19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މައުމޫން

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

ލީވާން އަލީ | MrLeevaan

| 7 ޖެނުއަރީ 2017 | ހޮނިހިރު 19:22 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަބްދުލް ވައްހާބު މީޑިއާ އަށް މައުލޫމާތު ދެއްވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މަޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުރިން ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އަށް އެ ކްލަބުން ކުރެވުނު އިންވެސްޓްމެންޓް "ވޯތު" ނޫން ކަމަށާއި، އޭނާ ޓީމުގައި ނެތްތަން ނުދައްކާނެ ކަމަށް މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކެ) ވިދާޅުވެއްޖެއެވެ.

 

ގަލޮޅު ދަނޑުގައި މާޒިޔާ އިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައްހާބު ވިދާޅުވީ ވަކި ވަކި ކުޅުންތެރިން އަންނަ ސީޒަނުގައި މާޒިޔާ އިން ނުފެންނާނެ ކަމަށާއި، އެގޮތުން ދަގަނޑޭ ނުފެންނާނެ ކަމަށެވެ.

 

އެހެންނަމަވެސް ވައްހާބު ވިދާޅުވީ ދަގަނޑޭ ނެތް ތަނެއް ވެސް އަދި ޓީމު ދޫކޮށް ދިޔަ ކުޅުންތެރިން ނެތްތަން ވެސް ނުދައްކާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މިދިޔަ ސީޒަނުގައި ތިން ތަށި ކާމިޔާބުނުކުރެވުމުން އަޝްފާގަށް ކުރި އިންވެސްޓްމެންޓް ވެސް "ވޯތު" ނޫން ކަމަށެވެ.

 

ކާމިޔާބު ހޯދޭނީ މަސައްކަތްކޮށްގެން ފާހަގަކުރައްވަމުން ވައްހާބު ވިދާޅުވީ މާޒިޔާ އަންނަ ސީޒަނަށް ނިކުންނާނީ ހުރިހާ ތައްޓެއް ކާމިޔާބުކުރަން ކަމަށާއި، އެ ކާމިޔާބީ ޓީމާ ގުޅޭ އާ ބިދޭސީ ކުޅުންތެރިން އަދި މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިން ލައިގެން ހޯދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް