18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސީ އިންތިހާބު

ރެއާއި ދުވާލުވެސް ވިސްނެނީ ވެރިކަމާއިމެދު؟

  • ޤާނޫނު އަސާސީ ބުނާ ގޮތުން އެކަކަށް ވެރިކަމުގައި ހުރެވޭނީ ގިނަވެގެން 5 އަހަރުގެ 2 ދައުރު
  • ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނޮވެމްބަރު މަހު ނިމޭނެ
  • 2 ވަނަ ދައުރަކަށް އިންތިޚާބުވާހާ ތާޢީދު އެބައޮތްތޯ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާ
މިއުވާން މުހައްމަދު | Miuvaan

| 27 އޭޕުރިލް 2018 | ހުކުރު 17:54 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


މެމްބަރު ނިހާން: ރެއާއި ދުވާލުވެސް ވިސްނެނީ ރައީސް ޔާމީނަށް 2 ދައުރަށްވުރެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވޭނެ ގޮތަކާއިމެދުކަމަށް ވިދާޅުވި -- ފޮޓޯ : މުހައްމަދު ޝަރުހާން

ޤާނޫނު އަސާސީގައި ބުނާ ގޮތުން އެކަކަށް ވެރިކަން ކުރެވެނީ ގިނަ ވެގެން 5 އަހަރުގެ 2 ދައުރެވެ. އެއީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރިޔާސީ ނިޒާމު ހިނގާ ގިނަ ޤައުމުތަކުގައި އޮންނަ ގޮތެވެ. ބަރުލަމާނީ ނިޒާމުތައް އޮންނަ ޤައުމުތަކުގައިވެސް ރައީސަކަށް ހުންނަވާ ބޭފުޅަކަށް ގިނަ ފަހަރު އޮންނަނީ 2 ދައުރުގެ ޓާރމް ލިމިޓެކެވެ. ބަރުލަމާނީ ނިޒާމުތަކުގައި ގިނަ ޤައުމުތަކުގައި ބޮޑުވަޒީރުކަމުގައި ހުންނަވާ ބޭފުޅަކަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން އޮތްހާ ހިނދަކު މަޤާމުގައި ދެމި ހުންނެވޭނެއެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ޤައުމެއްގައި ތާއަބަދަށް އެއް ބޭފުޅަކު ބޮޑުވަޒީރުކަމުގައި ނުބަހައްޓައެވެ. ދުނިޔޭގެ ޤައުމުތަކުގެ ގާތްގަނޑަކަށް 90 ޤައުމުތަކުގައި އޮންނަނީ މި އުޞޫލެވެ. 

ދެން އޮތީ މި ކުޑަކުޑަ ރާއްޖޭގެ ވާހަކައެވެ. ދުނިޔޭގެ އާބާދީގެ ބޮޑުބައެއް އެއްކަމަކަށް އެއްބަސްވެއްޖެނަމަ އެކަމަކަށް މިހާރުގެ ސަރުކާރުން ދެކޮޅު ހަދަން ޖެހެއެވެ. ހުދުމުޚުތާރު ސިފައެއް ޤައުމަކުން ބަލައިގެންފިނަމަ ލަސްތަކެއް ނުވެ އެކަމެއް ރާއްޖެއިންވެސް ކުރަން ޖެހެއެވެ. ދާދިފަހުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ރައީސް ޝީ ޖިންގް ޕިންގްއަށް ދާއިމަށް ވެރިކަމުގައި ހުންނެވޭނެފަދަ ބަދަލުތަކެއް ގެނައުމާއެކު ރާއްޖޭގެ ވެރިކަން ކުރާ ޕާޓީއިން އެކަން ކުރަން ވެއްޖެއެވެ. އެކަން ކުރައްވާ ހިތުން މަޖިލިސް ބައެއް މެމްބަރުންނަށް ލޮލު ފިޔަވެސް ނުޖެހެއެވެ. 

މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އެބޭފުޅުން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައިވާ ކަންކަމެވެ. ނިމުނު ހަފްތާގައި ކޮންމެވެސް ރަށެއްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި މަޖިލީހުގެ މައިނޯރިޓީ މެމްބަރުންގެ ލީޑަރަށްވީ ނަމަވެސް މެޖޯރިޓީ ލީޑަރުކަމަށް ވިދާޅުވާ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އަދި އިތުރު ދައުރުތަކެއްގައި ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓޭނެ ގޮތްތަކެއް ހޯދަން ނިހާނުގެ ބޮލުގައި ކޮންމެ ރެއަކާއި ކޮންމެ ދުވާލަކު ވިސްނުމުގައި އޮންނަ ކަމަށެވެ. ރެއާއި ދުވާލު ވެރިކަމުގެ ވިސްނުމުގައެވެ. ވެރިކަމުގައި ދަހިވެތިކަމާއި، ވެރިކަމުގެ އަރާމާއި ލައްޒަތު ލިބުމުން ވެރިކަމަށް ޕީޕީއެމްއިން ދެވިހިފީއޭ ބަޔަކު ބުނީމާ، ގޯސްވާނީ އެބުނި މީހާއެވެ. 

މިޤައުމުގައި ރައީސް ޔާމީންވެސް، އަދި އެހެން ވެރިޔަކުވެސް ހިތުހުރިހާ ދުވަހަކު ވެރިިކަމުގައި ބަހައްޓާކަށް ރައްޔިތުން ނުރުހޭނެއެވެ. ޑިމޮކްރެޓިކް އިންތިޚާބެއް ބާއްވައި، ވޯޓުލާން ދިވެހިންނަށް ލިބުނު ފުރަތަމަ ފުރުސަތުގައި 2008 ވަނަ އަހަރު އެކަން އެވަނީ ސާބިތުކޮށްދީފައެވެ. ދިވެހިން ވެރިޔަކު ބޭނުންވަނީ 5 އަހަރަށްކަމަށާއި، އެ 5 އަހަރު ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްފިނަމަ އިތުރު 5 އަހަރު ދޭން ފުރުސަތު ހުޅުވާލަން ދިވެހިން ވަނީ 2008 ވަނަ އަހަރު ފާސްކުރި ޤާނޫނު އަސާސީއާއިއެކު ނިންމާފައެވެ. އަދި ދެވަނަ 5 އަހަރު ނިމުމުން ދެން ވެރިކަމަށް އަންނަން ޖެހޭނީ އެހެން މީހެއްކަމަށާއި، އެހެން ނަމަވެސް ވެރިކަންކުރި މީހާގެ ސިޔާސަތު ރަނގަޅުނަމަ އެސިޔާސަތުތައް ހިފައިގެން އޭނާ ނިސްބަތްވާ ޕާޓީގެ އެހެން މީހެއް އައުމުން ވޯޓު ދޭނެކަމަށް ދިވެހިން އެވަނީ ބުނެފައެވެ. ޑިމޮކްރަސީއަކީ އެއީއެވެ. 'ފާޑެއްގެ ޑިމޮކްރަސީ' އެކޭ ކިޔާ އެނިޒާމަށް ޕީޕީއެއިން ހަޖޫ ޖެހިޔަސް، ދުނިޔޭގެ އާބާދީގެ ބޮޑު ބައި ތާޢިދުކުރަނީ އެގޮތަށެވެ. އެމީހުން 'ފާޑެއްގެ އެއްޗެއްގެ'ގެ ގޮތުގައި ބަލަނީ ވިރާސީ ރަސްކަމާއި، ކޮމިއުނިސްޓް ވެރިކަމަށެވެ. 

ޕީޕީއެމްގައި ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ވެރިކަމަށް ކުފޫ ހަމަނުވަނީތޯއެވެ؟ އެމަނިކުފާނަށް ތާއަބަދަށް ވެރިކަންކުރަން ނުދެވިގެން ޕީޕީއެމް އިން އުޅެނީ ކޮންމެ ދައުރަކު އިތުރު އެމްއެމްޕީއާރްސީ ފަދަ މައްސަލައެއް ފެންމަތިކުރަންތޯއެވެ؟ ރައީސް ޔާމީނަކީ ފުރަތަމަ 5 އަހަރު ނިމުނުއިރުވެސް އެކަށީގެންވާ ސަރުކާރެއް އެކުލެވާލެވުނު ބޭފުޅެއްތޯއެވެ؟ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ބޭފުޅުންނަށް ނައިބު ރައީސްކަން ދިންތޯއެވެ؟ ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ބޭފުޅުންނަށް ޑިފެންސް މިނިސްޓަރުކަން ދިންތޯއެވެ؟ ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ބޭފުޅުންނަށް ހެލްތު މިނިސްޓަރުކަން ދިންތޯއެވެ؟ ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުން ބަދަލުކުރަން ޖެހުނުތޯއެވެ؟ ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ކުންފުނިން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތިވިތޯއެވެ؟ އެމްއެމްޕީއާރްސީ، ފެނަކަ، ސްޓެލްކޯ، އެމްއާރްޑީސީ، މިފްކޯ، އެސްޓީއޯ އަދި އާސަންދަ ފަދަ ކުންފުނިތަކުގެ ކޮރަޕްޝަންގެ ޚަބަރުތައް ގިނަވެ، އެކުންފުނިތަކުން އަސްލު ދޭ ޚިދުމަތްތަކަކީ ކޮބައިކަން ރައްޔިތުންނަށް އޮޅޭ ނުވަތަ ހަނދާން ނެތޭ ހިސާބަށް ކަންތައް ދިޔައީވެސް ތިވިދާޅުވާ ރައީސް ޔާމީނެއްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އަދި އިތުރު ދައުރުތަކެއް ދީފިނަމަ ހާލަތަކީ ކޮބައިތޯއެވެ؟

ރައީސް ޔާމީނަށް ދާއިމަށް ވެރިކަން ނުދެވިގެން ޕީޕީއެމްއިން އުޅޭއިރު، އެމަނިކުފާނަށް މިއަހަރު ދެވަނަ ދައުރެއް ފެއްޓޭވަރުގެ ތާޢިދެއް އެބަ އޮތްތޯ ޕީޕީއެމްއިން އެންމެ ފުރަތަމަ ބަލަން ޖެހެއެވެ. ރިސޯޓުތަކުގެ ޕޫލްތައް ކައިރީގައި މޮޑެލް ކުރެއްވުމަށްވުރެ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން އެކަމާއި އުޅުއްވިއްޔާ ރައީސް ޔާމީންވެސް މާބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިމަންނަ

7 މަސް ކުރިން

ބަފާ ނެތިއްޔާ ދަރިންކޮޅު ބިކަ ހާލުގައި ޖެހޭނެކަން އެގޭތީ ބަފަޔަށް ދެރަގޮތެއް ނުވޭތޯ އުޅެންޖޭނެ

4
0