ސަރަހައްދު

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހުސެއިން ސޯލިހް ބުނީ ދެ ކުދިން ހޯދުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތު ދިނުމުން، ކުރާ މަސައްކަތުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެހެން ނަމަވެސް ދެ ކުދިން ގެއްލުމާ ގުޅިގެން އައްޑޫގެ ގިނަ ރައްޔިތުން އެކުދިން ފެންނާނެ ކަމުގެ އުންމީދުގައި އަދިވެސް ހޯދަމުން ދާއިރު، ދެ ކުދިން ހޯދުމަށް ކުރާ މަސައްކަތުގައި ތަފްސީލީ މައުލޫމާތު އެ ދެ ކުދިންގެ އާއިލާއަށާއި އައްޑޫގެ ރައްޔިތުންނަން ދޭން ޖެހޭނެ ކަމަށް ގަބޫލް ކުރާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަން އަޑު އިވެނީ ރާއްޖެޓީވީން، ވީޓީވީން، ޓީވީއެމުން، ސިފައިން މި ވެނި ސަރަހައްދެއް ބަލައިފިއޭ. މިކަން މިހެން ކޮށްފިއޭ ބުނާ އަޑު. އެކަމު އެ އަށް ވުރެ ބޮޑަށް ރައްޔިތުން ބޭނުން އެކަން އެނގެން. އެހެންވީމަ މިއަދުން ފެށިގެން ވެސް އަޅުގަނޑުމެންނަން މި މައުލޫމާތުތަށް ލިބެން އެބަޖެހޭ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހުސެއިން ސޯލިހް ބުންޏެއެވެ.

ހުސެއިން ސޯލިހް ރާއްޖެއެމްވީއަށް މައުލޫމާތު ދެނީ 

އެމްއެންޑީއެފުން ބުނީ ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ގިނަ ޑައިވަރުން ހަރަކާތްތެރިވާއިރު، ދެ ކުންދިން ހޯދުމުގެ މަސައްކަތުގައި ޑައިވިންގ ރޮބެޓްގެ އެހީތެރިކަން ވެސް އަންނަނީ ބޭނުން ކުރަމުން ކަމަށެވެ. އެގޮތުން ރޮބެޓް މެދުވެރިކޮށް ވެސް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް ބުންޏެއެވެ. މިހާތަނަން ފުލުހުންގެ އެހީ ތެރިކަމާ އެކު ކުރި މަސައްކަތުގެ އައްޑޫގެ ފުއްޓަރު ފަރާތުން ވަނީ ފަހުމީގެ ސޯޓް ކަމަށް ބެލެވޭ ސޯޓަކާއި މިޔާމީންގެ ބޮކްސާ ކަމަށް ބެލެވޭ ބޮކްސާއެއް ފެނިފައެވެ.

 

ހިތަދޫ ފުއްޓަރު ފަރާތުން ފެނުނު ފަހުމީގެ ސޯޓް ކަމަށް ބެލެވޭ ސޯޓް

ތިން ކުދިން ހޯދުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން މިޔާމީންގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުﷲ ސާމް ބުނީ ދެ ކުދިން ހޯދުމަށް އައްޑޫގެ ޓީމަކުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެ ކުދިން ހޯދުމަށް އައްޑޫގެ ޒުވާނުންގެ ޓީމަކުން ޑައިވްކޮށް، މޫނު މަތި އަޅައިގެން ސްނޯކްލިން ވެސް ދަނީ ކުރަމުނެވެ، އެމްއެންޑީއެފުން ބުނީ މިހާތަނަށް 370 މީޓަރުގެ ސަރަހައްދަކުން 40 މީޓަރު އަޑިއަށް ފީނާ ހަދާފައިވާ ކަމަށެވެ.

ގެއްލުނު މިޔާމީންގެ ބޭބެ ރާއްޖެއެމްވީއަށް މައުލޫމާތު ދެނީ 

"އަހަރުމެން ބޭނުންވަނީ ހެލްކަޕްޓަރ ބޭނުންކޮށްގެން ތަންކޮޅު ދުރު ސަރަހައްދުތަށް ބަލަން،" ސާމް ބުންޏެއެވެ.

ހިތަދޫ ފުއްޓަރު ފަރާތަށް ހޮނިހިރު ދުވަހު އުމުރުން 16 އަހަރުގެ އަލީ ރާއިފާ އެކު އަލީ ފަހުމީ އާއި މިޔާމީން އަލީ ވެސް ދިޔައެވެ. އެ ދުވަހު ނެގި ބިޔަ ރާޅުތަކުގެ އޮއިވަރާ އެކު ތިން ކުދިން ކަނޑުވަމުން ދަނިކޮށް، ހަސަން ކިޔާ އައްޑޫގެ އާންމު މީހަކު ވަނީ މޫދަށް އެރި ގޮނޑުދަށާއި އެންމެ ކައިރީގައި އޮތް، ރާއިފްގެ ފުރާނަ ސަލާމަތްކޮށްފައެވެ. އެހެން ނަމަވެސް ފަހުމީ އާއި މިޔާމީން ވަނީ ކަނޑުވެ ގެއްލިފައެވެ. މިއަދު އެ ދެކުދިން ގެއްލިފައިވާއިރު އެ އާއިލާތަކުގެ އުންމީދަކީ އެކުދިން ދިރިތިއްބައި ފެނުމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް