19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މައުމޫން

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ލީވާން އަލީ | MrLeevaan

| 7 ޖެނުއަރީ 2017 | ހޮނިހިރު 18:56 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


މާޒިޔާއާގެ އެއްބަސްވުމުގައި މަރްޔަން ސެކުލޮސްކީ ސޮއިކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ކޯޗުކަމަށް ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު މަރްޔަން ސެކުލޮސްކީ ހަމަޖައްސައިފި އެވެ.

 

މާޒިޔާގެ ކޯޗުކަމަށް ސެކުލޮސްކީ ހަމަޖައްސާފައިވާއިރު، އޭނާ ވަނީ ހޮނިހިރު ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި މާޒިޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

 

މާޒިޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެޓީމުގެ ހެޑް ކޯޗަކަށް ބިދޭސީ ކޯޗެއް ހަމަޖައްސާފައިވާއިރު، މީގެ ކުރިން އެޓީމަށް ކޯޗުކޮށްދީފައިވަނީ ދިވެހި ދެ ކޯޗުންނެވެ. އެއީ އިސްމާއިލް މަހުފޫޒް (އިންމަ) އާއި އަލީ ސުޒެއިން އެވެ.

 

މާޒިޔާ އިން ބުނި ސެކުލޮސްކީ ގެންނަން އެޓީމުން ނިންމީ އޭނާ އަކީ ދިވެހި ފުޓުބޯޅަ ދަންނަ އަދި އޭއެފްސީ ތަޖުރިބާ ހުރި ކޯޗަކަށް ވުމުން ކަމަށެވެ. 

 

މިޔަންމާގެ އަޔާވާދީ ޔުނައިޓެޑަށް ކޯޗުކޮށްދީފައިވާ ސެކުލޮސްކީ އެންމެ ފަހުން ހަވާލުވެގެން ހުރީ ޔަންގޮން ޔުނައިޓެޑާއެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން މި އަހަރު އެ ޓީމު ވަނީ އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް ވެސް ކުޅެފަ އެވެ.

 

އުމުރުން 43 އަހަރުގެ ސެކުލޮސްކީ ވަނީ މެސެޑޯނިއާގެ ބައެއް ޔޫތު ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކާމިޔާބީ ހޯދައިދީފައެވެ. އެގޮތުން އޭނާ ވަނީ 2014 ވަނަ އަހަރު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މެސެޑޯނިއާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދާފަ އެވެ.

 

އަންނަ ސީޒަނާ ކުރިމަތިލާއިރު، މާޒިޔާ ދޫކޮށް މިހާރު ވަނީ މުހިންމު ހަތަރު ކުޅުންތެރިން ގޮސްފައެވެ. އެއީ އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދު (އިއްމަ)، އަލީ އަޝްފާގު (ދަގަނޑޭ)، އިސްމާއިލް އީސަ (މެސީ) އަދި އިތުބާރު ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް